A wide advertisement which will be shown on all devices. (700 x 100)

ރީތިގޮތަކީ ސިޔާސީ މަޤާމުތަކުން އިސްތިއުފާދީފައި، ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔުން!

ސިޔާސީ މަގާމުތަކުގައި،ތިބެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ކިޔުމަކީ ރީތި ގޮތެއް ނޫން -ފޮޓޯ ޓުވިޓާރ

ސިޔާސީ މަޤާމްތަކުގައި ތިއްބަވާ މަވައްޒަފުންނަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ރައީސުލް ޖުމްހޫރިއްޔާގެ މަޤާމުގެ ވާޖިބު އަދާކުރުމަށްޓަކައި ބޭނުންފުޅުވާ މަޤާމުތަކަށް މީހުން ޢައްޔަންކުރެއްވުމަށް، ރައީސުލް ޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުގެ ދަށުން އައްޔަންކުރައްވާ މުވައްޒަފުންނެވެ.

އެގޮތުން، އެއިރެއްގައި ސިޔަސީ މަޤާމުތަކުގައ ތިއްބަވާ ބޭފުޅުން ވާންޖެހޭނީ، ސަރުކާރުގެ ސިޔާސަތުތަކަށް، ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އަދި ޢިޚުލާސްތެރިކަމާއި އެކު މަސައްކަތްކޮށް، އެ ސިޔާސަތުތަށް ތަންފީޛު ކުރުމަށް މަސައްކަތް ކުރާ ބަޔަކަށެވެ.

މި ދެންނެވި ވާހަކައަށް ބާރު ލިބިގެންދަނީ 1 ޖުލައި 2012 ގައި ޢަމަލުކުރަން ފަށާފައިވާ ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައިސުލް ޖުމްހޫރިއްޔާ ޢައްޔަންކުރާ މުވައްޒަފުން އަމަލުކުރަންޖެހޭ އުސޫލުންނެވެ. މި އުސޫލްގެ 3 ވަނަ މާއްދާގައި ސިޔާސީ މުވައްޒަފުންގެ ކިބާގައި ހުންނަންޖެހޭ ސުލޫކީ މިންގަނޑު، ވަރަށް ތަފްސީލްކޮށް ބަޔާން ކޮށްފައިވެއެވެ.

މި މާއްދާގައިވާ ބައެއް ކަންތައްތަކަށް ބަލާލާއިރު، ސިޔާސީ މުވައްޒަފުންގެ ގޮތުގައި ތިބެ، ސަރުކާރުން ނިންމާ ނިންމުންތަށް ބަލައިގަނެ އެއަށް ހުރުމަތްތެރިކޮށް ހިތަންޖެހެއެވެ. އަދި މިފަދަ  ނިންމުންތަކާއިމެދު ޚިޔާލު ތާފާތުވި ނަމަވެސް، ވަކިވިކި ފަރުދުންގެ ގާތުގައްޔާއި، ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ލިޔެ ނެހެދޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ސަރުކާރުގެ ސިޔާސަތާ ތަފާތު ވިސްނުމެއް ނުވަތަ މުވައްޒަފުގެ މަސްއޫލިއްޔަތާއި، ފުށުއަރާ ކަމަކަށް މަގުފަހިވެދާނެ އުސޫލްތަކެއް ގެންގުޅެގެން ނުވާނެކަމަށް ވެސް ބަޔާންކޮށްފައި ވެއެވެ. އަދި މިނޫވެސް އެތަށް ކަމެއް، ސިޔާސީ މުވައްޒަފުން އަމަލުކުރަންޖެހޭ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

އެހެން ކަމުން ކޮންމެ ސަރުކާރެއްގައި، ވެސް ސިޔާސީ މުވައްޒަފުން ވާންޖެހޭނީ ސަރުކާރުގެ ސިޔާސަތުތަކަށް ބޯލަބައި ސަރުކާރުގެ ސިޔާސަތަށް ތަންފީޛުކުރާ ބަޔަކަށެވެ. ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ ގޮތުގައި ތިބެ ސަރުކާރުގެ ސިޔާސަތުތަކަށް ގޮންޖަހައި، އެ ސިޔާސަތުތަކަށް ފާޑުކިޔުމަކީ، ސިޔާސީ މުވައްޒަފުންގެ ސްލޫކީ މިންގަޑާއި، އަދި ވަޒީފާގެ މަސްއޫލިއްޔަތާއި ވެސް ހިލާފުކަމެކެވެ. ސަރުކާރުގެ ސިޔާސަތު ކަމުނުދާނަމަ، އެ މަގާމުތަކުން އިސްތިއުފާދީފައި ސަރުކާރަށް ފާޑުކިޔުމަކީ އެންމެ ރީތިގޮތެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • Anonymous

    Shaiu ah kereynetha migoyha kantha kuran