A wide advertisement which will be shown on all devices. (700 x 100)

ޑިސްޓްރިބިއުޝަން ފޮށްޓެއްގެ މަސައްކަތަކަށް މާދަޑު އަދި ދިގުވާޑުގެ ބަޔަކުން މާދަމާ ކަރަންޓް ކަނޑާލަނީ

ކަރަންޓް ޑިސްޓްރިބިއުޝަން ފޮށި.

ފެނަކައިގެ ކަރަންޓް ޑިސްޓްރިބިއުޝަން ފޮށްޓެއް ބަދަލުކުކުރުމުގެ މަސައްކަތަށް މާދަމާ، ހޯމަ ދުވަހު (29 ޖޫން 2020) ހެނދުނު 3 ގަޑިއަރަށް މާދަޑު އަދި ދިގުވާޑު އަވަށުގެ ބައެއް ސަރަހައްދުތަކުން ކަރަންޓްގެ ޚިދުމަތް މެދުކަނޑާލެވޭނެ ކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކޮށްފިއެވެ.

އެގޮތުން ކަރަންޓްގެ ޚިދުމަތް މެދުކެނޑުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން  12:00 އަށެވެ. މި 3 ގަޑިއިރު ކަރަންޓްގެ ޚިދުމަތް މެދުކަނަޑާލެވެނީ:

1. މާދަޑު އަވަށު އަލިހަވާގެއިން ފެށިގެން ނަސްރީނުގެ ހިމެނޭ ސަރަހައްދާއި

2. މާދަޑު އަވަށު ސަންލައިޓްވިލާއިން ފެށިގެން އިފަ، އިވްނިންގވިލާ، ރުއްކަރަ، އަދި ޖަރީ ހިމެނޭ ސަރަހައްދުންނާއި

3. ދިގުވާޑު އަވަށު ފައުންޑޭޝަން ސްކޫލް އިން ފެށިގެން ޕެރަޑައިސް، ތޭރަވާ، ހެޕީހައުސް، ރަޖީނާގެ، އާބާރު އަދި އެފް-ޓީވީ ހިމެނޭ ސަރަހައްދުގައިވާ ގެތަކުން ކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކުރެއެވެ.

އެއްވެސް ސަބަބަކާއި ހުރެ ކަރަންޓް ކެނޑޭނަމަ ނުވަތަ ކަރަންޓް ކެނޑޭގޮތް ވެއްޖެނަމަ، ކަރަންޓް ކެނޑޭ ކޮންމެ ފަހަރަކުވެސް ކަރަންޓް އައުމުގެ ކުރިން ބޭނުންކުރާ އިލެކްޓްރޯނިކް އަދި އިލެކްޓްރިކަލް އާލާތްތަކުން ކަރަންޓް ސްވިޗުން ކަނޑާފައި ބެހެއްޓުމަކީ ރައްކާތެރިކަމެއް ކަމަށް އިންޖީނުގެއިން އިރުޝާދު ދެއެވެ. އަދި ކަރަންޓް ކެނޑުމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް  ފެނަކަ-ފުވައްމުލައް ގެ 9784194 ނުވަތަ 6865009 އަށް ގުޅުއްވުމަށް އެފަނކައިން އިން އެދިފައިވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !