A wide advertisement which will be shown on all devices. (700 x 100)

ރޯދަމަހާ ކަރަޔާ – ދޮންތޯ؟ ފޮނިތޯ؟

ކަރާ ފޮނި ތޯ ދޮންތޯ ބަލާނެ ގޮތް

ރޯދަމަހަކީ ދިވެހިންގެ ކެއުމަށް ބޮޑެތި ބަދަލުތަކެއް ގެނުވާ މަހެކެވެ. ރޯދަމަހުގެ ކެއުމުގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ބާވަތަކީ ކަރައެވެ. ކަރަޔާއި ނުލައި ރޯދަމަސް ނިންމާލެވެނީ ކިތައް ދިވެހިންނަށް ބާވައެވެ؟ ހަމަ ޔަގީނުންވެސް ގިނަ ދިވެހިންގެ ކެއުމުގައި ކޮންމެ ދުވަހަކުވެސް ނުވަތަ ގިނަ ދުވަހު ކަރާ ހުރުމަށް ބޭނުންވެއެވެ.

ދިވެހިން ކާރާ އެންމެ ގިނައިން ބޭނުން ކުރަނީ ފަނި ގިރުމަށެވެ. އަދި ސެލަޑު ހެދުމަށާއި ހުހަށް މޭވާއެއްގެ ގޮތުގައި ކެއުމަށް ވެސް ބޭނުން ކުރެއެވެ.

ކަރާ ގަންނަން ބާޒާރަށް ނުވަތަ ދަނޑަށް ގޮސްފައި އަބަދުވެސް އެންމެ ކަންބޮޑުވާ، ނުވަތަ ސުވާލު އުފެދޭ އެއްކަމަކީ ގަނެވޭ ކަރާގެ ކޮލިޓީ އާއި މެދުއެވެ. ނުވަތަ މިގަނެވޭ ކަރައަކީ ދޮން ކަރައެއް ތޯ؟ ފޮނި ކަރައެއް ތޯ އުފެދޭ ސުވާލެވެ. ގިނަފަހަރާ ދަނޑުވެރިޔާ ނުވަތަ ވިއްކާ މީހާ ކައިރިން އިތުބާރު ހޯދުމަށް އަހާވެސް ލެވެއެވެ.

މިފަހަރު މިގެނެސްދެނީ ކަރާ ފޮނިތޯ، ދޮންތޯ ބޭރުން ދެނެގަންނާނެ ގޮތުގެ މައުލޫމާތު ކޮޅެކެވެ. މިއީ އެމެރިކާގެ ޓެކްސަސްގެ ދަނޑުވެރިކަމުގެ ތަޖުރިބާކަރެއްގެ މައުލޫމާތުގެ މައްޗަށް ބިނާކޮށް ގެނެސްދޭ ދޮންކަރާ އަދި ފޮނި ކަރާ ފާހަގަ ކުރާނެ ގޮތުގެ މައުލޫމާތު ކޮޅެވެ.

1. ބޭރުގައި މުށިކުލައިގ،ެ ހުއި ކަހަލަ ގޮތަށް ރޮނގުތަކެއް ހުރުމާއި އަދި ތިކިތަކެއް ހުންނަނީ، ކަރާ މާ ޕޯލިނޭޓް ވުމުގައި މެދުވެރިވި ސޫފި ގިނަ ވަގުތުތަކެއްގައި ކަރާ މަލުގެ އެތެރޭގައި އުޅުމުން ގިނަ އަދަދަކަށް ޕޯލެން އުނގުޅިފައި ހުންނަ ކަރަލުގައެވެ. މިގޮތަށް ގިނައިން ޕޯލަން ހުރެގެން އުފެދޭ ކަރާ ބޮޑަށް ފޮނިވާނެއެވެ.

2. ތިރީގަިއ ވާ ފޮޓޯގައި އެވާ ގޮތަށް، ކަރާ އުފެދިގެން އަންނަ އިރު ބިމުގައި ޖެހިފައި ހުންނަ މާކަށް ބަލާށެވެ. އެމާކް ބޮޑަށް މަޑު ރީނދޫ ކުލައެއްގައި ނުވަތަ މަޑު އޮރެންޖް ފާޑެއްގެ ކުލައިގައި ހުރެއްޖެނަމަ އެއީ ފުރިހަމައަށް ދޮންވެފައިވާ ކަރައެކެވެ. ފިލްޑް މާކު ހުދުކޮށް ހުންނަ ކަރާ އަދި އެއްކޮށް ދޮން ނުވަނީއެވެ.

ފިލްޑްމާކް ރީނދޫނަމަ ކަރާ އެވަނީ އެއްކޮށް ދޮންވެފައި

3. އަންހެން އަދި ފިރިހެން ކަރާގެ އަަޑު އެހިން ހެއްޔެވެ؟ ބޭރުގެ ބައެއް ދަނޑުވެރިން ކަރާ ފާހަނގަ ކުރުމުގައި ޖިންސް ބޭނުންކުރެއެވެ. އަންހެން ކަރައާއި ފިރިހެން ކާރާގެ ގޮތުގައި ފާހަނގަ ކުރަނީ އެއިގެ ބައްޓަމަށް ބަލައައިގެންނެވެ. އެގޮތުން ފިރިހެން ކަރާ ބޮޑުވެފައި ހުންނަނީ ދިގު-ވަށް ބައްޓަމަކަށެވެ. އަންހެން ކަރާ ހުންނަނީ ތަންކޮޅެއް ކުރުކޮށް ބޮޑަށް ވަށްކޮށެވެ. ފިރިހެން ކަރާ ބޮޑަށް ފެންވާނެއެވެ. ބޮޑަށް ފޮނިވާނީ އަންހެން ކަރައެވެ.

އަންހެން އަދި ފިރިހެން ކަރާ ހުންނަކަން އެނގޭ ހެއްޔެވެ؟

4. ކަރާގެ ދަޅިގަނޑަށް ބަލާށެވެ. ދަޅިގަނޑު މުށިކުލައެއްގައިި ހުރެއްޖެ ނަމަ އެއީ އެއްކޮށް ދޮންވެފައިވާ ކަރައެކެވެ. ދަޅިގަނޑު ފެހި ކުލާގައި ހުންނަ ކަރާ އެވަނީ ދޮންނުވަނީސް މާކުރިން ވެލުން ކަނޑާފާއެވެ.

ދަޅިގަނޑު ފެހި ނަމަ ކަރާ އެވަނީ މާކުރިން ވެލުން ކަނޑާލާފައި

މި މައުލޫމާތާއި މުޅިން އެއްބަސް ނުވާ މީހުންވެސް ތިބެދާނެއެވެ. ނަމަވެސް މީގެ ގިނަ މައުލޫމާތަށް އިތުރު ދެފަރާތަކުން ވެސް އެއްބަސްވެފައި ވެއެވެ. މިރޯދަމަހު ތިބާ މިކަމުގެ އަޖުމަ ބަލާލުން ކީއްތޯ؟

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !