ފުވައްމުލައް ސިޓީގައި ބިންގާ އަޅާފައިވާ އާ އިންޖީނުގޭގެ މަޝްރޫއާއި ބެހޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދަން ސާވޭއެއް ކުރުނަ ފަށފިއެވެ. އޮންލައިންކޮށް ކުރިޔަށް ގެންދާ މިސާވޭގެ ބޭނުމަކީ މަޝްރޫއާއި ގުޅިގެން ރައްޔިތުންގެ އެއްވެސް ކަންބޮޑުވުމެއް އޮތްތޯ ބެލުން ކަމަށް ވެއެވެ.
ސާވޭގައި މަޝްރޫއާއި ގުޅެ ގޮތުން ބުނެފައިވަނީ މިއީ މިހާރު ފުވައްމުލައް ސިޓީގައި ބޭނުން ކުރަމުން އަންނަ އިންޖީނުގެ އަކީ ދުވަސްވެފައިވާ، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫ.އާރ.އޭ) އާއި އެންވަޔަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީ.ޕީ.އޭ) ގެ ގަވާއިދުތަކަށް ނުފެތޭ އިމާރާތެއް ކަމަށެވެ. މިހާރުގެ އިންޖީނުގެ ހުރީ ރައްޔިތުން ދިރިއުޅޭ ގެ ތަކުގެ މެދުގައި ކަމުގައި ވާތީ ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައި ވާކަމަށް ވެއެވެ. އެގޮތުން ބަލައި އާ އިންޖީނުގެ އެޅުމަށް ހަމަޖެހިފައިވަނީ މީހުން ދިރިއުޅޭ ހިސާބާއި ދުރުގައި ވާ ސަރަހައްދެއްގައި ކަމަށެވެ.

މިހާރުގެ ިއންޖީނުގެއާއި އާއިންޖީނުގެ ހުރި ތަން
އާ އިންޖީނުގެ އެޅުމުގެ މަޝްރޫޢުގައި އެޅުމަށް ހަމޖެހިފައި ވަނީ ދެބުރީގެ އިންޖީީނުގެއެއް ކަމަށެވެ. އާ އިންޖީނުގޭގެ ހުރިހާ ކަމެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޔޫ.އާރު.އޭ، އާއި އީ.ޕީ.އޭ، އަދި ބްރިޓިޝް (ބީ.އެސް) ސްޓޭންޑާޑް އާ އެއްގޮތަށް ކަމަށެވެ. އާ އިންޖީނުގޭގައި އަޑު މަޑުކުރުމަށް ނޮއިސް އެޓެނުއޭޓާސް ހަރުކުރެވިފައި ވުމާއި ރަށު ތެރެއަށްފޯރުން ދުން އަދި ދެލި ހުއްޓުވުމަށްޓަކައި އުސް ދުންހޮޅި (ޗިމްނީއެއް) އެޅިގެން ދާނެކަމަށެވެ.
އާ އިންޖީނުގެއް އިމާރާތްކުރުމުގެ އިތުރުން މި ޕްރޮޖެކްޓް ގެ ދަށުން ރަށުގެ ކަރަންޓް ކޭބަލް ނެޓްވޯކް އަޕްގްރޭޑް ކުރުމާއި ޓްރާންސްފޯމަރު ބެހެއްޓުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދެވޭނެ ކަމަށް ހާމަކޮށްފައި ވެއެވެ.
މަޝްރޫއުގެ ނޭދެވޭ އަސަރު
މަޝްރޫއުގެ އެންމެ ބޮޑު ފައިދާއެއް ކަމަށް ފެނަކައި އިން ފާހަގަކޮށފައިވަނީ ރަށުގައި ޒަމާނީ އިންޖީނުގެއެއް އެޅުމާއި ރަށުގެ ރައްޔިތުންނަށް މިހާރަށްވުރެން ފެންވަރު ރަނގަޅު ކަރަންޓުގެ ޚިދުމަތް ލިބިގެންދިއުމާއި އިންޖީނުގޭގެ މުވައްޒަފުންނަށް ރައްކާތެރި މާހައުލެއް މަސައްކަތް ކުރެވޭނެ އިންތިޒާމު ގާއިމް ކުރެވިގެން ދިއުމެވެ.
މަޝްރޫއުގެ ނޭދެވޭ އަސަރު
މި މަޝްރޫއުއިން ނުކުމެދާނެ އެންމެ ބޮޑު ނޭދެވޭ އަސަރެއް ކަމަށް ފެނަކައިން ފާހަގަކޮށްފައިވަނީ ޤުދުރަތީ މާޙައުލަށް އަންނާނެ ބަދަލުތަކެވެ އެގޮތުން ކުރިމަތިވެދާނެ ނޭދެވޭ އަސަރު ކުޑަ ކުރުމަށް މަސައްކަތް ކުރެވެމުން ދާ ވަގުތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ރަނގަޅަށް އެޅުން މުހިްމުކަން ފާހަގަކޮށްފައި ވެއެވެ.

ފެނަކައިގެ އައު އިންޖީނުގޭގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ތިބީން 8 އޭޕްރީލް 2021
މިސާވެގައި އާއްމުންގެ ފަރާތުން ޚިޔާލު ހޯދަން އެދިފައިވާ މުހިންމު ކަންކަމުގެ ތެރެގައި މިހާރު ހުރި އިންޖީނުގެއިން ދުމުގެ ނުވަތަ އަޑުގެ ސަބަބުން އެއްވެސް އުނދަގުލެއް ވޭތޯ އާއި ޖީނުގެއާއި ކައިރި ގެއެއްގައި ދިރިއުޅުއްވާ މީހުގެ ގޭގެ ވަޅު ފެނުގައި އެއްވެސް ވަރަކަށް ތެލުގެ އަސަރު ހުންނަ ކަމަށް ފާހަގަ ކުރެވޭތޯ ބެލުމާއި ރަންޓު ކެނޑުމުގެ ސަބަބުން ނުވަތަ ވޯލްޓޭޖް ދަށް ވުމުގެ ސަބަބުން އެއްވެސް ވަރަކަށް ދަތި ތަކާއި ކުރިމަތިލާން ޖެހޭތޯ އަހާފައި ވެއެވެ.
މީގެ އިތުުރުން އާ އިންޖީނުގެ އަޅާ ސަރަޙައްދާއި ކައިރި ހިސާބެއްގައި ދިރިއުޅުއްވާނަމަ ނުވަތަ މަސައްކަތެއް ކުރައްވާ ނަމަ ހުރި ކަންބޮޑުވުންތަކަކީ ކޮބަިއތޯ ބެލުމާއި، އިންޖީނުގެ އަޅާ ސަރަޙައްދުގައި ހުރި ރުއްގަސް ކަނޑާ ސާފުކުރުމުގައި އެއްވެސް އިޢުތިރާޒެއް އެބައޮތްތޯ އާއި މަޝްރޫޢުއާއި ގުޅިގެން ފާހަގަ ކޮށްލަން ބޭނުން އިތުރު އެއްވެސް ކަމެއް ނުވަތަ ކަންބޮޑުވުމެއް އޮތް ނަމަ ބަޔާންކުރައްވުމަށް ފުރުސަތު ދީފައި ވެއެވެ.
ސާވޭއަށް ބަލާއިރު ވަރަށް ފަސޭހައިން ކުޑަވަގުތުކޮޅެއްގެ ތެރޭގައި ޖަވާބު ދެވޭ ފަދަ ގޮތަކަށް ތައްޔާރުކޮށްފައިވާ ފުރިހަމަ ފޯމެއް ކަމަށް ބެލެވެއެވެ.

ފެނަކަ-ފުވައްމުލައް އެންމެ އިސް ދެ މުވައްޒަފުން ކަމަށްވާ އަޝްރަފު ނޫމާނު އަދި ހުސޭން ޝާފީ އާއި ނާއިބު ރައީސް ފައިސަލް ނަސީމު ބައްދަލުކުރައްވަނީ 2019
އާ އިންޖީނުގެ އަޅަން ފެނަކައަށް ދޫކޮށްފައިވާ ބިމުގެ ބޭނުން ހެޔޮގޮތުގައި ހިފުކަމީވެސް މުހިންމު ކަމެކެވެ. އަދި ރައްޔިތުންނަށް ކަރަންޓް އަގުހެޔޮކޮށް ދިނުމަށް ސޯލާ އެނާޖީ އަދި އެނޫންވެސް ގޮތްގޮތުން އުފެއްދޭ ގުދުރަތީ ހަކަތަ، ރަށުގެ ކަރަންޓް ގްރިޑްގައި ބޭނުންކުރެވެނެ ގޮތެއް އޮތުން މުހިންމެވެ. މީގެ އިތުރުން އާއްމު ރައްޔިތުން އަމިއްލަ ގޭގައި ސޯލާސެލް ހަރުކޮށްގެން އުފައްދާ ކަރަންޓް ފަސޭހައިން އެގޭގެ ކަރަންޓް ނެޓްވޯކަށް ފީޑް ކުރެވޭނެ ގޮތް ހަމަޖެހިފައި އޮތުމާއި އެގެއަކުން އުފައްދާ ކަރަންޓް އެގެއެއްގެ ބިލުން އުނިކުރެވި އިތުރަސް އުފެއްދޭ ކަރަންޓަށް އެގެއަކަށް ފައިދާ ލިބޭގޮތަށް މިޕްރޮޖެޓްގައި ހިމެނިގެންކުރިޔަށް ގެންދިއުން މުހިންމެވެ. އެގޮތުން އަމިއްލަ ގޭގެއިން އުފައްދާ ކަރަންޓް ފުރަތަމަ އެގެއަކަށް ބޭނުންކޮށްފައި ބާކީވާ ބައި ފެނަކައިގެ ކަރަންޓް ގްރިޑަށް ނެގޭނެ ގޮތަށް ހެދުމުން ދެފަރާތަށް ވެސް އެކަމުގެ ފައިދާ ލިބިގެންދާނެއެވެ.
ރަސްރަށުގަިއ ހިންގާ ސޯލާ ކަރަންޓް އުފެއްދުމުގެ ޕްރޮޖެކްތްތަކުން އާއްމުންނަށް އެއިގެ ފައިދާއެއް ނުކުރާނަމަ އެކަމަށް މީހުންގެ ތަރުހީބު ލިބުން ކުދަވެގެން ދެއެވެ. ރަށުގެ އާއްމު ތަންތަނުގައި ގާއިމުކުރެވެ ކަރްންޓް އުފެއްދުމުގެ ނިޒަމުތަކުން ވެސް ރައްޔިތުންގެ ޖީބަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުމަކީ މުހިންމު ކަމެކެވެ.
ފުވައްމުލަކު އާއިންޖީނުގެގެ ބިންގާ ވަނީ މިއހަރު އޭޕްރީލް 8 ވަނަ ދުވަހު އަޅާފައެވެ. އަދި ކަރަންޓް ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ވެސް ކުރިޔަށްގެންނއެވެ.
ޚިޔާލުތައް
miee veythuvedhiya 5 mahuga kurevunu evves kameh netheema, ekan mathi jehumuge gothun kuraa kameh. aadheys koffa mibunanee rayyithunnah vee vaudhu fudhdhavaa dhevva. khaassakoh fuvahmulakah.
komias thikan nikoventho balanneythiu