A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސީޓީއިން ޓެސްޓް ކުރި މީހާ ބައްޔަށް ނައްސިވެއްޖެ

މާލެއާއި މުޅިރާއްޖެގައި ކޮވިޑް-19 ފެތުރިގެންދާ ގޮތް

ކޮވިޑް-19 އަށް ޝައްކު ކުރެިގެން  ފުވައްމުލައް ސީޓީ އިން ސާމްޕަލް ނަގައި ޓެސްޓް ކުރި މީހާ އެބައްޔަށް ނައްސި (ނެގަޓިވް) ވެފައިވާކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައިފިއެވެ. މިޓެސްޓްގެ ނަތީޖާ ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައި އިއްޔެ ޓްވީޓެއް ކޮށްފައެވެ. އެމީހާގެ ގައިން ސާމްޕަލް ނަގައި މާލެ ފޮނުވާފައިވަނީ އެޕްރީލް މަހު 21، 2020 ވަނަ ދުވަހު އެވެ.

މިއީ ފުވައްމުލަކު ހޮސްޕިޓަލުން ކޯވިޑް-19 އަަށް ޝައްކު ކުރެވޭ ސާމްޕަލް ނެގި ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ ސާމްޕަލް ނަގާފައިވަނީ ފުވައްމުލަކު ބޭރުގައި އޮތް އައިލެންޑް ސަފާރީ 1 ގައި ތިބި އިޓަލީ ދެ ފަތުރުވެރިންގެ ގައިންނެވެ. އެފަހަރު ނެގި ސާމްޕަލް ވަނީ ބައްޔަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. އައިލެންޑް ސަފާރީ 1 ފުވައްމުލކު ބޭރަށް އައީ އައްޑޫ ސިޓީގައި އޮވެފައެވެ.

ފުވައްމުލައް ސިޓީން ނެގި ސާމްޕަލް ނައްސިވުމުން ފވމ ސިޓީ ކައުންސިލުްނ ކުރި ޓްވީޓް

މާލޭގައި މިހާރު އާއްމުންގެ ގައިންގަޔަށް މިބަލި ފެތުރޭކަން ވަނީ ޔަގީން ވެފައެވެ. މިހާތަނަށް މާލޭ ކޮމިއުނިޓީގައި މިބަލި ޖެހުނު މީހުންގެ ޖުމްލަ މިވަނީ (23 އޭޕްރީލްހެ ނިޔަލަށް) 64 އަށް އަރާފައެވެ. އަދި މުޅި ރާއްޖޭގައި 108 މީހަކަށް މިބަލި ޖެހުނު އެއިގެތެރެއިން  44 މީހުންނަކީ ދިވެހިންނެވެ. އަދި ބިދޭސީންގެ 64 މީހުން ހިމެނެއެވެ. ބިދޭސީންގެ އެންމެ ގިނަ މީހުން ހިމެނެނީ ބަންގްލާދޭޝް އިންނެވެ.  އެއީ 42 މީހުންނެވެ. ދެން އިޓަލީ، 11 މީހުންނާއި އިންޑިއާ 7 މީހުންނެވެ.

ފުވައްމުލަކުގެ ކޮމިއުނީޓީއިން ވެސް މިބަލި ފެނުމުގެ ފުރުސަތު އެބައޮތެވެ. އެއާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. ބޭނުމެއްނެތި މަގުމަތީގައި ނޫޅުމަށާއި އެއްގެއިން އަނެއް ގެއަށް މިދުވަސްކޮޅު ނުދިޔުމަށް ސިއްޙީ އިދާރާތަން ވަނީ އިރުޝާދު ދީފައެވެ. މިކަމާއި ގުޅިގެން ހާލަތު ބަލަމުން އިދުމަށް ފުވައްމުލައް ސިޓީގައި ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ރޭގަނޑު 23:00އަށް ސޯޝަލް ޑެސްކެއްގެ މަސައްކަތް ކުރަން ވަނީ ފަށާފައެވެ. އަދި ފުލޫ ކްލިނިކަށް ދައްކާ ބަލިމީހުންގެ އަޕްޑޭޓްސް ދުވަހުން ދުވަހަށް އަންނަނީ ހާމަކުރަމުންނެވެ. 

ފުވައްމުލަކުގައި ވެސް ވަނީ  ފިހާރަތަކާއި އާއްްމު ޚިދުމަތްދޭ ތަންތަން  ބަންދުކޮށްފައެވެ. ފިހަރަތަން މިހާރު ވިޔަފާރި ކުރެވެނީ އޮންލައިކޮށް ނުވަތަ ފޯނުން އޯޑަރުކޮށްގެން ތަކެތި ޑެލިވަރީ ކުރާ ގޮތަށެވެ. އެއްރަށުްނ އަނެއް ރަށަށް ދަތުރުފަތުރުކުރުން މުޅި ރާއްޖޭގައި ވަނީ މަނާކޮށްފައެވެ.

އައިލެންޑް ސަފާރީ 1 ފުވައްމުލަކު ބަނދަރުގައި.
ފުވައްމުލަކު ހޮސްޕިޓަލުން ފުރަތަމަ ކޯވިޑް-19 ގެ ސާމްޕަލެއް ނެގީ މި ސަފާރީ ފުވައްމުލަކު ބޭރުގައި އޮތްވައި.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !