ފުވައްމުލައް ސިޓީގައި އަވަށްތަކުގެ މެދުގައި އިއްޔެ ހަވީރު ކުޅެ ނިމިގެންދިޔަ އަންހެނުންގެ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދަޑިމަގު ރަނިން ޓީމުން ހޯދައިފިއެވެ. ފައިނަލް މެޗުގައި ދަޑިމަގު ރަނިންނ ޓީމާއި ޥާދަކުރީ ދުނދިގަލޯނާ ޓީމެވެ. މިއަދު ހަވީރު ކުޅުނު ފޯރިގަދަ ފައިނަލް މެޗު ދަޑިމަގު ރަނިން ޓީމުން ކާމިޔާބުކުރީ 3 ލަންޑު 1 ލަނޑުން ދޫނޑިގަލޯނާ ޓީމު ބަލިކޮށްގެންނެވެ.
ދަޑިމަގު ރަނިން ޓީމުން މިމުބާރާތް ކާމިޔާބުކުރީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ %100 މޮޅުވުމުގެ ރިކޯޑަކާއެކުއެވެ. މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންގެ ތެރޭގައި އެޓީމުގެ 3 ކުޅުންތެރިން ހިމެނިފައި ވެއެވެ. މި ދެ ޓީމު ގްރޫޕް ސްޓެޖުގައި ކުޅުނު މެޗުން ދަޑިމަގު ޓީމު މޮޅުފައި ވަނީ 4-0 އިންނެވެ.
މިމުބާރާތުގައި ދަދިމަގު ރަނިން ޓީމުން ވަނީ ޖުމަލަ 24 ގޯލު ޖަހާފައެވެ. ބައިކޮލަށް ވަދެފައިވަނީ 3 ގޯލެވެ.
މިމުބާރާތުގެ ވަނަތައް
ޗެމްޕެިންޓީމު: ދަޑިމަގު ރަނިން
ރަނަރަޕް ޓީމް: ދޫނޑިގަލޯނާ (އަންހެން) ޓީމު
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިން
ޖޫޒާން ޒަރީރު – ދަޑިމަގު ރަނިން
އައިޗަތު ނަބީލާ – ދަޑިމަގު ރަނިން
ހަމްނާ – ދަޑިމަގު ރަނިން
އައިޝަތު ސުދާ – ދޫނޑިގަލޯނާ
މަރިޔަމް ސަމާ – ދޫނޑިގަލޯނާ
ނާދިޔާ ޔޫސުފު – މާލެގަން ކަނބަލުން
ޚަދީޖާ އަހުމަދު – ހޯދަޑު ހަވިއްތަ ސްޕޯޓްސް
މުބާރާތުގެ އެންމެ މޮޅު ކޯޗު: އަލީ – ދަޑިމަގު ރަނިން
ދަޑިމަގު ރަނިން ޓީމުން މިމުބާރާތުގައި ކުޅެފައިވާ މެޗުތައް
ދަޑިމަގު ރަނިން 4 – 0 ދޫނޑިގަލޯނާ
ދަޑިމަގު ރަނިން 8 – 0 ފިސްޑާ(މާދަޑު)
ދަޑިމަގު ރަނިން 9 – 2 ހޯދަޑު ހަވިއްތަ ސްޕޯޓްސް (ސެމީ ފައިނަލް)
ދަޑިމަގު ރަނިން 3 – 1 ދޫނޑިގަލޯނާ (ފައިނަލް)
ފުވައްމުލަކުގެ ބޭއްވުނު ފުރަތަމަ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަނުންނަކީ ދަޑިމަގު އަންހެން ޓީމެވެ. މިފަހަރުވެސް ދަޑިމަގު ޓީމުގެ ކުޅުން އެހެން ޓީމުތަކަށް ވުރެ މޮޅުކަން އެމީހުން މިވަނީ ސާބިތުކޮށްދީފައެވެ.
ޚިޔާލުތައް