ސާކް (ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން) ގައުމުތަކުގައި ކޮވިޑް-19 އާލަމީވަބާގެ ހާލަތު ބަޔާންކުރުމަށް ކުރިޔަށް ގެންދެވޭ ހަފުތާ ރިޕޯޓުގެ 10 ވަނަ ބައި ހިއްސާކުރަމެވެ. ނިމުނު ހަފުތާގައި ސާކްގެ ގިނަ ގައުމުތަކުން ކުރިޔަށްގެންދިޔަ ލޮކްޑައުން ނުވަތަ ފުރަބަންދުގެ ހާލަތަށް ލުއިދޭން ވަނީ ފަށާފައެވެ. ނަމަވެސް ގިނަ ގައުމުތަކުގައި ފުރަބަންދުގެ މުއްދަތު ނިމޭނީ މި މޭމަހުގެ ފަހު ހަފުތާ އާއި ޖޫން މަހު ފުރަތަމަ ހަފުތާ ތެރޭގައެވެ.
ޕާކިސްތާނުން ލޮކްޑައުން އުވާލީ ނިކަމެތި ފަގީރުންގެ ހާލަތު ގޮސްވަމުންދާތީ ކަމަށް ޕްރައިމް މިނިސްޓަރ އިމްރާން ޚާނު ވިދާޅުވިއެވެ. އެއާއެކު ކޯވިޑްގެ ކޭސްތައް އިތުރުވާ ނިސްބަތް ދުވާލަކު ހާހުން މައްޗަށް ޖެހިލިތަން ފެނިގެން ދިޔައެވެ. އެގޮތުން ފާއިތުވި ބުރާސްފަތި ހުކުރު ކޮންމެ ދުވަހަކުވެސް 2 ހާހުން ބަލިޖެހޭ މީހުން އިތުރުވެގެން ދިޔަކަސް ރިކޯދްތަކުން ދައްކައެވެ. އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި ލުއިތަކެއް ދިނަސް ފުރަބަންދުގެ ޙާލަތު ވަނީ ޖޫން ފުރަތަމަ ހަފުތާއަށް ދަންމަލާފައެވެ.
ދިވެހިރާއްޖެއިން ވެސް އަންނަނީ ބަންދުގެ ޙާލަތު ދަށްކުރުމަށް ވާހަކަ ދެކެވި ބައެއް ކަންކަން ދޫކުރަމުންނެވެ. އެގޮތުން މިއަދުން ފެށިގެން ގިނަ ރަށްތަކުގައި ޖަމާއަތުގައި ނަމާދުކުރުމަށް ވަނީ ދޫކުރެވިފިއެވެ. އަދި ކުރިޔަށް މިއޮތް ހަފުތާ ނިމުމުން އިތުރު ލުއިތަކެއް ދިނުމުގެ މަޝްވރާ އަންނަނީ ކުރެވެމުންނެވެ.
ފާއިތުވި ހަފުތާ ނިމުނު އިރު ސާކްގެ ގައުމުތަކުން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު އުޅޭނީ 2 ލައްކަ 13 ހާހުން މަތީގައެވެ. އަދި ބަލީގައި 5325 މީހުން، %2.5 މީހުން މަރުވެފައިވާއިރު %34 މީހުން ރަނގަޅުވެފައި ވެއެވެ. ބަލީގައި ނާޒުކު ހާލަތަށް ގޮސްފައިވާ މީހުން ގެ ރެކޯޑްތައް އެހާ ސާފެއް ނޫނެވެ.
މިއަދު 23 މެއި، ހޮނިހިރު ދުވަހާއި ހަމަޔަށް ސާކްގެ ގައުމުތަކުން ބަލިޖެހިފައިވާ މީހުންގެ ޖުމްލަ މިވަނީ އެއގެ ކުރީ ހަފުތާގެ 148641 އިން 213451 އަށް އިތުރު ވެފައެވެ. އެއިގެ ތެރެއިން 73046 މީހުން (%34.2) މީހުން ބަލިން ރަނގަޅުވެފައި ވެއެވެ. އަދި ބަލީގައި 5325 މީހުން މަރުވެފައި ވެއެވެ. އެއީ %2.49 މީހުންނެވެ.
