A wide advertisement which will be shown on all devices. (700 x 100)

އަންހެނުންގެ ޚާއްސަ ހޭންޑްބޯޅަ މެޗެއް- ވާދަކުރަނީ ދެއަރީގެ ދެ ޓީމު

ޚާއްސަ ހޭންޑްބޯޅަ މެޗެއް - ޖުމްހޫރީ ދުވަހު

މި އަހަރުގެ ޖުމްހޫރީ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން ކުރިޔަށްގެންދާ ހަރަކާތުގެ ތެރެއިން  މާދަމާ (ނޮވެމްބަރު 11) ބުދަ ދުވަހު ހަވީރު އަންހެނުންގެ ހޭންޑްބޯޅަ މެޗެއް ކުޅެން ތައްޔާރުވަމުން އެބަދެއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ މި ހޭންޑްބޯޅަ މެޗުގައި ވާދަކުރާނީ ކުރީ ޒަމާނުގައި ފުވައްމުލަކު ކުޅިވަރާއި އެކި ކަންކަމުގައި ޓީމުތައް ވާދަކޮށް އުޅުނު ‘ދެއަރި’ އިން ދެޓީމެވެ. ނުވަތަ ފުވައްމުލަކު އުތުރެގެ 4 އަވަށް ކަމަށްވާ ދަޑިމަގު، ދިގުވާޑު، ހޯދަޑު އަދި މާދަޑު އަވަށުގެ ޓީމަކާއި ފުވައްމުލަކު ދެކުނުގެ 4 އަވަށް ކަމަށްވާ މިސްކިތްމަގު ފުނާޑު މާލެގަން އަދި ދޫނޑިގަމުގެ ޓީމެކެވެ.

މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 4:30ގައި ފުވައްމުލަކު ސްޓޭޑިއަމް (މައިލޯ ދަނޑު)ގެ ހޭންދްބޯޅަ ކޯޓުގައެވެ.

ފާއިތުވި ސެޕްޓެމްބަރު މަހު ފަހުން ފުވައްމުލައް ސިޓީގައި ވަނީ ފޯރިގަދަ ހޭންޑްބޯޅަ މުބާރާތެއް ވެސް ބާއްވާފައެވެ. އެ މުބާރާތުގެ ޗެމްޕިއަން ޓީމަކީ އުތުރުގެ ދަޑިމަގު ރަނިން ޓީމެވެ. ރަނަރަޕަކީ ދެކުނުގެ ދޫނޑިގަން ޓީމެވެ.

ހޭންޑްބޯލް ފައިނަލް މެޗު: ދަދިަމގު ރަނިން 3-1 ދޫނޑިގަލޯނާ. ފޮޓޯ؛ ދަޑިމގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން

މިއަހަރުގެ ޖުމްހޫރީ ދުވަސް ފުވައްމުލައް ސިޓީގައި ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން ތަފާތު ހަރަކާތްތަކެއް ވަނީ ރޭވިފައެވެ. އެގޮތުން މިމެޗުގެ އިތުރުން ފުވައްމުލަކުގެ ފުވައްމުލައް ސިޓީގައި ހުރި ވިޔަފާރިތަކާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ މަސައްކަތްތައް އެއްތަނަކުން ދައްކާލުމުގެ މައުރަޒެއް ވެސް ބުރާސްފަތި ދުވަހު ދުވަހު ބޭއްވުމަށް ހަމަޖެހިފައި ވެއެވެ. ޖޫމްހޫރީ ދުވަހުގެ ހަރަކާތަކުގައި ބައިވެރިވުމަށް ގއ. އަތޮޅު ކައުންސިލްގެ ބޮޑު ޓީމެއް މިއަދު ފުވައްމުލަކަށް ޒިޔާރަތްކޮށްފައި ވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !