A wide advertisement which will be shown on all devices. (700 x 100)

ދިރާސީ އާ އަހަރު ފެށުމަށް ތައްޔާރުވާން ޓީޗަރުން ސްކޫލްތަކަށް ނުކުމެއްޖެ

ސްކޫލްތައް ފެށެންވާއިރަށް ދުވަރުތައް ނިންމަނީ

މިއަހަރުގެ ދިރާސީ އާ އަަހަރު ފެށުމަޓުމަށް ތައްޔާރުވުމުގެ ގޮތުން މިއަދު ޓީޗަރުން ސްކޫލަށް ނުކުންނަން ފަށައިފިއެވެ. މިއަހަރުގެ ދިރާސީ އާ އަހަރު ފެށެނީ އަންނަ ހަފުތާގެ އަންގާރަ ވާ 10 އޮގަސްޓް 2021ގައެވެ.

އެގޮތުން ފުވައްމުލައ ސިޓީގައި ހިމެނޭ ސަރުކާރު 4 ސްކޫލުގެ ކިޔެވުން ވެސް ފެށުމަށް ތައްޔާރުވުމުގެ ގޮތުން މިއަދު ޓީޗަރުން ވަނީ ސްކޫލަށް ނުކުމެފައެވެ. ފުވައްމުލައްކުގައި ހިމެނޭ ސަރުކާރުގެ 4 ސްކޫލުގެ ތެރެއިން މިވަގުތު ޕްރިންސިޕަލަކު ނެތް ހާފިޒް އަހުމަދު ސްކޫލް (ހޭޒް) އަށް ވަނީ ޕްރިންސިޕަލަކު ހަމަޖައްސާފައެވެ. އޭނާ އަންނަ އާދީއްތަ ދުވަހު ފުވައްމުލަކަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވެއެވެ.

ހޭޒްގެ އައު ސެން ކްލާސް- އިންޑިއާ ސަރުކާރުގެ އެހީގައި

މީގެ ިއތުރުން އައު ޕްރިންސިޕަލަކު ހަމަޖައްސާފައި ވަނީ ފުވައްމުލަކު ސްކޫލަށެވެ. އެ ސްކޫލުގެ ޕްރިންސިޕަލަކަށް ހަމަޖައްސާފައި ވަނީ ކުރިން ހޭޒްގައި ވެސް މަސައްކަތް ކޮށް، ފަހުން އެޑިއުކޭޝަން މިނިސްޓްރީގައި މަސައްކަތް ކުރަމުންދިޔަ މުހައްމުދު ފަޔާޒެވެ. އަނެއް ދެ ސްކޫލް ކަމަށް ވާ އެމްޖޭއެސްގެ ޕްރިންސިޕަލަކަށް ކުރިންވެސް ހުންނެވި އާރިފާ އަބްދުލް މަޖީދު ހުންނަވާއިރު، ޏ.އަތޮޅު ތައުލިމީ މަރުކަޒު (ޏ.އޭއީސީ) ގައި ޕްރިންސިޕަލަކަށް ހުންނަވާނީ ކުރިންވެސް އެމަގާމުގައި ހުންނެވި އިސްމާއީލް ސައުދުﷲ އެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން ރާއްޖޭގެ ދިރާސީ އަހަރަކީ 2021 އޮގަސްޓް އިން 2022ގެ ޖުލައި މަހުގެ ނިޔަލަށެވެ. ކުރިން އޮތް ޑިސެމްބަރު ބޮޑު ޗުއްޓީ ވަނީ ދެ ބައިކޮށް ޑިސެމްބަރާއި ޖުލައިގައި އަހަރީ ޗުއްޓީއަށް ވާގޮތަށް ބަދަލުކޮށްފައެވެ. ދެން ބޮދު ޗުއްޓީ ވާނީ ޖުލައި މަހުގައި ކަމަށް ބެލެވެއެވެ.

ދިރާސީ ކަލަންޑަރުގައި ވާގޮތުން މިފެށޭ ދިރާސީ އަހަރުގައި ކިޔަވައިދޭނީ ޖުމުލަ 200 ދުވަހުއެވެ. އެއިގެ ތެރެއިން ފުރަތަމަ ޓާމުގައި ކިޔަވައިދިނުމަށް ރޭވިފައި ވަނީ 89 ދުވަހު އެވެ. އެގޮތުން 10 އޮގަސްޓް 2021 ގައި ފަށާ ފުރަތަމަ ޓާމުގެ މިޑްޓާމް ބްރޭކް އޮކްޓޯބަރު މަހު 17-23 އަށް އަދި ފުރަތަމަ ޓާމް ޓެސްޓް ޑިސެމްބަރު މަހު 5-18 އަށް ރޭވިފައި ވާއިރު ފުރަތަމަ ޓާމް ނިމުމަށް ކަނޑައަޅާފައި ވަނީ 23 ޑިސެމްބަރުގައެވެ. މުދައްރިސުންގެ ފުރަތަމަ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ދުވަހުގެ ގޮތުގައި ސެޕްޓެމްބަރު 16 ފާހަގަ ކުރެވިފައި ވާއިރު، ޓާމް ނިމޭ ކޮޅުން ނޮވެމްބަރު މަހުގައި ރަސްމީ 3 ބަންދެއް (3 ނޮވެމްބަރު، 7 ނޮވެމްބަރު އަދި 11 ނޮވެންބަރު) އާދެއެވެ.

އެކަޑެމިކް ކަލެންޑަރު 2021/22

ފުރަތަމަ ޓާމް ނިންމުމަށް ފަހު 3 ހަފުތާގެ ޗުއްޓީއެއް ލިބެއެވެ. އެއިގެ ފަހުން ދެވަނަ ޓާމް ފެށުމަށް ހަމަޖެހިފައިވަނީ 2022 ޖެނުއަރީ 16ގައެވެ. ފުވައްމުލަކުގައި ހުރި 7 ސްކޫލުގައި 2،350 އެއްހާ ދަރިވަރުން ކިޔަވަމުން އާދެއެވެ. ފުވައްމުލައް ސިޓީގައި އަމިއްލަ 3 ސްކޫލް ހުންނައިރު އެތަންތަނުގައި 330 ދަރިވަރުން ކިޔަވަމުން އާދެއެވެ. ފުވައްމުލަކުގައި ހުރި 7 ސްކޫލުގައި 283 ޓީޗަރުން ތިބިއިރު އެއިގެތެރޭގައި ތަމްރީނު ނެތް 75 ޓީޗަރުން ތިބި ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން އެންމެ ފަހުން ނެރުނު (2019) ތަފާސް ހިސާބު ފޮތުގައި ވެއެވެ.

އެޑިއުކޭޝަން މިނިސްޓރީން ކަނޑައަޅާފައިވާ ގޮތަށް ފުވައްމުލައް ސިޓީގެ ސްކޫލްތަކުގައި ވެސް ކިޔެވުން ފެށިގެން ދާނެއެވެ. އެގޮތުން ފުވައްމުލައް ސިޓީގައި ހުންނަ ސަރުކާރުގެ 4 ސްކޫލުގެ ކިޔެވުން ތާވަލް ކުރެވިފައިވާ ގޮތްތަކުގެ ތެރެއިން ބައެއް ސްކޫލްތަކުން މިހާރު ވަނީ އާއްމުކޮށްފައެވެ.

ސްކޫލް ކުދިންނަށް ސަރުކާރުން ދޫކުރާ ބައެއް ޓެކްސްޓް ފޮތާއި ސްޓޭޝަނަރީ ވައުޗާތައް ފާއިތުވި ޖޫން މަހުގައި ވަނީ ދޫކޮށްފައެވެ. ނަމަވެސް ބައެއް ގްރޭޑް ތަކަށް ޓެކްސްޓް ފޮތް އަދި ނުލިބޭ ކަމުގެ މައުލޫމާތު ލިބިފައި ވެއެވެ.

ފުވައްމުލަކު ސްކޫލުން މިއަދު ނެރުނު އިއުލާނުގައިވާ ގޮތުން ދިރާސީ އަހަރު ކިޔެވުން ފެށޭއިރު ސްކޫލަށް ދަރިވަރުން ހާޒިރުވެގެން ކިޔވައިދިނުމަށް ހަމަޖެހިފައި ވަނީ ގްރޭޑް 7 އިން މަތީގެ ދަރިވަރުންނެވެ. އަދި ޔޫކޭޖީ އިން ފެށިގެން ގްރޭޑް 6 ގެ ދަރިވަރުންނަށް ކިޔވައިދޭނީ އޮންލައިންކޮށެވެ.

ސްކޫލްތައް ފެށެންވާއިރަށް ދުވަރުތައް ނިންމަނީ

އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް ފުވައްމުލައް ސިޓީގެ ސްކޫލްތަކުގެ ކައިރީގައިވާ މަގުތަކުގެ ދުވާރުގެ މަސައްކަތް ނިންމުމަށް މަގު ހެދުމުގެ މަސައްކަތް ކުރާ އެމްޓީސީއިން މަސައްކަތް ކުރަމުން އަންނަކަމަށް މައުލޫމާތު ލިބެއެވެ.

ފުވައްމުލަކު ސްކޫލަށް ދަރިވަރުން ހާޒިރުވާން ޖެހޭ ގަޑިތައް

ގްރޭޑް 7 – 10އަށް ހެނދުނު 7:45 އިން 11:10 އަށެވެ. އަދި ބުރާސްފަތި ދުވަހު ނިމޭގަނޑި އަކީ 9:45 އެވެ.

ގްރޭޑް 5، 6 ގެ އޮންލައިން ކްލަސްތައް ހެނދުނު 9:00 އިން 1:25 މެންދުރު އަށް

ގްރޭޑް 1، 2، 3 އަދި 4 އޮންލައިން ކްލަސްތައް މެންދުރު 1:00 އިން 3:20 އަށް އަދި ގްރޭޑް 4 ނިމޭނީ 4:25 ގައި

ޔޫކޭޖީ އަދި އެލްކޭޖީ އޮންލައިން ކްލާސްތައް ހެނދުނު 9:00 އިން 11:30 އަށް.

އެފްއެސް ދަރިވަރުން ކިޔެވުމުގެ ތާވަލް 2021 އޮގަސްޓ

އެހެން ސްކޫލްތަކުގެ ތާވަލްތައް އަދަ އާއްމުކޮށްފައެއް ނުވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !