ތޮލާލު އާއި ސުއާދު މިނިސްޓްރީގެ ނާއިބުކަމުގެ މަގާމަށް

ތޮލާލު އާއި ސުއާދު - ޑެޕިއުޓީ މިނިސްޓަރު ކަމަށް
Share on facebook
Share on twitter
Share on google

މިނިސްޓަރުންގެ ނާއިބުކަމުގެ މަގާމަށް ފުވައްމުލައް ސިޓީއަށް ނިސްބަތްވާ އިތުރު 2 މީހަކު އައްޔަންކޮށްފިއެވެ. އެގޮތުން މިނިސްޓަރުންގެ ނާއިބުންގެ ގޮތުގައި ހަމަޖައްސާފައި ވަނީ ފުވައްމުލަކު މެދުދާއިރާއަށް ނިސްބަތްވާ ތޮލާލު އާއި ސުއާދު އެވެ.

މިސްކިތްމަގު މާކޯނި، އަހުމަދު ތޮލާލް މުހައްމަދު އައްޔަންކޮށްފައި ވަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓްގެ ނާއިބުގެ ގޮތުގައެވެ. މިސަރުކާރުގެ ފުރަތަމަ ކޮޅު ތަލާލު (ތުއްތު) މަސައްކަތް ކޮށްފައި ވަނީ ޔޫތު މިނިސްޓްރީގެ އެކްޒެކްޓިވް އެއްގެ ގޮތުގައި ފުވައްމުލަކު އިޖުތިމާއީ މަރުކަޒުގައި އެވެ. ނަމަވެސް ފަހުން އޭނާގެ މަސައްކަތް ވަނީ ޔޫތު މިނިސްޓްރީއަށް މާލެ ބަދަލުކޮށްފައެވެ. ތޮލާލު އަކީ ކުރިން މިސްކިތްމަގު ކައުންސިލް މެމްބަރުކަން ވެސް ކުރައްވާފައިވާ ފަރާތެކެވެ.

ތޮލާުއާއި ސުއާދު (ކ) މިސްކިތްމަގު ކައުންސިލްގެ ދުވަސްވަރު 2015

މިސްކިތްމަގު ކަޝްމީރު، މުހައްމަދު ސުއާދު އައްޔަންކޮށްފައި ވަނީ މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީގެ ނާއިބުގެ ގޮތުގައެވެ. ސުއާދު އަކީ ފުވައްމުލަކުގައި ހުންނަ ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ ކުޑަކުދިންގެ މަރުކަޒު ހިންގުމުގައި އިސްވެ ހުންނެވި ފަރާތެވެ. ސުއާދު އަކީ ވެސް ކުރިން މިސްކިތްމަގު ކައުންސިލް މެމްބަރުކަން ކުރައްވާފައިވާ ފަރާތެކެވެ.

މިއީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ދަށުން ފިނޭސް މިނިސްޓްރީގެ ހުއްދަނެތި އައު މަގާމުތައް ނުއުފެއްދުމަށް ދައުލަތުގެ އިދާރާތަކަށް ފިނޭސް މިނިސްޓްރީއިން އެންގި ފަހުން ސަރުކާރުން އުފައްދާފައިވާ ސިޔާސީ މަގާމުތަކެކެވެ. މީގެ އިތުރުން ވެސް ގިނަ މަގާމުތަކެއް އުފައްދާފައިވާ ކަމަށް މީޑިއާތަކުން ހާމަކުރެއެވެ. އޭގެ ތެރޭގައި ޑެޕިއުޓީ މިނިސްޓަރުން ނުވަތަ މިނިސްޓަރުންގެ ނާއިބުގެ 6 މަގާމެއް (މިދެ މަގާމުވެސް ހިމެނޭ ގޮތަށް) ވެސް ހިމެނެއެވެ.

ސަރުކާރަށް ފާޑުކިޔާ ބައެއް ފަރާތްކުން ބުނަމުން އަންނީ ތިފަދަ ގިނަ މަގާމުތަކެއް އަދި އިތުރު މީހުންނަށް ވެސް ދޭތަން ކުރިޔަށް އޮތް ދުވަސްތަކުގައި ފެންނާނެ ކަމަށެވެ. އެއީ ރިޔާސީ އިންތިޚާބަށް ކެމްޕޭނު ކުރުމަށް މީހުން ހޯދުމަށް ކުރާ ކަންކަން ކަމަށެވެ. އެގޮތުން ޗެއާޕާސަން އިންތިޚާބާއި ދިމާކޮށް ވެސް ފުވައްމުލައް ސިޓީގެ ބައެއް މީހުނަށް މުޅިން އަލަށް ސިޔާސީ ބޮޑެތި މަގާމުތައް ބަހާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ހާމަކޮށްފައި ވަނީ ސިޔާސީ މަގާމުތަކަށް މީހުން ވައްދަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާ އިން ރައީސުލް ޖުމްހޫރިއަޔާ އަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.

1.8/5.0 Article rating
6 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments