މިއަދަކީ ވެސް ފުވައްމުލަކަށް މޫސުން ވަރަށް ގޯސް ދުވަހެކެވެ. މޫސުމާ ބެހޭ އިދާރައިން ވަނީ މިއަދު ހެނދުނާއި މިރެއަށް ވެސް ވަނީ ޔެލޯ އެލާތް ނެރެފައެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖީން މޫސުން ލަފާކޮށްފައިވާ ގޮތުގައި ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމަޔަށް ގަޑިއަކު 28 މޭލާއި 35 މޭލާއި ދެމެދު ވައިބާރު ވިލާގަނޑުުގައި 50 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ. މިއަދު ހެނދުނު ނެރުނު ޔެލޯ އެލާޓްގައި ވާގޮތުން ބޯކޮށް ވާރޭ ވެހުމާއެކު ގުގުރައި، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ވެއެވެ.
މިހަފުތާގައި ފުވައްމުލައް ސިޓީ ހިމެނޭ ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ އިދާއރާއިން ކުރިން ލަފާކޮށްފައި ވެއެވެ. އެގޮތުން ވައިގަދަވެ ކަނޑު ވެސް ގަދަ ވާނެކަމަށް ލަފާކޮށްފައި ވެއެވެ. އަދި މޫސުމީ ވައިޓް އެލާޓް ވެސް ނެރެފައި ވެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މިއަދުވެސް ފުވައްމުލައްކުން ރުއްގަސް ވެއްޓިަފއިވޭ، ފޮޓޯ: މުހައްމަދު ޝަހީދު
މި ވިިއްސަރައިގައި ވައިގަދަވެ ފުވައްމުލަކުގެ ބައެއް ގޭގެއަށް ގެއްލުން ލިބިފައިވާކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކޮށްފައި ވެއެވެ. މީގެ އިތުރުން ރުއްގަސް ވެއްޓިފައިވާ ކަމުގެ މައުލޫމާތުވެސް ލިބިފައިވެއެވެ.
ވިއްސާރައިގައި ގެއްލުން ވެއްޖެނަމަ އެކަން ސިޓީ ކައުންސިލްގެ 7315001 ނަމްބަރު ފޯނަށް ގުޅުއްވައި އަންގުމަށް ސިޓީ ކައުންސިލުން އެދިފައިެވއެވެ.
މިއީ ރާއްޖެއަށް އާއްމުގޮތެއްގައި ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަން ފަށާދުވަސްވެރެވެ.
މިދުވަސްވަރު މޫސުން ގޯސްވެފައިވާތީ ހުރިހާ އެންމެން ވެސް މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ސިޓީ ކައުންސިލުން އެެދިއެވެ. އަދި މޫސުން ގޯސްވެ ވިއްސާރާގައި ފެންބޮޑުވުން ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ސިޓީ ކައުންސިލްގެ ހޮޓްލައިން ނަމްބަރަށް ގުޅުވުމަސް އެދެއެވެ. އަދި މިވިއްސާރާގައި ދިމާވެދަނެ ގެއްލުން ކުޑަކުރުމަށް ހުރިހާ ފަރާތްތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުއަޅައިގެން ތިބުމަށް ސިޓީ ކައުންސިލުން އިލްތިމާސްކޮށްފައި ވެއެވެ.
ޚިޔާލުތައް