މުޅި ދުނިޔޭގެ އަދަދުތަކަށް ބަލާއިރު 4.57 މިލިޔަން މީހުންނަށް ބަލި ޖެހިފައިވާއިރު ބަލީގައި މަރުވެފައި ވަނީ 3 ލައްކަ 5 ހަހާއެއްހާ މީހުނެވެ. އަދި ބަލި ރަނގަޅުވެފައި ވަނީ 1.7 މިލިޔަން މީހުނެވެ. މިބަލީގެ ވެކްސިނެއް ނޫނީ ފަރުވާއެއް އަދިވެސް ހޯދިފައި ނުވާއިރު ބަލީގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކެއްގެ އިގުތިސާދަށް ބޮޑެތި ގެއްލުންތަކެއް އަންނަނީ ވަމުނެވެ. އެމެރިކާއާއި އިނގިރޭސި ވިލާތުން ވެކްސިނެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި އެންމެ އަވަހަށް ވެސް ވެކްސިނެއް ލިބޭވަރުވާނީ އަންނަ ސެޕްޓެމްބަރު މަހަށް ކަމަށް ވެއެވެ.
މުޅި ދުނިޔެއިން އެންމެ ގިނަ މީހުނަށް މިބަލި ޖެހިފައިވަނީ އަދިވެސް އެމެރިކާއިން އިންނެވެ. އެގައުމުން 1.62 މިލިޔަނަށް ވުރެ ގިނަ މީހުނަށް މިބަލި ޖެހިފައިވާ އިރު އެގައުމުން 96 ހާހަށްވުރެ ގިނަ މީހުން ބަލީގައި މަރުވެފައި ވެއެވެ. ދެވަނަށް ރަޝިއާ އަރާފައި ވާއިރު 3 ވަނައަށް ބްރެޒިލް ފާއިތުވި ހަފުތާގައި އަރާފައި ވެއެވެ. ރަޝިއާގައި 3.26 ލައްކަ އަދި ބްރެޒިލްގައި 3.12 ލައްކަ މީހުންނަށް ބަލި ޖެހިފައި ވެއެވެ.
ދެ ލައްކައަށް ވުރެ ގިނަ މީހުން ބައްޔަށް ފައްސިވެފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ސްޕޭން، ޔުކޭ އަދި އިޓަލީ އެވެ. އެއިގެ ފަހަތުން އެއްލައްކައަށް ވުރެ ގިނަމީހުންނަށް ބަލިޖެހިފައި ވަނީ ފްރާންސް 1.81 ލައްކަ، ޖަރުމަން 1.79 ލައްކަ، ތުރުކީ 1.53 ލައްކަ، އީރާން 1.32 ލައްކަ އަދި މިލިސްޓަށް އިންޑިއާ އާއި ޕެރޫ އެރީ 1.21 ލައިކައިންނާއި 1.09 ލައްކަ އިންނެވެ. އެންމެ ހަލުއި ސްޕީޑުގައި މިހާރު މީހުން ބަލި ފެތުރެމުން ދަނީ ބްރެޒިލާއި ރަޝިއާގައެވެ. މިބަލީގައި އެންމެ ގިނަ މީހުން މަރުވަފައިވަނީ ވެސް އެމެރިކާ ގެ އިތުރުން ދެވަނައަށް އިނގިރޭސިވިލާތް ދެން އިޓަލީ، ފްރާންސް، ސްޕެއިން އަދި ބްރެޒިލް އިން 20 ހާސް މީހުން މަރުވެފައި ވެއެވެ.
