A wide advertisement which will be shown on all devices. (700 x 100)

ސާކް ގައުމުތަކުގައި ކޮވިޑް-19ގެ ހާލަތު 14

ސްރީލަންކާ ދިވިހިރާއްޖޭގެ ކޮވިޑް-19 ގެ އަދަދުތައް އަންނަނީ ދަށްވަމުން. 20 ޖޫން 2020

ސާކް ގައުމުތަކުގައި ކޮވިޑް-19 ހާލަތު ބަޔާންކުރުމަށް ކުރިޔަށް ގެންދެވޭ ހަފުތާ ރިޕޯޓުގެ 14 ވަނަ ބައި ހިއްސާކުރަމެވެ. ދުނިޔޭގެ ގިނަ ގައުމުތަކެކޭ އެއްގޮތަށް ސާކްގެ ގިނަ ގައުމުތަކުން ވެސް މިހާރު އަންނަނީ ބަންދުގެ ހަލަތަށް ލުއިދެމުންނެވެ. ނަމަވެސް ސާކުގެ ބޮޑު އާބާދީތައް ކަމަށްވާ އިންޑިއާ،ޕާކިސްތާން، ބަނގްލާދޭޝް އަދި އަފުޣާނިސްތާނުގައި ގައި ވެސް ބަލި ފެތުރޭ ނިސްބަތް ދަށްވެފައެއް ނުވެއެވެ.

ބަލި ފެތުރުން އިތުރުވިޔަސް ބަންދަށް ލުއި ދޭން މަޖުބޫރު ވަނީ މީހުން ބަނޑަށް ޖެހެންދެން ބަންދުގައި ނުބޭތިއްބޭނެތީއެވެ. ގިނަ ގައުމުތަކުގައި ކޮވިޑް-19 ގެ ހޮޓް ޒޯންތައް ފިޔަައި، މީހުން އާއްމު މަސައްކަތަކަށް ނިކުތުމަށް ވެސް ވަނީ ދޫކޮށްލާފައެވެ. ސްރީލަންކާއިން އާއި ދިވެހި ރާއްޖެއިން އަންނަނީ ކޯވިޑްގެ ކަންކަމުން ނިމުމަކަށް އައުމުގެ މަރުހަލާގައެވެ. ބަންދުތައް ދޫދެމުން، ވިޔަފާރިތައް ހުޅުވަމުންވެ. އަދި ކުރިޔަށް އޮތް މަހުގައި ސްކޫލްތައް ވެސް ހުޅުވަން އަންނަނީ ތައްޔާރުވަމުންނެވެ.

ދިވެހިރާއްޖޭގެ ވެރިރަށް މާލެ އާއި މަދު އެހެން ރަށެއްގައި ނޫނީ ބަންދުގެ ހާލަތު އެއްކޮށް ވަނީ ދޫކޮށްލާފައެވެ. މި ޖޫން މަހު 15 އިން ފެށިގެން މާލޭގައި ވެސް އާއްމުކޮށް ހުއްދަ ހޯދުމަކާއި ނުލައި ބޭރަށްނުކުމެ އުޅުން އެއްކޮށް ވަނީ ދޫކޮށްލާފައެވެ. ނަމަވެސް އެއްފަހަރާ އެތަނެއްގައި އުޅޭވެ މީހުންގެ އަދަދު  ވަނީ 3 ގައި ހިފަހައްޓާފައެވެ. މިހާރު ކުރިޔަސްދަނި ރިކަވަރީ މަރުހަލާ ކަމަށް ބެލެވެއެވެ.

އިންޑިއާ އަދި ޕާކިސްތާނުން ވެސް އާއްމު ދަތުރުފަތުރަށް ބޯޑަރު ހުޅުވާލަން ކަނޑައަޅާފައި ވަނީ ޖުލައި 10 އެވެ. ޖޫންގައި ސްރީލަންކާ ހުޅުވާލާއިރު ދިވެހިރާއްޖެ އިންޓަނޭޝަނަލް ދަތުރުފަތުރަށް ހުޅުވާނީ ޖުލައި 1 ގައެވެ.

ސާކް ކޯވިޑް-19 ޚުލާސާ، 20 ޖޫން 2020

ނިމުނު ހަފުތާގެ ނިޔަލަަށް ސާކް ގައުމުތަކުގައި ބަލިޖެހިފައިވާ މީހުންގެ ޖުމްލަ 7 ލައްކަ 23 ހާހުގައި ހުރިއިރު އެއިގެ ތެރެއިން 3 ލައްކަ 38 ހާސް މީހުން ރަނގަޅުވެފައި ވެއެވެ. އަދި ބަލީގައި މަރުވެފައިވަނީ 18495 މީހުންނެވެ. އެއީ ބަލި ޖެހުނު މީހުންގެ %2.55 އެވެ. ބަލީގައި ނާޒުކު ހާލަތުގައިވާ މީހުން ރަނގަޅަށް ރެކޯޑުކުރެވެމުން ދާކަމަކަށް ނުބެލެވއެވެ.

މުޅި ދުނިޔޭގެ އަދަދުތަކަށް ބަލާއިރު 8.826 މިލިޔަން މީހުންނަށް ބަލި ޖެހިފައިވާއިރު ބަލީގައި 4 ލައްކަ 64 ހާސް މީހުން މަރުވެފައި ވެއެވެ. އަދި ބަލި ރަނގަޅުވެފައި ވަނީ 4.662 މިލިޔަން މީހުނެވެ. މިބަލީގެ ވެކްސިނެއް ނޫނީ ފަރުވާއެއް ހޯދިފައި ނުވާއިރު ބަލީގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކެއްގެ އިގުތިސާދަށް ބޮޑެތި ގެއްލުންތަކެއް އަންނަނީ ވަމުނެވެ. އެމެރިކާއާއި އިނގިރޭސި ވިލާތުން ވެކްސިނެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި އެންމެ އަވަހަށް ވެސް ވެކްސިނެއް ލިބޭވަރުވާނީ އަންނަ ސެޕްޓެމްބަރު މަހަށް ކަމަށް ވެއެވެ. މިވެކްސިން ތަރައްގީ ވަމުންއަންނަ ގައުމުތަކަށާއި ފަގީރު ގައުމުތަކަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ޑަބްލިޔުއެޗްއޯއިން މަސައްކަތް ކުރަމުން އަންނަ ކަމަށް ހަމަކޮށްފައި ވެއެވެ.

މުޅި ދުނިޔެއިން އެންމެ ގިނަ މީހުނަށް މިބަލި ޖެހިފައިވަނީ އަދިވެސް އެމެރިކާއިން އިންނެވެ. އެގައުމުން 2.311 މިލިޔަނަށް ވުރެ ގިނަ މީހުނަށް މިބަލި ޖެހިފައިވާ އިރު އެގައުމުން 121 ހާސް މީހުން ބަލީގައި މަރުވެފައި ވެއެވެ. ދެވަނާގައި ބްރެޒިލް އަދި 3 ވަނައަށް ރަޝިއާ އޮތްއިރު މިފަހުތާގައިވެސް ސާކުގެ އިންޑިއާ އޮތީ ދުނިޔޭގެ 4 ވަނާގައެވެ. ފަސްވަނައަށް ޔުކޭގެ ފަހަތުން 6 ވަނައަށް ވަނީ ސްޕޭނެވެ. ހަތްވަނައަށް ޕެރޫ، 8 ގައި އިޓަލީ އަދި 9 ވަނާގައި ޗިލީ އަދި 10 ވަނާގައި އީރާނެއެވެ. ޔޫރަޕުގެ ބޮޑު ގައުމެއް ކަމަށްވާ ޖަރުމަނު ވަނީ 11 ވަނައަށް ދަށްވެފައެވެ. ސާކުގެ ޕާކިސްތާނު ވަނީ 13 ވަނައަށް އަރާފައެވެ.

ސާކް ގައުމުތަކުގެ ކޮވިޑް-19، ނަަމްބަރުތައް 20 ޖޫން 2020

ސާކް ގައުމުތަކުގެ ތަފުސީލް ނަމްބަރުތަކަށް ބަލާއިރު އެންމެ ބޮޑު އާބާދީ ހިމެނޭ އިންޑިއާގެ އަދަދު 4 ލައްކަ 2 ހާސް މީހުންނަށް ބަލި ޖެހިގެން ދުނިޔޭގެ 4 ވަނައަށް ވަނީ އަރާފައެވެ. ފާއިތުވި ހަފުތާގައި ޕާކިސްތާނު ވަނީ ދުނިޔޭގެ 15ން 13 ވަނައަށް އަރާފައެވެ ޕާކިސްތާނުން ބަލި ޖެހިފައިވަނީ 1ލައްކަ 73 ހާސް މީހުންނަށެވެ. ބަނގްލާދޭޝް ގެ އަދަދު ވަނީ 1 ލައްކަ 8 ހާހަށް އިތުރުވެފައި ވެއެވެ. އަފުޣާނިސްތާނުން ވެސް ވަނީ 20 ހާހުން 28 ހާހަށް އިތުރު ވެފައެވެ. ސާކުން އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ މި 4 ގައުމުގައެވެ.

ދެވަނަ ގްރޫޕުން، ފާއިތުވި ހަފުތާގައި ވެސް ނޭޕާލުގައި ބަލި ފެތުރޭ ނިސްބަތް ނިމުނު ހަފުތާގައިވެސް އިތުރު ކަން ވަނީ ފާހަގަ ކުރެވެއެވެ. އެގޮތުން ނިމުނު ހަފުތާގައި ވެސް 5 ހާހަށް އިތުރަށް ބަލި ޖެހިަފއިވާ އިރު ޖުމްލަ އުޅެނީ 8605 ގައެވެ. މިގުރޫޕުން އަދިވެސް އެއްވަނާގައި އޮތީ ނޭޕާލެއެވެ. ދިވެހިރާއްޖެ އާއި ސްރީލަންކާގައި ބަލިޖެހޭ މީހުންގެ އަދަދުގެ ހަފުތާއަކުން ހަފުތާއަކުން ދަސްވަމުން އަންނަކަން ފާހަގަ ވެއެވެ.  ދިވެހިރާއްޖެއަށް ވުރެވެސް ބޮޑަށް ލަންކާގައި ބަލި ފެތުރޭ މިންވަރު ކުަކަމަށް ދައްކައެވެ. ފާއިތުވި ހަފުތާގަ ރާއްޖެއިން 147 މީހުނަނަށް ބަލި ޖެހިފައިވާއިރު ލަންކާއިން ބަލިޖެހިފައި ވަނީ 73 މީހުންނަށެވެ.

ސާކް ގައުމުތަކުގެ ކޮވިޑް-19، އާބާދީ ބޮޑެތި ގައުމުތައް 20 ޖޫން 2020

ފާއިތުވި ހަފުތާ ނިމުނުު ސްރީލާންކާގައި ބަލި ޖެހިފައިވާ ޖުމްލަ އަކީ 1950 އެވެ. ދިވެހިރާއްޖޭގެ އަދަދަކީ 2150 އެވެ. ސާކް ގައުމުތަކުގައި އަދިވެސް އެންމެ މަދުން ބައްޔަށް ޕޮޒިޓިވް މީހުން ތިބީ ބޫޓާނުގައެވެ. ބޫތަނުގައި ބަލިޖެހޭމީހުން އިތުރުވަނީ ވަރަށް މަދުމިނެއްގައެވެ. ނިމުނު ހަފުތާގެ ކުރީ ތިން ހަފުތާގައި 31، 48، 62 އިން މިވަނީ 68 އިތުރު ވެފައެވެ. ބޫޓާން ފިޔަވައި މިބަލީގައި  މީހުން މަރުނުވާ ގައުމެއް ސާކްގައި ނެތެވެ. އެންމެ ގިނަ މީހުން މަރުވެފައިވަނީ އިންޑިއާއިންނެވެ.  އެއީ 13078 މީހުނެވެ. ޕާކިސްތާނުން 3382، ބަނގްލަދޭޝް 1425، އަފުޣާނިސްތާނުން 569، ނޭޕާލުން 22، ސްރީލަންކާ އިން 11 ދިވެހިރާއްޖެ އިން 8 މީހުން މަރުވެފައި ވެއެވެ.

ސާކް ގައުމުތަކުގެ ކޮވިޑް-19، އާބާދީ ކުޑަ ގައުމުތައް 20 ޖޫން 2020

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !