A wide advertisement which will be shown on all devices. (700 x 100)

އޭޝިއަން އެތުލެޓިކްސް އެސޯސިއޭޝަނުގެ މީޑިއާ ސެމިނާގައި މިކަލް ނޫހުގެ ފަރާތުން ބައިވެރިވެއްޖެ

އޭޝިއަން އެތުލެޓިކްސް ސެމިނާ 2020

މިއަދު ބޭއްވި އޭޝިއަން އެތުލެޓިކްސް އެސޯސިއޭޝަނުގެ މީޑިއާ ސެމިނާގައި މިކަލް ނޫހުގެ ފަރާތުން ބައިވެރިވެއްޖެއެވެ. “އެތުލެޓިސް އިން ދި އައިސް އޮފް ދި މީޑިއާ” ގެ ނަމުގައި ކުރިޔަށް ގެންދިޔަ އޮންލައިން ސެމިނާގައި އޭޝިއާ ސަރަހައްދުގެ 200 އަށް ވުރެ ގިނަ ފަރާތުން ބައިވެރިވެފައި ވެއެވެ.

އެތުލެޓިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ލިބުނު ދައުވަތުގައި މިކަލް ނޫހުގެ އިތުރުން ރާއްޖޭގެ އިތުރު 2 ފަރާތަކުން ބައިވެރިވެފައި ވެއެވެ. މި ސެމިނާގައި އޭޝިއަން އެތުލެޓިސް އެސޯސިއޭޝަނުގެ ރައީސް ގަތަރުގެ ޖެނެރަލް ދަހްލާން އަލް ހަމަދު އާއި އިސް އޮފިޝަލެއް ކަމަށްވާ ސަބަސްޓިއަން ކޯ އާއި ސެކެރެޓަރީ ޖެނެރަލް ޝުއްގުމަރަން ބައިވެރިވިއެވެ. މި ބައްދަލަވުން ހުޅުވާ ދެއްވީ ހިޒް އެކްސެލެންސީ ޝައިޚު އަހުމަދު އަލް ފަހުދު އަލް ސަބާޙް އެވެ.

މިއަދު ބޭއްވި އޭޝިއަން އެތުލެޓިސްކް ސެމިނާގެ ބައެއް ބައިވެރިން.

މިއަދު ސެމިނާރުގައި ބައިވެރިންނަށް ކަމާއި ގުޅުން ހުރި ދާއިރާތަކުން މައުލޫމާތު ދެއްވީ ވޯލްޑް އެތުލެޓިސްގެ އިސް ދެ އޮފިޝަލުން ކަމަށްވާ ޖެކީ އާއި ޖޭމްސް އެވެ. އެ ބޭފުޅުންގެ ވާހަކާގައި އަންނަ އަހަރު ކުޑަކުދިންގެ އެތުލެޓިސްކް ޕްރޮގްރާމެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މިއަދުގެ ސެމިނާރު ނިންމަން ވާހަކަ ދައްކަވަމުން ރައީސް ދަހްލާން އަލް ހަމަދު ވިދާޅުވީ އެތުލެޓިކްސް ކުރިޔަށްގެންދަން ބޭނުން ވަނީ މީޑިއާގެ ބައިވެރިވުމާއެކުގައި ކަމަށްވެ. ކުރިޔަށް އޮތްތަނުގައި އެތުލެޓިކްސްގެ ވަރުގަދަ ޑޭޓާބޭސް އެއް އާއްމުކުރެވި އިވެންޓްތަކުގެ ވީޑީއޯއާއި އެނިމޭޝަންތައް ފަސޭހަކަމާއެކު އެންމެންނަށް ލިބޭގޮތަށް ހުޅުވާލެވިގެންދާނެ ކަމަށެވެ. އަދި ދުނިޔޭގެ ފެންވަރުގެ އެތުލެޓިސްކް އިވެންޓްތައް ޓީވީތަކުން ލައިވް ނުކުރެވޭ ގައުމުތަކަށް ޔޫޓިއުބް ފަދަ ސޯޝަލް މީޑިއާ ލައިވް އިވްނެޓްގެ ގޮތުގައި އެންމެންނަށް އެތުލެޓިކްސްގެ ފަހުގެ ތާޒާ މައުލޫމާތާއި މަންޒަރު ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

ވޯލްޑް އެތުލެޓިކްސް ސާވޭ 2020

ކުރިޔަށް ހުރި ދުވަސްތަކުގައި އޭޝިއާގެ އެތުލެޓިސް އެސޯސިއޭޝަންގެ ދަށުން 5 ފެޑެރޭޝަނަކަށް އޭޝިއާ ބަހާލެވި އެފެޑެރޭޝަންތަކުގެ މެދުގައި ބާއްވާ އެތުލެޓިކްސްގެ މުބާރާތްތަކުން ގިނަބަޔަކަށް އެތުލެޓިސްގައި ބައިވެރިވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވިދަޅުވިއެވެ.

ވޯލްޑް އެތުލެޓިކްސް ސާވޭ 2020

ބައެއް އުސްއަލިތައް

ވޯލްޑް އެތުލެޓިކްސްގެ މަންޒަރުތައް ލޮކްޑައުންގެ ކުރިއަށްވުރެ %179 މީހުން ލޮކްޑައުންގައި އިތުރަށް ބަލާފައި ވޭ.

fފުރަބަންދުގައި ހޯމް އެތުލެޓިކްސް ހަރަކާތްތައް ނުވަތަ ގޯތިތެރޭގެ އެތުލެޓިކްސް ހަރަކާތްތަކުގައި 44.9 މިލިޔަން މީހުން ބައިވެރިވެފައި ވޭ.

ޔޫޓިއުބު އާއި ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާއިން ކުރިޔަށްވުރެ އިތުރަށް ގިނަ ބަޔަކު އެތުލެޓިސްގެ ހަރަކާތްތައް ބަލާފައި ވޭ.

ފޭސްބުކުން ދެވަނައަށް އެންމެ ގިނަ މީހުން ބަލާފައިވާ ފެޑެރޭޝަންތަކުގެ ކުޅިވަރަކީ ވޯލްޑް އެތުލެޓިކްސް ފެޑެރޭޝަން ގެ ހަރަކާތްތަކެވެ.

ޓީވީން އެތުލެޓިކްސް ބަލާ މީހުން އެންމެ ގިނައީ ޖަޕާނާއި ޕޮލެންޑްގައި %72 އަދި އިޓަލީ އާއި ޖަރުމަނުގެ އިތުރުން ސައުތު އެފްރިކާގައެވެ.

އެތުލެޓިސްކްގެ އެންމެ ގިނަ ބައިވެރިން ތިބީ ޗައިނާ %16، ކޮލަމްބިއާ، %13 އިންޑިއާ %12، ޔޫކޭ %10 އަދި ސައުތު އެފްރިކާ %9 އެވެ.

ވޯލްޑް އެތުލެޓިކްސް ސާވޭ 2020

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !