A wide advertisement which will be shown on all devices. (700 x 100)

ކޮރޯނާ ރޯގާ: ކޮރޯނާ ރޯގާގައި އެމެރިކާއިން 2 ލައްކައެއްހާ މީހުން މަރުވެދާނެ

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ރޯގާގައި އެމެރިކާ (އޫއެސް) އިން ދެލައްކައެއްހާ މީހުން މަރުވެދާނެ ކަމަށް އެމެރިކާގެ ސައިންސްވެރިއަކު ބުނެފިއެވެ. އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓު އޮފް އެލަޖީ އެންޑް އިންފެކްޝަސް ޑިސީސްގެ ޑިރެކްޓާ ޖެނެރަލް އެންތަނީ ފޯސީ ސީއެންއެން އަށް އިންޓަވިއުއެއްގައި ބުނެފައިވަނީ އެމެރިކާގައި މިރޯގާގައި އެއްލައްކަ އާއި ދެލައްކަ އާއި ދޭތެރޭ އަދަދަކަށް މީހުން މަރުވާނެކަމަށް ލަފާކުރެވޭކަމަށެވެ.

އެމެރިކާގައި އެކިވައްތަރުގެ ރޯގާ(ފުލޫ) ޖެހިގެން އަހަރަކު ގާތްގަޑަކަށް 12 ހާހާއި 61 ހާހާއި ދޭތެރޭ އަދަދަކަށް މީހުން މަރުވާކަމަށް އަލްޖަޒީރާއިން ރިޕޯޓުކުރެއެވެ. އަދި މީގެ 100 އަހަރު ކުރިން 1918-1919 އަށް ދުނިޔެއަށް ފެތުރުނު ރޯގާގައި 675 ހާސް މީހުން އެމެރިކާއިން މަރުވިއެވެ. އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްޕްގެ ކޯވިޑް 19 ޓާސްކްފޯސްގައި ހިމެނޭ އެންތަނީ އާއި ޓެސްޓް ކިޓްތައް ހުސްވެދާނެތޯ ކުރި ސުވާލަށް ނުސީދާކޮށް ވިދާޅުވީ މީގެ ހަފުތާތަކާއި އަޅާބަލާއިރު މިހާރު ގިނައަދަދަކަށް ޓެސްޓްކިޓްތައް ހުރިކަމަށެވެ.

އެންމެ ގިނަ މީހުނަށް ކޮރޯނާ ރޯގާ ޖެހުނު އެމެރިކާ އަކީ މިހާރުވެސް އެންމެ ހަލުވިކަމާއިއެކު ކޮރޯނާ ރޯގާ ފެތުރެމުންދާ ގައުމެވެ. އެމެރިކާގައި 140 ހާހަށްވުރެ ގިނަ މީހުންނަށް މިރޯގާ ޖެހިފައިވާއިރު 2400 އަށްވުރެ ގިނަ މީހުން ވަނީ މިހާތަނަށް މިރޯގާގެ ސަބަބުން މަރުވެފައެވެ. އެމެރިކާގައި އެންމެ ހަލުވިކަމާއިއެކު މިރޯގާ ފެތުރެނީ ދުނިޔޭގެ އެންމެ ކާރޫބާރޫ ބޮޑު އެއްސިޓީ ކަމަށްވާ ނިއުޔޯކުގައެވެ. ތޮއްޖެހިފައިވާ ނިއު ޔޯކުގައި މިބަލި ފެތުރެމުންދަނީ އާދަޔާ ޚިލާފަށް ބާރަށެވެ.

ނިއުޔޯކުގައި މިބަލި ފެތުރެމުންދާ ސްޕީޑަށް ބަލާއިރު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނިއުޔޯކުގެ ސިއްހީނިޒާމަށް އިތުރު ވެންޓިލޭޓަރާއި އިންޓެންސިވު ކެއާ ފަރުވާ ދެވޭނެ ވަސީލަތްތައް އިތުރަށް ގާއިމުކުރަންޖެހެއެވެ. މިކަމާއި ގުޅޭ ގޮތުން ނިއުޔޯކުގެ މޭޔަރު ބިލް މިދިޔަ އާދީއްތަ ދުވަހު ބުނެފައިވަނީ ނިއުޔޯކަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 100 އަށްވުރެ ގިނަ ވެންޓިލޭޓަރު އިތުރަށް ބޭނުންވާނެކަމަށެވެ.

ނިއުޔޯކުގެ އިތުރުން އެމެރިކާގެ ނިއުއޯލިއަންސްވެސް ވެންޓިލޭޓަރުތަކަށް އެޕްރީލް 4 ގައި ޖެހޭނެކަމަށް އަލް ޖަޒީރާއިން ރިޕޯޓްކުރެއެވެ. އަދި ލޫސިއާނާ ސްޓޭޓް އިން ވެސް ދަނީ ވެންޓިލޭޓަރަށް ފާރަލަމުންނެވެ. އެސްޓޭޓްގެ މޭޔަރު ވިދާޅުވީ 12 ހާސް ވެންޓިލޭޓަރަށް އޯޑަރުކުރުމުން ލިބުނީ އެންމެ 192 ވެންޓިލޭޓަރެވެ. ޑޮކްޓަރުންވެސް ދަނީ ވެންޓިލޭޓަރުގެ މެދުވެދާނެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކޮރޯނާ ރޯގާގެ ސަބަބުން ނިއުމޯނިއާފަދަ ނޭވާލާ ނިޒާމުގެ ބަލި ޖެހޭތީގެ ނޭވާލުމަށް ވެންޓިލޭޓަރުގެ ބޭނުން ކުރަންޖެހެއެވެ.

ކޮރޯނާ ރޯގާގައި އެންމެ ގިނަ މީހުން މިހާތަނަށް މަރުވެފައިވަނީ އިޓަލީއިންނެވެ. އިޓަލީއަށްވެސް މިފަދަ މައްސަލަތައް ކުރިމަތިވިއެވެ. އެހެންކަމުން މިކަމަށް އޮތް އެންމެ ރަގަޅު ހައްލަކީ ބަލިން ރައްކާތެރިވުމެވެ.

ރާއްޖެއިން މިހާތަނަށް ފެނިފައިވަނީ މިރޯގާ ޖެހުނު 17 މީހުންނެވެ. އޭގެތެރެއިން 13 މީހަކު މިބަލިން ފަސޭހަވެފައިވެއެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !