A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކަށް އެންމެ ފުރަތަމަ އޮޅުއަލަ ތަޢާރަފް ކުރީ، އެޅަތޮށިގޭ މުހައްމަދު ދިދީ

އޮޅުއަލަ އަކީ ޒަމާނުއްސުރެ ފުވައްމުލައް ސިޓީގެ ރައްޔިތުން، ކުއެމަށް ބޭނުންކުރަމުން އަންނަ ފަލަމަޑީގެ ބާވަތެކެވެ. ފުވައްމުލަކުގެ އިތުރުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ވެސް އޮޅުއަލަ ހައްދައި، ކެއުމުގައި ބޭނުންކުރާކަން ވަނީ ފާހަގަކުރެވިފައެވެ. އެހެން ނަމަވެސް މިތާގައި އަލިއަޅުވާމިލަނީ ފުވައްމުލަކުގެ އޮޅުއަލައިގެ ތާރީޚަށެވެ.

ފުވައްމުލަކަށް އެންމެ ފުރަތަމަ އޮޅުއަލަ ތަޢާރަފް ކުރީ، އެ ރަށު ދިގުވާޑު، އެޅަތޮށިގޭ މުހައްމަދު ދީދީ ކަމަށްވެއެވެ. އެބޭފުޅާ ހުވަދޫ އަތޮޅުން، ފުވައްމުލަކަށް ރިޔަލު ދޯންޏެއްގައި ދަތުރު ކުރައްވަނިކޮށް ބެހިގެން، އިންޑިއާގެ މުމްބާއީއަށް ދެވުމުން އެތަނުން ގެނައި އަލައިގެ މުޑުވައް ކަމަށް ވެއެވެ.

ކުރީ ޒަމާނުގައި ފުވައްމުލަކު ރައްޔިތުން، މިހާރު ބޭނުންކުރާ ގޮތަށް ކާޑުގެ ބާވަތްތަށް ބޭނުންކުރުމުގެ ބަދަލުގައި ބޭނުންކޮށްފައި ވަނީ ފަލަމަޑީގެ ބާއްވަތްތަކެވެ. މީގެތެރެއިން ވެސް ޚާއްސަކޮށް އޮޅުއަލަ އަކި ގިނައިން ބޭނުންކުރި ބައެކެވެ.

ދުނިޔޭގެ ދެވަނަ ބޮޑު ހަގުރާމައިގެ ދުވަސްވަރު  މުޅިދުނިޔެއަށް ކުރިމަތިވި އިޤްތިސޯދީ ބޮޑު ދަތުމަޑުކަމުގައި ވެސް، ކާބޯތަކެތި ނުލިބިގެން ނުވަތަ ކާޑުގެ ބާވަތްތައް ނުލިބިގެން، ފުވައްމުލަކުން މީހަކު ބަނޑަޖެހިގެން މަރު ނުވާކަމަށް ވެއެވެ.

އެ ދުވަސްވަރު ވާރު ވެރިޔަކަށް ހުންނެވި، އަލްމަރްޙޫމް ވާރުގޭ ޙަސަން ދީދީ، އޭރުގެ ރައީސް ސުމުވުލް އަމީރު އަލްމަރްޙޫމް މުޙައްމަދު އަމީން ދޮށިމޭނާ ކިލަގެފާނު ވިދާޅުވެގެން މާލެ ދަތުރުކުރައްވައި، ވުޒާރަތުއް ދާޚިލިއްޔާއަށް ވަޑައިގަތުމުން، ރަށުގެ އާންމު ހާލަތު އޮޅުން ފިލުވުމަށް ސުވާލުކުރެއްވި ބޭފުޅަކަށް، ޖަވާބު ދެއްވަމުން ހަސަންދީދީ ވިދާޅުވި ކަމަށްވަނީ “އަދި މިހާތަނަށް ފުވައްމުލަކުން މީހަކު ބަނޑަށްޖެހިގެން މަރުނުވާ ކަމަށާއި، ކާޑުގެ ތަކެތި ނުލިބި ހައެއްކަ އަހަރުވިޔަސް ކާނާގެ ގޮތުން ދަތިވެ، ތަދުމަޑު ޙާލަތެއް ކުރިމަތި ނުވާނެ” ކަމަށެވެ.

އަދި އެބޭފުޅަކު، ފުވައްމުލަކު ރައްޔިތުން ކަނީ ކޯއްޗެއްތޯ ސުވާލު ކުރެއްވުމުން ޖަވާބުގައި، ހަސަންދީދީ ވިދާޅުވީ، ފުވައްމުލަކު ރައްޔިތުން ކަނީ އޮޅުއަލަ ކަމަށެވެ.

ކޮންމެއަކަސް މިހާރުވެސް އޮޅުއަލައަކީ ކާން ރަނގަޅު ގިނަ ބާވަތްތަކެއް ތައްޔާރު ކުރެވޭ ރަހަމީރު އެއްޗެކެވެ. އެހެން ނަމަވެސް މިއަދު ޒަމާނަށް އަންނަމުންދާ ބަދަލާއިއެކު ފުވައްމުލަކު އޮޅުއަލަ ދަނޑުތަށް މިދަނީ އެއްދުވަހުން އަނެއް ދުވަހަށް މަދުވަމުންނެވެ. އަދި ހުރި އޮޅުތަކަށް ވެސް ތަފާތު އެކި ބަލިތަށް ޖެހިފައިވާކަން ފާހަގަކުރެވެއެވެ. މިކަމަށް ހައްލެއް ހޯދުމަކީ، މަޒީގެ ތަޖުރިބާގެ އަލީގައި މިއަދުގެ މި ނާޒުކު އިޤްތިސޯދީ ހާލަތަށް ވިސްނާއިރު ވެސް މުހިންމު ކަމެއް ކަމުގައި ދެކެމެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !