A wide advertisement which will be shown on all devices. (700 x 100)

ދާއިމީ ބަލިތަކަށް ރަށުން ލިބެންނެތް ބޭސްތައް ހޯދައިދިނުމުގައި ހޮސްޕިޓަލުން އެހީތެރިވެދެނީ

ފުވައްމުލަކު ހޮސްޕިޓަލުގެ ރިސެޕްޝަން ސަރަހައްދު. ފޮޓޯ: ފވމ ހޮސްޕިޓަލް

ކޮވިޑް-19 އާއި ގުޅިގެން ދަތުރުފަތުރުކުން ބަންދުކުރެވިފައި މިވާ ދުވަސްތަކުގައި ދާއިމީ އެކިއެކި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ރަށުން ލިބެން ނެތް ބޭސްތައް މާލެއިން ހޯދައިދިނުމުގައި ފުވައްމުލަކު ހޮސްޕިޓަލުން އެހީތެރިވެދޭނެ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށް އެހޮސްޕިޓަލުން ހާމަކޮށްފިއެވެ.

އެގޮތުން ދާއިމީ ބަލިތަކުގެ ފަރުވާ ހޯއްދަވާ ބޭފުޅުންނަށް ބޭނުންވާ ބޭސް ހޯދުމުގައި ރަށުން ނުލިބޭނަމަ ފުވައްމުލަކު ހޮސްޕިޓަލުގެ މުވައްޒަފު އާމިނަތު މުހައްމަދު، 7970800 އަށް ގުޅުވުމަށް އެދިފައި ވެއެވެ. އެގޮތުން ގުޅާ ފަރާތްތަކަށް މާލެއިން ބޭސް  ގެނައުމުގައި އަމަލު ކުރަންވީ ގޮތުގެ އިރުޝާދުތައް  އެމުވައްޒަފު ދޭނެ ކަމަށް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު  ހާމަކުރައްވައެވެ.

އެގޮތުން  ފަހަގަ ކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި ދާއިމީ ބަލިތަކަށް ބޭނުންކުރާ ބޭސް، އިންޖިކްޝަން، އަދި ބޭސްފަރުވާކުރުމަށ ްބޭނުންވާ އޮކްސިޖަން މާސްކް ފަދަ ތަކެތި ހިމެނެއެވެ.

ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންގެ ގޮތުގައި ފުވައްމުލަކު ހޮސްޕިޓަލުން ފާހަގަ ކުރައްވާފައިވަނީ:

ހަކުރުބަލީގެ ބޭސް ބޭނުންކުރާ މީހުން

ލޭގެ ޕްރެޝަރު މައްޗަށްދާތީ ބޭސް ބޭނުންކުރާ މީހުން

ފުއްޕާމެއާއި ހިތުގެ މައްސަލަތައް

ކިޑްނީގެ ބަލިތައް

ކެންސަރަށް ފަރުވާ ކުރާ ފަރާތްތައް

ނަފުސާނީ މައްސަލަތަކަށް  ބޭސް ބޭނުންކުރާ މީހުން ހިމެނެއެވެ.

ކޮވިޑް-19ގެ ސަބަބުން ދަތުރުފަތުރުކުރުން ބަންދުކުރެވި މުޖުތަމަޢުގެ އާއްމު ދިރިއުޅުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ މިފަދަ ދަނޑިވަޅެއްގައި ދާއިމީ އެކިއެކި ބަލިތަކަށް ފަރުވާ ހޯއްދަވާ ބޭފުޅުންނަށް ބޭނުންވާ ބޭހާއިި ސާމާނު، ރަށުގެ ބޭސްފިހާރަތަކުގައި ލިބެން ނެތް ހާލަތުގައި އެފަދަ ތަކެތި މާލެއިން ލިބޭގޮތްވި ނަމަވެސް ރަށަށް ގެނައުން މިދުވަސްވަރު ވަރަށް އުނދަގޫވާނެތީ އާއްނަނަށް ފަސޭހަަކޯސް ދިނުމުގެ ގޮތުން ހަމަޖައްސާފައިވާ އިންތިޒާމެއްކަމަށް ހޮސްޕިޓަލުން ހާމަކުރެއެވެ.

މިފަދަކަމެއް ރޭވިފައި އޮތްކަމުގައި ވިޔަސް މުޅި ގައުމުގެ ހާލަތު މިހާރު އޮތް ގޮތުން ތަފާތު ގޮންޖެހުންތައް ހުންނާނެކަން އެންމެ ކޮންމެ ބޭފުލަކު ވެސް ގަބުލުކުރައްވައި، އެހީއަށް އެދޭ ބޭފުޅުންގެ ފަރާތުން ކެތްތެރިކަން އިސްކުރައްވައި ހޮސްޕިޓަލުގެ ޓީމާއެކު ގާތް އެކުވެރި މާހައުލެއްގައި ކުރިޔަށް ވަޑައިގަތުމަށް އެދޭކަމަށް މެނެޖަރު އަހުމަދު ސައީދު ހަމަކުރައްވައެވެ.

ފުވައްމުލަކު ހޮސްޕިޓަލްގެ މުޅި ޓީމް މިވަގުތު އޮތީ ފުވައްމުލަކުގެ ރައްޔިތުންނާއި އަދި މި ސިޓީގައި ދިރިއުޅޭ ހުރިހާ އެންމެން، ޞިއްޙީ ނުރައްކާތެރިކަމުން ސަލާމަތްކޮށް ދިރިއުޅުން އާއްމު ޙާލަތަށް ގެނައުމަށް ފޫގަޅައިގެން ކަމަށް ވެސް އަހުމަދު ސައީދު ހާމަކޮށްފައި ވެއެވެ.

ދާއިމީ ބަލިތަކަށް ރަށުން ލިބެން ނެތް ބޭސްތައް ހޯދައިދިނުމުގައި ފވމ ހޮސްޕިޓަލުން އެހީިވެދެނީ

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !