ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އިންޓަ ހައުސް ފުޓުބޯޅަ މުބާރާތް މާދާމާ ފަށަން ތައްޔާރުވެއްޖެއެވެ.
މިމުބާރާތުގައި ވާދަކުރަނީ އެސްކޫލުގެ 4 ހައުސެގެ ޓީމުތަކެވެ. އެއީ މުޡައްފަރު ހައުސް އަމީނު ހައުސް އާއި އިމާދު ހައުސް އަދި ޝަނިވިރާޒާ ހައުސްއެވެ. މުބާރާތް ކުރިޔަށްދާނީ ނޮވެންބަރު 1-6 އަށް އަށެވެ. 4 ޓީމުގެ މެދުގައި އެއްޓީމު އަނެއްޓީމާއި ވާދަކޮށް އެންމެ މަތިން ޕޮއިންޓް ލިބޭ ދެ ޓީމެއް ފައިނަލުގައި ކުޅޭނީ 5 ނޮވެމްބަރު ވާ ހުކުރު ދުވަހުގެ ހަވީރު 4:00 ގައެވެ.
މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޓީމުތަކުން ވަނީ ޖޯޒީ ދައްކާލާފައެވެ.

ޏ.އޭއީސީގެ އިންޓަހައުސް ފުޓުބޯލަ މުބާރާތުގެ ޖާޒީ ހަވާލުކުރުން 2021
މިމުބާރާތުގައި ކޮންމެ ދުވަހަކު ވެސް 2 މެޗު ކުޅެން ހަމަޖެހިފައި ވެއެވެ. އެއީ ހެނދުނާއި ހަވީރު ކުޅެ ދެމެޗެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މާދަމާ ހެނދުނު 6:30 ގައި ވާދަކުރާނީ އިޟާދު ހައުސް އާއި އިމީނު ހައުސް އެވެ. އަދި ދެވަނަ މެޗުގައި ހަވީރު 4:00ގައި ވާދަކުރާނީ ޝަނިވިރާޒާ ހައުސް އާއި މުޡައްފަރު ހައުސް އެވެ.
މުބަރަތުގެ މެޗުތައް
- 1 ނޮވެމްބަރު ހެނދުނު އިމާދު ހައުސް އާއި އަމީނުހައުސް
- 1 ނޮވެމްބަރު ހަވީރު ޝަނިވިރާޒާ ހައުސް އާއި މުޡައްފަރު ހައުސް
- 3 ނޮވެމްބަރު ހެނދުނު އިމާދު ހައުސް އާއި ޝަނިވިރާޒާ ހައުސް
- 3 ނޮވެމްބަރު ހަވީރު އަމީނުހައުސް އާއި މުޡައްފަރު ހައުސް
- 5 ނޮވެމްބަރު ހެނދުނު އިމާދު ހައުސް އާއި މުޡައްފަރު ހައުސް
- 5 ނޮވެމްބަރު ހަވީރު އަމީނުހައުސް އާއި ޝަނިވިރާޒާ ހައުސް
- 6 ނޮވެމްބަރު ހަވީރު ފައިނަލް މެޗު (އެންމެ މަތިން ޕޮއިންޓް ހޯދާ ދެޓީމެއް)
ފާއިތުވި 2020 ވަނނއަހރު މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ މުޡައްފަރު ހައުސް އިންނެވެ.ރަނަރަޕް ޓީމަކީ އަމީނު ހައުސް އެވެ.
ފުޓުބޯޅަމުބާ
ޗެމްޕިއަން ޓީމު: މުޡައްފަރު ހައުސް
ފާިއތުވި އަހަރުގެ މިމުބާރާތުގެ ވަންތައް ހާސިލުކުރި ކުޅުންތެރިން
މުބާރާތުގައި އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިއަކީ މުޡައްފަރު ހައުސް ގެ އައިވަން މުހައްމަދު ޒާހިރު އެވެ.
އެންމެ މޮޅު ގޯލް ކިޕަރަކީ މުޡައްފަރު ހައުސް ގެ ޒާދު އަބްދުﷲ އެވެ.
އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައި ވަނީ:
އައިވަން މުހައްމަދު ޒާހިރު – މުޡައްފަރު ހައުސް
އަހުމަދު އަމާން ޖަމްޝީދު – މުޡައްފަރު ހައުސް
އިބްރާހިމް ހަމްދޫން މުހައްމަދު – އިމާދު ހައުސް
މުހައްމަދު ރިއާން ރިޔާޒު – އިމާދު ހައުސް
މުހައްމަދު ނާއިޝް އިބްރާހިމް – އަމީން ހައުސް

ޚިޔާލުތައް