މިހާރު ދުނިޔޭގެ އެންމެ ގިނަބައެއްގެ ސުވާލަކަށް ވާަނެކަމަށް ބެލެވެނީ މިހާރު ދިމާވެެގެން މިއުޅޭ ކޮވިޑް-19 ގެ ކަންތައްތައް ނިމޭނީ ކޮން އިރަކުން ބާއެވެ؟ އެހެނީ ގައުމުތަކުގެ އާއްމު މަސައްކަތްތައް ހުއްޓި، ގޭގައި ބަންދުވެފައި ތިބެން ޖެހުމުން ދިމާވާ އެކިއެކި ކަންކަމުން އަރައިގަނެވޭނެ ވަގުތަކަށް އެންމެން ވެސް އިންތިޒާރު ކުރަމުންދާތީއެވެ.
އެގޮތުން ކޮވިޑް-19 އާއި ގުޅޭގޮތުން ދިރާސާކުރާ ސިންގަޕޫރުގެ ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީ އެންޑް ޑިޒައިން (އެސްޔޫޓީޑީ) އިން ވަނީ މިކަމަށް ލަފާކުރެވޭ ދުވަސްތަކެއް ބަޔާންކޮށްފައެވެ. މިދިރާސާގައި ބޭނުންކޮށްފައި ވަނީ މިފަދަ ބަލިމަޑުކަންކަމުގެ މުއްދަތު ދިރާސާކުރަން ބޭނުންކުރާ ސާ SIR (susceptible-infected-recovered) މޮޑެލް އެވެ. މިއާއެކު ދެން ބޭނުންކޮށްފައި ވަނީ މިފަދަ ބަލިތަކުގެ ލައިފް-ސައިކަލް ދެމިގެން ދާގޮތެވެ.
އެގޮތުން ދުނިޔޭގެ އެކި ގައުމުތަކުގެ ކޯވިޑް-19 ގެ މައުލޫމާތުތައް އެއްކުރުމަށްފަހު އެސްޔޫޓީޑީ ގެ ޑޭޓާ-ޑްރިވެން އިނޮވޭޝަން ލެބްގެ ޖިއާންޒީ ލުއޯ އިސްވެ ހުރެގެން ވަނީ ކޯވިޑް-19 ގެ ނިމުން އެކި ގައުމުތަކަށް އަންނަނާނެ ދުވަސްތަކެއް ލަފާކޮށް، އެކަމަށް ވެބްސައިޓެއް ހަދައި ޝާއިއުކޮށްފައި ވެއެވެ.

ބައެއް ގައުމުތަކަށް ކޯވިޑް-19 ނިމޭނެކަމަށް ލަފާކުރާ ދުވަސްތައް
ބައްޔާއި ގުޅޭގޮތުން މިހާތަނަށް ލިބެން ހުރި މައުލޫތުތަކުގެ މައްޗަށް ބަރޯސާވެގެން ލަފާކުރި ދުވަސްތައް އެކި ގައުމުތަކުގައި ތަފާތެވެ. ނަމަވެސް ގިނަ ގައުމުތަކަށް ކޮވިޑް-19 އިން %97 ސަލާމަތްވެވޭނެ ކަމަށް ލަފާކޮށްފައި ވަނީ މިއޭޕްރީލް މަހާއި ކުރިޔަށް މިއޮތް މޭމަހުގެ ތެރޭގައެވެ.
އެގޮތުން ބަލި އެންމެ ބޮޑަށް ފެތުރިފައިވާ އެމެރިކާއިން %97 ނިމުމަކަށް އަންނާނެ ކަމަށް ލަފާކޮށްފައި ވަނީ މިއަހަރު މޭމަހު 11 ގައެވެ. އަދި އިޓާލީގައި މޭމަހު 7 ގައި %97 ނިމުމަކަށް އަންނާނެކަމަށެވެ.

ބަައެއް ގައުމުތަކަށް ކޯވިޑް-19 ނިމޭނެކަމަށް ލަފާކުރާ ދުވަސްތައް
މުޅި ދުނިޔެއިން ކޮވިޑު-19ގެ %97 ނިމުމަކަށް އަންނާނެކަމަށް ލަފާކޮށްފައިވަނީ މޭމަހު 29 ގައެވެ. އަދި %100 ނިމުމަކަށް އަންނާނެ ކަމަށް ލަފާކޮށްފައި ވަނީ ޑިސެމްބަރު 8 ގައެވެ.
ނަމަވެސް އެސްޔޫޓީޑީގެ އަންދާޒާތަކުގައި ރާއްޖެ ހިމަނާފައެއް ނުވެއެވެ.
ބައެއް އެހެން ގައުމުތަކަށް ލަފާކޮށްފައިވާ ކޮވިޑް-19 ނިމޭނެ ދުވަސްތައް.
އިންޑިއާ: %97، 22 މެއި ގައި، %100 އެއްކޮށް 26 ޖުލައި 2020
ޕާކިސްތާން: %97، 9 ޖޫން ގައި، %100 އެއްކޮށް 1 ސެޕްޓެމްބަރު 2020
ބަންގްލާދޭޝް: %97، 19 މެއި ގައި، %100 އެއްކޮށް 15 ޖުލައި 2020
އަފުޣާނިސްތާން: %97، 18 ޖޫން ގައި، %100 އެއްކޮށް 28 އޮގަސްޓް 2020
ސައުދިއަރެބިއާ: %97، 22 މެއި ގައި، %100 އެއްކޮށް 11 ޖުލައި 2020
އޮސްޓްރޭލިއާ: %97، 14 އޭޕްރީލް ގައި، %100 އެއްކޮށް 23 މެއި 2020
މެލޭޝިއާ: %97، 7 މެއި ގައި، %100 އެއްކޮށް 6 ޖުލައި 2020
ސިންގަޕޫރު: %97، 22 މެއި ގައި، %100 އެއްކޮށް 26 ޖުލައި 2020
އިނގިރޭސިވިލާތް: %97، 16 މެއި ގައި، %100 އެއްކޮށް 14 އޮގަސްޓް 2020
މިފަދަ ގޮތަކަށް ދުވަސްތައް ކަނޑައެޅި ކަމުގައިވިޔަސް މިހާލަތްތަކަކީ ޑޭޓާ ލިބެމުން ދާވަރަކަށް ބަދަލުވުމަުން ދާނެ ކަންކަން ގަބޫލުކުރަން ޖެހެއެވެ.

ބަައެއް ގައުމުތަކަށް ކޯވިޑް-19 ނިމޭނެކަމަށް ލަފާކުރާ ދުވަސްތައް
ޚިޔާލުތައް