A wide advertisement which will be shown on all devices. (700 x 100)

ކަނބުލޮމެންގެ ހޭނޑްބޯލް މުބާރާތް 2020 ފަށައިފި

ކަނބުލޮމެންގެ ހޭންޑްބޯލް މުބާރާތް 2020 ފެށުން

ކަނބުލޮމެންގެ ހޭނޑްބޯލް މުބާރާތް 2020 ނަމުގައި މިސްކިތްމަގު އެންމެންގެ ގުޅުމުން އިންތިޒާމުކުރާ 16 އަހަރުން ދަށުގެ އަންހެން ކުދިންގެ ހޭންޑްބޯޅަ މުބާރާތުގެ ކުޅުން މިއަދު ހަވީރު ފަށައިފިއެވެ.

ފުވައްމުލަކު ސްޓޭޑިއަމްގެ ހޭންޑްބޯޅަ ކޯޓުގައި ކުރިޔަށް ގެންދާ މިމުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރީ ދިގުވާޑު އަފުން ޓީމާއި ހޯދަޑު ސްޕޯޓްސް ޔަންގް ސްޓަރ ޓީމެވެ. މިމެޗު 9-3 ގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ ދިގުވާޑު އަފުން ޓީމެވެ.

މި މުބާރާތުގައި މާދަމާ ދެމެޗު ކުޅުމަށް ހަމަޖެހިފައި ވެއެވެ. ފުރަތަމަ މެޗުގައި ހަވީރު 4:00ގައި ވާދަކުރާނީ ގްރޫޕް އޭގެ ދިގުވާޑު އަފުން ޓީމާއި ދޫނޑިގަލޯނާ ޑްރީމް ޓީމެވެ. މިމެޗުން މޮޅުވެގެން ދިގުވާޑު ޓީމަށް ސެމީފައިނަލަށް ދެވޭނެއެވެ. މާދަމާގެ ދެވަނަ މެޗުގައި ހަވީރު 5:00 ގައި ވާދަކުރަނީ ގްރޫޕް ބީގެ ފިސްޑާ ޖޫނިއަސް އާއި އެކުވެރި ފުނާޑު ޓީމެވެ.

ހޭންދްބޯލަ މުބާރާތް 16ދ. ފުރަތަމަ މެޗު 9-3 އިން މޮޅުވީ ދިގުވާޑު އަފުން ޓީމުން

މި މުބާރާތުގައި 6 ޓީމަކުން ވާދަކުރެއެވެ. މުބާރާތުގެ ކުޅެން ހަމަޖެހިފައި ވަނީ ޓީމުތައް ދެ ގްރޫޕަކަށް ބަހާލައިގެންވެ. ފުރަތަމަ ބުރުގައި ކޮންމެ ގްރޫޕަކުން ވެސް އެންމެ މޮޅުވާ ދެ ޓީމެއް ސެމީފައިނަލަށް ދަތުރުކުރާގޮތަށެވެ.

ގްރޫޕް އޭގައި ހިމެނެނީ ދިގުވާޑު އަފުން ޓީމާއި ހޯދަޑު ސްޕޯޓްސް ޔަންގް ސްޓަރ ޓީމުގެ އިތުރުން ދޫނޑިގަލޯނާ ޑްރީމް ޓީމެވެ. ގްރޫޕް ބީގައި ހިމެނެނީ ފިސްޑާ ޖޫނިއަސް އާއި އެކުވެރި ފުނާޑުގެ އިތުރުން މިސްކިތްމަގު ޖޫނިއަރސް ޓީމެވެ.

މިއަދު ހަވީރު މ ިމުބާރާތް ފެށުމުގެ ގޮތުން ޚާއްސަ ހޭންޑްބޯޅަ މެޗެއް ވެސް ކުޅެފައި ވެއެވެ. އެމެޗުގައި ވާދަކުރީ އެންމެ ފަހުން ބޭއްވުނު ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕއިން ދަޑިމަގު ރަނިިން ޓީމާއި ރަށުން ހޮވާލެވުނު ޓީމެކެވެ.

މުބާރާތުގެ ތާވަލު

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !