ސާކް (ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން) ގައުމުތަކުގައި ކޮވިޑް-19ގެ އާލަމީވަބާގެ ހާލަތު ބަޔާންކުރުމަށް ކުރިޔަށް ގެންދެވޭ ހަފުތާ ރިޕޯޓުގެ 9 ވަނަ ބައި ހިއްސާކުރަމެވެ. ފާއިތުވި ހަފުތާގައި ވެސް ވަނީ ސާކްގެ ގިނަ ގައުމުތަކުން ކުރިޔަށްގެންދިޔަ ލޮކްޑައުން ނުވަތަ ފުރަބަންދުގެ ހާލަތު ކުރިޔަށް ގެންގޮސްފައެވެ. ގިނަ ގައުމުތަކުގައި ފުރަބަންދު ގެ މުއްދަތު ނިމޭނީ މި މޭމަހުގެ ފަހު ހަފުތާގައެވެ. ޕާކިސްތާނުން ވަނީ ލޮކްޑައުން އުވާލީ ނިކަމެތި ފަގީރުންގެ ހާލަތު ގޮސްވަމުންދާތީ ކަމަށް ޕްރައިމް މިނިސްޓަރ އިމްރާން ޚާނު ހާމަކުރައްވަމުންނެވެ. ނަމަވެސް ގިނަ ގައުމުތަކުން އަންނަނީ ފުރަބަންދަށް ބައެއް ލުއިތަކެއް ދެމުންނެވެ.
ފާއިތުވި ހަފުތާ ނިމުނު އިރު ސާކްގެ ގައުމުތަކުން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިއުޅޭނީ އެއިގެ ކުރީ ހަފުތާއަށް ވުރެ %50 އިތުރުވެފައެވެ. އަދި ބަލީގައި %2.6 މީހުން މަރުވެފައިވާއިރު ރަނގަޅުވެފައި ވަނީ %30 މީހުންވެ. ބަލީގައި ނާޒުކު ހާލަތަށް ގޮސްފައި ވަނީ އެންމެ %0.12 މީހުން ކަމަށް ރިކޯޑުތަކުން ދައްކައެެވެ.
ނަމަވެސް އާބާދީގެ ނިސްބަތުން ބަލާއިރު ބައްޔަށް ޕޮޒިޓިވް މީހުން އެންމެ ގިނައީ ދިވެހިރާއްޖެ އާއި ޕާކިސްތާނުގައެވެ. އެގޮތުން އެންމެ ދަށް އިންސައްތައެއްގައި އޮތީ ނޭޕާލާއި ބޫޓާނެވެ.
މިއަދު 16 މެއި، ހޮނިހިރު ދުވަހާއި ހަމަޔަށް ސާކްގެ ގައުމުތަކުން ބަލިޖެހިފައިވާ މީހުންގެ ޖުމްލަ މިވަނީ 101315 އިން 148641 އަށް އިތުރު ވެފައެވެ. އެއިގެ ތެރެއިން 44141 މީހުން (%29.7) މީހުން ބަލިން ރަނގަޅުވެފައި ވެއެވެ. އަދި ބަލީގައި 3920 މީހުން މަރުވެފައި ވެއެވެ. އެއީ %2.64 މީހުންނެވެ.
މުޅިދުނިޔޭގެ އަދަދުތަކަށް ބަލާއިރު 4.57 މިލިޔަން މީހުންނަށް ބަލި ޖެހިފައިވާއިރު ބަލީގައި މަރުވެފައި ވަނީ 3 ލައްކަ 5 ހަހާއެއްހާ މީހުނެވެ. އަދި ބަލި ރަނގަޅުވެފައި ވަނީ 1.7 މިލިޔަން މީހުނެވެ. މިބަލީގެ ވެކްސިނެއް ނޫނީ ފަރުވާއެއް އަދިވެސް ހޯދިފައި ނުވާއިރު ބަލީގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކެއްގެ އިގުތިސާދަށް ބޮޑެތި ގެއްލުންތަކެއް އަންނަނީ ވަމުނެވެ.
މުޅި ދުނިޔެއިން އެންމެ ގިނަ މީހުނަށް މިބަލި ޖެހިފައިވަނީ އަދިވެސް އެމެރިކާއިން އިންނެވެ. އެގައުމުން 1.46 މިލިޔަނަށް ވުރެ ގިނަ މީހުނަށް މިބަލި ޖެހިފައިވާ އިރު އެގައުމުން 87 ހާހަށްވުރެ ގިނަ މީހުން ބަލީގައި މަރުވެފައި ވެއެވެ. ދެ ލައްކައަށް ވުރެ ގިނަ މީހުން ބައްޔަށް ފައްސިވެފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާގެ އިތުރުން ސްޕޭން، ރަޝިއާ، ޔުކޭ، އިޓަލީ އަދި ބްރެޒިލްއެވެ. އެއިގެ ފަހަތުން އެއްލައްކައަށް ވުރެ ގިނަމީހުންނަށް ބަލިޖެހިފައިވާނީ ފްރާންސް، ޖަރުމަން، ތުރުކީ އަދި އީރާން އެވެ. އެންމެ ހަލުއި ސްޕީޑުގައި މިހާރު މީހުން ބަލިޖެހެމުން ދަނީ ރަޝިއާގައެވެ. އޭޝިއާއިން އިރާނާއި އިންޑިިއާ އަދި ޗައިނާ އަދި ދެކުނު އެމެރިކާގެ ޕެރޫއިން 80 ހާހަށްވުރެ ގިނަ މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. މިބަލީގައި އެންމެ ގިނަ މީހުން މަރުވަފައިވާ އެމެރިކާ ގެ އިތުރުން ދެވަނައަށް އިނގިރޭސިވިލާތް ދެން އިޓަލީ އަދި ސްޕެއިނެވެ.
ސާކް ގައުމުތަކުގެ ތަފުސީލް ނަމްބަރުތަކަށް ބަލާއިރު އެންމެ ބޮޑު އާބާދީ ހިމެނޭ އިންޑިއާގެ އަދަދުވަނީ 35 ހާހުން 57 ހާހުން ގޮސް 83 ހާހުން މަތީގައެވެ. ފާއިތުވި 3 ހަފުތާއަށް ބަލާއިރު ޕާކިސްތާނު ވަނީ 17 ހާހުން 26 ހާހުން 37 ވުރެ މައްޗަށް ގޮސްފައެވެ. އެއާއެކު ފާއިތުވި ހަފުތާގައި ބަންގްލާދޭޝްއިން 10 ހާހެއް ހާމީހުން އިތުރުވެފައިވާއިރު އަފުޣާނިސްތާނުން ވެސް ވަނީ 7 ހާހެއްހާ މީހުން އިތުރު ވެފައެވެ. އަދިވެސް އެންމެ މަދުން ބައްޔަށް ޕޮޒިޓިވް މީހުން ހިމެނޭ ބޫޓާން، ނޭޕާލް އަދި ސްރީލަންކާގައެވެ. މަގައުމުތަކުަގއި ވެސް ފެތުރޭ ނިސްބަތް އަދި އަންނަނީ އިތުރު ވަމުންނެވެ.
ސާކް ގައުމުތަކުގައި އަދި އަންނަނީ ބަލިޖެހޭ މިންވަރު އިތުރު ވަމުންނެވެ. ޕީކަށް ދާނެކަމަށް ބެލެވެނި މި މެއި މަސްނީމޭ ފަހުންނެވެ.
ފާއިތުވި ހަފުތާގައި ދިވެހިރާއްޖެއިން ވަނީ ގިނަބަޔަކު ބައްޔަށް ޕޮޒިޓިވް ވެ ސްރީލާންކާއަށް ވުރެ ވެސް މައްޗަށް ޖެހިލާފައެވެ. ސްރީލަންކާ 689 އިން 824 އިން 925އަށް ދިޔައިރު ދިވެހި ރާއްޖެއިން ވަނީ 481 ން 734 ން 1020 އަށް މަތިވެފައެވެ. ނޭޕާލް 59 ން 102 ން 267 އަށް އަދި ބޫޓާނުން ވެސް ވަނީ 7 އިން 21 އަށް އިތުރުވެފައެވެ. ބަލިގައި މާީހަކު މަރުނުވެ ވަނީ ނޭޕާލާއި ބޫޓަނުން އެކަންޏޭވެ.
ދިވެހިރާއްޖޭގައި މިބަލީގެ މީހުންގެ އަދަދު ފާއިތުވި ދެހަފުތާގައި ވެސް މިވަނީ ނިސްބަތުން ބޮޑުތަން އިތުރުވެފައެވެ. އެއީ ފާއިތުވި ހަތަރު ހަފުތާގައި 28 އިން 83ން 129ން 481ން 734 އަށް އިތުރު ވެފައި ވުމުންނެވެ. ފާއިތުވި ހަފުތާގައި ވަނީރާއްޖެއިން އިތުރު މީހަކު ބަލީގައި މަރުވެ ޖުމްލް މަރުގެ އަދަދު 4 އަށް އަރާފައެވެ. މިހާތަނަށް ރާއްޖޭއިން 49 މީހަކު ބަލިން ރަނގަޅުވެފައި ވެއެވެ.
ރާއްޖޭގައި ތިބީ ބަލީގެ 352 ދިވެހީންނާއި 532 ބަންގްލާދެޝް މީހުންނާއި 99 އިންޑިއާ މީހުންނާއި ނޭޕާލު 13، އިޓަލީގެ 11، ޕާކިސްތާނުގެ 3، ސްރީލަންކާ 5، އަދި ޔޫރަޕުގެ ގައުމުތަކުން 4 މީހުންނެވެ. އެއީ ޖުމްލަ 668 ބިދޭސީން ނުވަތަ %65 މީހުންނެވެ. މާލޭގެ އިތުރުން ރާއްޖޭގެ އުތުރުން ހއ. އަތޮޅާއި ނ. އަތޮޅުގެ އިތުރުން ކ.ތުލުސްދޫ އާއި ހިންމަފުށިން ވަނީ ބައްޔަށް ޕޮޒިޓިވް މީހުން ވެފައެވެ.
ޚިޔާލުތައް