ސާކް ގައުމުތަކުގެ ތަފުސީލް ނަމްބަރުތަކަށް ބަލާއިރު އެންމެ ބޮޑު އާބާދީ ހިމެނޭ އިންޑިއާގެ އަދަދުވަނީ 57 ހާހުން 83 ހާހުން، ގޮސް 1 ލައްކަ 20 ހާހުން މަތީގައެވެ. ފާއިތުވި 3 ހަފުތާއަށް ބަލާއިރު ޕާކިސްތާނު ވަނީ 26 ހާހުން 37 ހާހުން 50 ވުރެ މައްޗަށް ގޮސްފައެވެ. އެއާއެކު ފާއިތުވި ހަފުތާގައި ބަންގްލާދޭޝްއިން އޭގެކުރީ ހާފުތާގައި ވެސް 10 ހާހެއް ހާމީހުން އިތުރުވެ އަދދު އުޅެނީ 30 ހާާހުގައެވެ. އަފުޣާނިސްތާނުން ވެސް ވަނީ 6 ހާހުން 9 ހާހަށް އިތުރު ވެފައެވެ. އަދިވެސް އެންމެ މަދުން ބައްޔަށް ޕޮޒިޓިވް މީހުން ހިމެނޭ ބޫޓާން، ނޭޕާލް އަދި ސްރީލަންކާގައެވެ. މިގައުމުތަކުގައި ވެސް ފެތުރޭ ނިސްބަތް އަދި އަންނަނީ އިތުރު ވަމުންނެވެ. ބޫޓާން ފިޔަވައެއްވެ. ބޫޓާން ގެ އަދަދު އިތުރު ނުވެ އަދިވެސް ހުރީ 21 ގައެވެ.
ފާއިތުވި ހަފުތާގައި ދިވެހިރާއްޖެއިން ވަނީ ގިނަބަޔަކު ބައްޔަށް ޕޮޒިޓިވް ވެ ސްރީލާންކާއަށް ވުރެ ވެސް މަތީގައެވެ. އެއީ ކުރި ހަފުތާގައި 1020 އިން 1216އަަށް އިތުރުވެފައެވެ. ސްރީލަންކާ 689 އިން 824 އިން 925 އިން މިވަނީ 1060އަށް އަރާފައެވެ. ނޭޕާލް 59 ން 102 ން 267 ން 507 އަށް ޖެހިލީ %50 އަސްވުރެވެސް މަިތިން އިތުރުވެގެންވެ. އަދި ފާއިތުވި ހަފުތާގައި ނޭޕާލުން މިބަލީގައި އަލަށް މާހަކު މަރުވެ ޖުމްލަ މަރުގެ އަދަދު މިވަނީ 3 އަށް އަރާފައެވެ. ބޫޓާނުން ވަނީ އިތުރު މީހަކު ބަލިން ރަނަގަޅުވެ މހާރު ބާކީ ތިބީ ބަލީގެ 15 މީހުންނެއެވެ. ބަލީގައި މާީހަކު މަރުނުވެ ވަނީ ސާކުގެ ބޫޓަނުން އެކަންޏެވެ.
ރާއްޖޭގައި މިހާރު ތިބީ ބަލީގެ 452 (%35) ދިވެހީންނާއި 661 (%52) ބަންގްލާދެޝް މީހުންނާއި 119 އިންޑިއާ މީހުންނާއި ނޭޕާލު 16، އިޓަލީގެ 11، ޕާކިސްތާނުގެ 3، ސްރީލަންކާ 8، އަދި ޔޫރަޕުގެ ގައުމުތަކުން 4 މީހުންނެވެ. އެއީ ޖުމްލަ 822 ބިދޭސީން ނުވަތަ %65 މީހުންނެވެ. މާލޭގެ އިތުރުން ރާއްޖޭގެ އުތުރުން ހއ. އަތޮޅާއި ނ. އަތޮޅުގެ އިތުރުން ކ.ތުލުސްދޫ އާއި ހިންމަފުށިން ވަނީ ބައްޔަށް ޕޮޒިޓިވް މީހުން ވެފައެވެ.
ޚިޔާލުތައް