އައްޑޫއިން އިތުރު ފުަރުވާއަށް މަލެ ގެންދިޔަ މީހަކު މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. އައްޑޫލައިވް އިން ހާމަކުރާ ގޮތުގައި އެމީހަކީ ހާޓްއެޓޭކެއް ޖެހިގެން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ފަރުވާއަށް ގެންދިއުމަށްފަހު އިތުރު ފަރުވާއަށް މާލެ އައިޖީއެމްއެޗަށް ގެންދިޔަ މީހެކެވެ.
އެނާއަށް ކޮވިޑް-19 ޖެހިަފއިވާ ކަން އެނގުނީ އައިޖީއެމްއެޗުގައި މިހާރު ބަލިމީހުން އެޑުމިޓް ކުރާއިރު ކޮވިޑަށް ޓެސްޓުކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ޓެސްޓު ކުރުމުންނެވެ.
އައްޑޫ ސިޓީ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އާއި ހަވާލާދީ މީޑިއާތަކުން ހަމަކުރާ ގޮތުގައި ބައްޔަށް ޕޮޒިޓިވްވި މީހަކީ ފައިތުވި މާރިޗް 30 ވަނަ ދުވަހު އަނަންތަރަ ރިސޯޓުން އައްޑުއަށް އައި މަރަދޫފޭދޫ އުމުރުން 43 އަހަރުގެ ފިރިހެނެއް މީހެކެވެ.
އެމީހާ ޕޮޒިޓިވްވުމާއި ގުޅިގެން އައްޑޫ މޮނިޓަރިންގެ ހާލަތަށް ގެނެސް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން އެމީހާއަށް ފަރުވާ ދިން ޑޮކްޓަރުންނާއި ނަރުހުންގެ ކޮޮންޓެކްޓު ޓްރޭސިންގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް މަައުލޫމާތު ލިބެއެވެ.
މިކޭސް އާއި ގުޅިގެން މިއަދު ވަނީ 14 ދުވަސް އައްޑުސިޓީ އެއްކޮށް ފުރަބަންދަށް ގެންގޮސްފައެވެ.
މި މީހާއަކީ 10 މާރިޗު ަގއި ރިޒޯޓަކުން އައި މީހެއް ކަމަށް ބަލާއިއިރު އެއިގެ ފަހުން މިހާތަނަށް މިވަނީ 8 ހަފުތާއަށް ވުރެ ގިނަ ދުވަސް (2 މަސް ދުވަސް) ވެފައެވެ. ވުމާއެކު ބަލީގެ މައުލޫމާތަށް ބަލާއިރުު 14 ދުވަސް ނުވަތަ 21 ދުވަހަށް (2-3 ހަފުތާއަށް) ވުރެވެސް ގިނަ ދުވަސްވެފައި ވާތީ އެއީ ރިޒޯޓުން ބަލި ޖެހިފައިވާ މީހެއް ކަމަށް ބެލުމުގެ ފުރުސަތެއް ނެތެވެ ނުވަތަ ފުރުސަތު ކުޑައެވެ. ވުމާއެކު މިއިން އެނގެނީ ނޭނގި މުޖުތަމިއުތެރޭގައި ބަލި ފެތުރިފައިވާ ކަމެވެ. ދެން އޮތީ ބައްޔަށް ސަމާލުވެ ރައްކާތިރެކަމުގެ ފިޔަވަޅުތައް އެޅުމަށް އިތުރަށް ސަމާލުވުމެވެ. fake bvlgari watches
spotting a fake tag heuer watch ultimate replica watches uk
AAA Imitation omega speedmaster broad arrow breitling colt fake
ޚިޔާލުތައް