A wide advertisement which will be shown on all devices. (700 x 100)

ސާކް ގައުމުތަކުގައި ކޯވިޑް19ގެ ހާލަތު 2

ސާކް ގައުމުތަކުގައި ކޯވިޑް19 ގެ ހާލަތު، 28 މާރިޗު 2020

މިހާރު މުޅި ދުނިޔެއިން ވެސް ކަންބޮޑުވެ އެތަކެއް ފިޔަވަޅުތަކެއް އަޅަމުންދާ ކޯވިޑް19 ގެ ހާލަތު ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ ގައުމުތަކުގައި އޮތް ހާލަތު އެއް ހަފުތާ ފަހުން އަނެއްކާވެސް ބަލައިލުމަކީ މުހިންމު މައުލޫމާތެއް ކަމުގައި ބެލެވެއެވެ. ދުނިޔޭގެ 195 ގައުުގެ ތެރެއިން 151 ގައުމުން އަންނަނީ ކޯވިޑް19 ގެ ބަލިމަޑުކަމާއި ކުރިމަތިލަމުންނެވެ.

މިހާތަނަށް އައި އިރު ރާއްޖެއާއި ކައިރިން އިންޑިއާ ސްރީލަންކާގައި ވަނީ މިކަމާއި ގުޅިގެން ވަނީ ކާފިއު އިއުލާންކޮށްފައެވެ. އަދި ގިނަ ގައުމުތަކެއްގައި ވަނީ އާއްމުން ބޭރަށް ނިކުމެ އުޅުން ރާއްޖެއެކޭ އެއްގޮތަށް މަނާށްފައެވެ. އެހެން ގޮތަކަކުން ބުނާނަމަ ފާއިތުވި ހަފުތާގެ ހާލަތަށްވުރެ ހާލަތު ގިނަ ގައުމުތަކުގައި މިވަނީ ގޯސްވެފައެވެ.

ތިރީގައި މި ހިމަނާލާ މައުލޫމާތަކީ ‘ވޯލްޑޯމީޓަރ’ގެ ކްރޯނާވައިރަސް އިންފޮމޭޝަން އަސާސަކަށް ބަލައިގެން ގެނެސްދޭ މައުލޫމާތެވެ.

މިއަދު 28 މާރިޗު، ހޮނިހިރު ދުވަހާއި ހަމަޔަށް މުޅި ދުނިޔެއިން މިބަލި ޖެހިފައިވާ ކަމަށް ރިކޯޑުކުރެވިފައި ވަނީ 614,238 މީހުންނެވެ. އެއިގެ ތެރެއިން 137,329 މީހުން ބަލިން ރަނގަޅު ވެގެން ގެއަށް ދޫކޮށްލާފައި ވެއެވެ. މީގެތެރެއިން އެކްޓިވް ކޭސަސްގެ ގޮތުގައި ތިބީ 448,669 މީހުންގެ ތެރެއިން 424,672 (%95) މީހުންނަކީ އާދައިގެ ކުދިކުދި މައްސަލަތަކުގެ މީހުންނެވެ. އަދި އެއިގެ ތެރެިއން %5 މީހުން ނުވަތަ 23,997 މީހުންނަކީ ނާޒުކު ހާލަތުގައި ތިވބި މީހުންނެވެ. ބަލީގެ މައްސަލާގައި ގޮތެއް ނިމިފައިވާ 165,569 މީހުންގެ ތެރެއިން %83 މީހުން ނުވަތަ 137,329 ބަލިން ރަނގަލު ވެފައިވާއިރު ފައިވާއިރު 28,240 (%17) މީހުން ވަނީ ބަލީގައި މަރުވެފައެވެ. 

މިހާރު އެންމެ ގަދަޔަށް މިބަލި ފެތުރިގެންދަނީ އެމެރިކާގައެވެ. ކުރީ ހަފުތާގައި އިޓަލީގައި ބަލި ބާރަށް ފެތުރެމުން ދިޔަ ނަމަވެސް މިހާރު އެމެރިކާގަިއ މިބަލި ފެންނަލެއް ވަނީ މާބޮޑުތަން އިތުރުވެފައެވެ. އެމެރިކާއިން ވަނީ މިބަލީގެ 104,256 މީހުން ރިކޯޑުކުރެވިފައެވެ. ބަލީގައި އިޓަލީން 9,134 މީހުން މަރުވެފައި ސްޕެއިނުން 5,690 ވަނީ މަރުވެފައެވެ.

ސާކް ގައުމުތަކަށް ބަލާއިރު އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ އަދިވެސް ޕާކިސްތާނުންނެވެ. އެއީ 1408 މީހުންނެވެ. އެގައުމުން 11 މީހުން މިބަލީގައި މަރުވެފައިވާއިރު 25 މީހުން ބަލިން ރަނގަޅު ވެގެން ދޫކޮށްލާފައި ވެއެވެ. ބާކީ މިހާރު މިބަލީގައި ތިބިކަމަށް ރެކޯޑުތަކުން ދައްކަނީ 1372 މީހުންނެވެ.

ސާކް ގައުމުތަކުން ދެވަނައަށް އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އިންޑިއާ އިންނެވެ. އެއީ 933 މީހުންނެވެ. އިންޑިއާއިން 84 މީހުން މިބަލީގައި މަރުވެފައިވާއިރު 25 މީހުން ބަލިން ރަނގަޅު ވެގެން ދޫކޮށްލާފައި ވެއެވެ. ބާކީ މިހާރު ތިބިކަމަށް ރެކޯޑުތަކުން ދައްކަނީ 829 މީހުންނެވެ.

ސާކް ގައުމުތަކަށް ބަލާއިރު 3 ވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ ބަންގްލާދޭޝްއިން މިބައްޔަށް ޕޮޒިޓިވްވެފައި ވަނީ 48 މީހުންނެވެ. އެގައުމުން 5 މީހުން މިބަލީގައި މަރުވެފައިވާއިރު 15 މީހުން ރަނގަޅުވެފައި ވެއެވެ. ބާކީ މިހާރު މިބަލީގައި ތިބީ 28 މީހުންނެވެ.

ސްރީލަންކާއިން 110 މީހުން ބައްޔަށް ޕޮޒިޓިވް ވިއިރު 9 މީހުން ރަނގޅުުވެފައި ވެއެވެ. އަފްޣާނިސްތާނުގައި ވެސް 110 މީހުން ޕޮޒިޓްވެ 2 ރަނގަޅުވެ އަދި 4 މީހުން  ބަލީގައި މަރުވެފައި ވެއެވެ.

ރާއްޖެއިން 16 މީހުން ޕޮޒިޓިވް ވިއިރު އެކަކު ފިޔަވައި އެންމެންނަކީ ވެސް ޓްވަރިޒަމް ދާއިރާގެ ބިދޭސީންނެވެ. ބިދޭސީ 2 މުވައްޒަފުންނާއި 13 ފަތުރުވެރިންނެވެ. މީގެތެރޭގައި އެއް ދިވެއްސަކު ހިމެނޭ އިރު އެއީ އިނގިޭސިވިލާތުން ރާއްޖެ އައި ދިވެހި ފިރިހެނެކެވެ.

މިސަރަހައްދުގެ ނޭޕާލުން 5 މީހުން ބައްޔަށް ޕޮޒިޓިވްވެ، އެކަކު ރަނގަޅުވެފައި ބާކީ 4 މީހުން ބަލީގައި އަދި އެބަތިއްބެވެ. އެކަހެރި ބޫޓާނުން 3 މީހުން ޕޮޒިޓިވް ވެ އެކްޓިވްކޮށް އެބަތިއްބެވެ.

ސާކް ގައުމުތަކުގައި ކޯވިޑް19 ގެ ހާލަތު، 28 މާރިޗު 2020

ސާކް ގައުމުތަކުގައި ކޯވިޑް19 ގެ ހާލަތު، 20 މާރިޗު 2020

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !