A wide advertisement which will be shown on all devices. (700 x 100)

އަލުން ހަދާ ފުޓްސަލް ދަނޑުގެ މަސައްކަތް ރޯދަމަހަށް ނިންމޭނެ

ފުވައްމުލައް ސިޓީ ކައުންސިލުގެ ނިއުސް ބްރީފިން 1

ފުވައްމުލަކު ސްޓޭޑިއަމްގައި އަލުން ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ޓާފް ދަނޑުގެ މަސައްކަތް ކުރިޔަށް އޮތް ރޯދަ މަހަށް، ޓާފްއަޅާއި އެއްކޮށް ނިންމާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުވައްމުލައް ސިޓީ ކައުންސިލްގެ ފުރަތަމަ ޕްރެސް ބްރީފިންގައި ހާމަކުރައްވައިފިއެވެ.

ކުރިން އެތަނުގައި އަޅާފައި އޮތް ދަނޑުގައި އަސްލު ފުޓްސަލްގެ ދަނޑުގެ ސައިޒް ހަމަނުވާ ކަމަށް ކުޅޭ ޒުވާނުން ބުނާ ކަމަށް ޑިރެކްޓާ އަލީ މަސީހު ވިދާޅުވިއެވެ. އަދި އަލުން އެދަނޑު ހަދަނީ ފުޓްސަލް ދަނޑުގެ އެންމެ ބޮޑު ސައިޒަށް، ފެންވަރު ރަނގަޅުކޮށް ކަމަށެވެ. އެގޮތުން ކުރިން ސާފޭސް އަކަށް އަޅާފާއިވާ ހާޑްމެޓް ލޭޔަރގެ ބަދަލުގައި އަލުން އަޅާނީ ޓާފް ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން މިންތަކެއް ކަމެއް ހާމައެއް ނުކުރައްވައެވެ.

ފުޓްސަލް ދަނޑުގެ މިންތައް

ފުޓްސަލް ދަނޑުތަކުގައި ބޭނުންކުރާ ދެމިނެއް އޮވެއެވެ. އެއީ ގައުމީ ފެންވަރުގެ މުބާރާތްތަކާއި ބައިނަލްއަގުވާމީ ފެންވަރުގެ މެޗުތައް ކުޅޭ ދަނޑުގެ ސައިޒު ތަކެވެ.

ގައުމީ ފެންވަރުގެ ނުވަތަ ޑޮމެސްޓިކް ދަނޑުތަކުގެ ސައިޒްތައް

ދިގުމިނ: 38 މިޓާރާއި 42 މީޓާރާއި ދެމެދު

ހުރަސް މިނ: 18 މީޓަރާއި 22 މީޓާރާއި ދެމެދު

ބައިނަލް އަގައުމީ ފެންވަރުގެ ނުވަތަ އިންޓަނޭޝަނަލް ދަނޑުތަކުގެ ސައިޒްތައް

ދިގުމިނ: 25 މިޓާރާއި 42 މީޓާރާއި ދެމެދު

ހުރަސް މިން: 15 މީޓަރާއި 25 މީޓާރާއި ދެމެދު

ކުރީގެ ޏ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން 2018 މާރިޗް މަހު ކުރިއަށް ގެންދިޔަ އަންހެނުންގެ ފުޓްސަލް މުބާރާތުގެ މެޗުތައް ކުޅުނީ ކުރީގެ ފުޓްސަލް ދަނޑުގައި

ކުރީގައި އެތަނުގައި އޮތް ދަނޑުގެ ސާފެސްގެ އަޑީގައި ހއޮތީ ކޮންކްރިތް ތަޅުމެއް އަޅާފައި ކަމަށާއި ނަމަވެސް މިހާރު އަލުން އެދަނޑު ހަދަނީ އެ ކޮންކްރީޓް ތަޅުން ނެގުމަށްފަހު ވެލީގެ ލޭޔައެއް ތައްޔާރުކޮށްގެން، އެހެންވެސް މިފަދަ ދަނޑުތައް ތައްޔާރުކުރާ ގޮތަށް ކަމަށް ޑިރެކްޓާ އަހުމަދު މުހައްމަދު ތަފުސީލުކޮށް ދެއްވިއެވެ. ދަނޑުގައި ލައިޓް ޖެހުން ނުހުން ހުރިހާ މަސައްކަތެއް ރޯމަދަހުގެ ކުރިން ނިމޭނެކަމަށް ވިދާޅުވިއެވެ.

ބޮޑުކުރެވޭ ފުވައްމުލަކު ސްޓޭޑިއަމްގެ ފުޓްސަލް ދަނޑު ފަސްގަނޑު ހެދުމުގެ މަަސައްކަތް، ޑިސެމްބަރު 2020

ދަނޑުގައި ޖަހާނެ ލައިޓާއި ލައިޓް ޕޯސްޓްގެ ސްޕެސިފިކޭޝަން ބަލައި، ހޯދުމަށް މިހާރު އިއުލާން ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. މިފަހަރު އެތަނުގައި ޖަހަނީ އާދައިގެ މާކަރީ ލައިޓް ނޫން ކަމަށާއި އެތަނުގައި ޖަހަނީ ސްޓޭޑިއަމް ލައިޓް ކަމަށެވެ. ލައިޓް ޖެހުން ލަސްވެގެން ދަނީ އެވައްތަރުގެ ލައިޓަކީ ރާއްޖެއިން ވެސް އާއްމުކޮށް ލިބެން ހުންނަ ލައިޓަކަށް ނުވާތީ ކަމަށް ވެއެވެ.

އަލުން ފުޓްސަލް ދަނޑު ހެދުމުގެ މަސައްކަތ ފަށާފައިވަނީ ފާއިތުވި 2020 ވަނަ އަހަރުގެ ފަހުކޮޅުއެވެ. ފާއިތުވި ޑިސެމްބަރު މަހު ވަނީ  ދަނޑަށް ބޭނުންވާ ޓާފް ރަށަށް ގެނެސްފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !