ލޭގެ ގްރޫޕްތަކުގެ ތެރެއިން އޯ ގްރޫޕް ގެ މީހުންނަށް ކޮވިޑް-19 ޖެހުން އަދި ބަލީގައި ނާޒުކު ޙާލަތަށް ދިއުމުގެ ފުރުސަތު ކުޑަކަމަށް ޖެނެޓިކްސް ދިރާސާ ކުރާ ފަރާތަކުން ހާމަކޮށްފިއެވެ.
23އެންޑްމީ ކިޔާ ކުންފުނިން ދާދި ފަހުން ކުރި ދިރާސާއަކުން ހާމަވީ ލޭގެ ގްރޫޕްތަކުގެ ތެރެއިން އޯ ގްރޫޕްގެ (އޯ ޕޮޒިޓިވް އަދި އޯ ނެގަޓިވް) ގެ މީހުންނަށް ކޮވިޑް-19 ޖެހުމުގެ ފުރުސަތު %18 ދަށްކަަމަށެވެ. އަދި އެމީހުންގެ ކިބައިން ބަލި ފެތުރުމުގެ ފުރުސަތު %26 އެހެން ގްރޫޕްތަކަށް ވުރެ ކުޑަ ކަމަށެވެ.
23އެންޑްމީ ކުންފުންޏަކީ ދިރޭތަކެތީގެ އެކިއެކި ސިފަތަކުގެ އަސްލުތަކާއި ގުޅޭ ގޮތުން ނުވަތަ ޖެނެޓިސް އާއި ގުޅޭ ގޮތުން ރިސާކުރާ ކުންފުންޏެކެވެ.
މިއީ ދިވެހިންނަށް ލިބުނު އުުފާވެރި ޚަބަރަކަށް ވާނެއެވެ. އެހެނީ ގިނަ ދިވެހީންނަކީ ލޭގެ އޯ ގްރޫޕަށް ނިސްބަތްވާ މީހުންނެވެ. އޯ ގްރޫޕް ލޭ ގެ މީހުން ދެރަކޮށްލުމުގެ ގޮތުން ބައެއް ފަހަރު ތީ ކަނޑުމަހުގެ ލޭ ގެ ގްރޫޕޭ ވެސް ބުނެ އުޅެއެވެ. ނަމަވެސް މިފަހަރު މިއޮތީ އެމީހުންނަށް އުފާވެރިކަމުގެ ޚަބަރެކެވެ.
23އެންޑްމީ ގެ މި ދިރާސާގައި 750،000 މީހުން ހިމެނޭ އިރު މީގެ ތެރެއިން 10،000 މީހުންނަކީ ކޮވިޑް-19 ޖެހިފައިވާ މީހުންނެވެ. މ ިދިރާސާއިން އެމީހުންނަށް ފާހަގަވީ އޯ ގްރޫޕްގެ ލޭ ހުންނަ މީހުން %13 އާއި %26 އާއި ދެމެދުގެ މިންވަރަކަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުގެ ފުރުސަތު ކުޑަކަމަށެވެ.
މި ދިރާސާއިން އިތުރަށް ހާމަކުރިި ގޮތުގައި އޯ ގްރޫޕު ލޭ ގެ %1.3 މީހުންނަށް މިބަލި ޖެހިފައިވާއިރު، %1.4 އޭ ގްރޫޕް ލޭ ހުންނަ މީހުން، އަދި %1.5 ބީ އަދި އޭބީ ހުންނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވެއެވެ.
މި ދިރާސާގެ އޮންލައިން ބައިވެރިންގެ ތެރެއިން ބަލިޖެފައި ހުރިކަމަށް އެންމެ ދަށުން، %19 ރިޕޯރޓްކުރީ ވެސް އޯ ލޭ ގުރޫޕް މީހުނެވެ. އަދި އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވެފައި ވާކަމަށް ރިޕޯރޓުކުރީ ލޭ ގެ ގްރޫޕް އޭބީ އިން ކަމަށް 23އެންޑްމީ ގެ އޮންލައިން ޕޯސްޓެއްގައި ބުނެފައިވެއެވެ.
މިދިރާސާގައި އިތުރަށް ބެލި ކަންތައްތަކުގެ ތެރޭގައި އުމުރާއި، ޖިންސް، ނަސްލު އަދި ބީއެމްއައި(ބޮޑީމާސް އިންޑެކްސް) އާއި ކޮވިޑް-19 އާއި ހުރި ގުޅުން ބެލުން ހިމެނެއެވެ.
ޚިޔާލުތައް