A wide advertisement which will be shown on all devices. (700 x 100)

ޏ.އޭއީސީ: %100 މޮޅާއެކު މުޒައްފަރު ހައުސްގެ ސިނިއާ ޓީމު ފައިނަލަށް

ޏ.އޭއީސީ ނެޓްބޯޅަ މުބާރާތް 2021

މިހާރު ކުޅެވެމުންދާ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އިންޓަ ހައުސް ނެޓްބޯޅަ މުބާރާތުގައި މުޒައްފަރު ހައުސްގެ ސީނިއާ ޓީމުން ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ %100 ރެކޯޑަކާއެކު ފައިނަލުން ޖާގަ ހޯދާފައެވެ. ކުޅުނު 2 މެޗުން ވެސް މޮޅުވީ މުޒައްފަރު ހައުސްގެ ދެޓީމެވެ. ސިނިއާ ގްރޫޕުން  ޖޫނިއާ ގުރޫޕުން ވެސް މުޒައްފަރު ހައުސްގެ ޓީމު ވަނީ ފައިނަލުގެ ޖާގަ އެއް ހޯދާފައެވެ.

މިއަދު ހަވީރުގެ ސިނިއާ ބައިން ކުޅުނު މެޗުގައި މުޒައްފަރު ހައުސް ޓީމުން ވާދަކުރީ ޝަނިވިރާޒާ ހައުސްގެ ޓީމާއެވެ. މުޒައްފަރު ހައުސް ޓީމުން ފަސޭހަކާމާއެކު މިމެޗު ކާމިޔާބު ކުރީ 41 ޕޮޓް 3 ޕޮޓުގެ ބޮޑު ތަފާތަކުންނެވެ. މިމެޗަށް ކުޅެން ނުކުތް އިރުވެސް މުޒައްފަރު ހައުސްގެ ޓީމަށް ވަނީ މުބާރާތުގެ ފައިނަލުން ޖާގަ ލިބިފައެވެ. މިމެޗުން ބަލިވި ޝަނިވިރާޒާ ހައުސްގެ ޓީމު ކުޅުނު ހުރިހާ މެޗަކުން މެޗުން ވެސް ބަލިވެ މުބާރާތުން ވަނީ ކަޓާފައެވެ. މުބާރާތުގެ އެންމެ ފުލަށް އެޓީމު ދަނީ 59 ޕޮޓް އެޓީމު ކޮޅަށް އެޅިއިރު އެޓީމަށް އެޅިފައި ވަނީ  ޖުމުލަ 11 ޕޮޓެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ: ހަނާން

މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މުޒައްފަރު ހައުސްގެ މަރިޔަމް ހަނާން އެވެ. މިގުރޫޕުގެ ފަހު މެޗުގައި މާދަމާ ހެނދުނު 9:00 ގައި ވާދަކުރާނީ އަމީން ހައުސް އާއި އިމާދު ހައުސްގެ ޓީމެވެ. މިމެޗުން މޮޅުވާ ޓީމަކަށް ފައިނަލަށް ދެވެނެއެވެ. މި ދެ ޓީމުވެސް ވަނީ އެއް މެޗުން މޮޅުވެފައެވެ.

ޖޫނިއާ ބައިގައި މިއަދު ވާދަކުރަން އޮތީ އިމާދު ހައުސް އާއި ޝަނިވިރާޒާ ހައުސްއެވެ.  މިމެޗުގެ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ. މިބައިން މުޒައްފަރު ހައުސް އާއި އަމީނު ހައުސް ވަނީ ފަނަލަށް ފައިނަލަށް ހޮވިފައެވެ.

މުބާރާތުގެ ތާވަލަށް ގެނައި ބަދަލާއެކު މިގްރޫޕުގެ ފަހު މެޗު ވަނީ މާދަމާ ހެނދުނު 8:00ގައި ކުޅެން ވަނީ ތާވަލް ކުރެވިފައެވެ. އެމެޗުގައި ވާދަކުރާނީ މުޡައްފަރު ހައުސް އާއި އަމީނު ހައުސް ޓީމެވެ. މިއީ މިބައިގެ ފައިނަލު މެޗުގެ ކުރިން ދެޓީމަށް އެއްޓީމު އަނެއް ޓީމު ކައިރީގައި މޮޅުވާން މަސައްކަތް ކުރާނެ އުކުޅުތައް ޓެސްޓް ކޮށްލުމަށް އޮތް ފުރުސަތެކެވެ.

މި މުބާރާތުގައި ވާދަކުރަނީ ޏ.އޭއީސީ 4 ހައުސްގެ ޓީމުތައް ޖޫނިއާ އަދި ސީނިއަ ބައި ވަކިން، ކޮންމެ ބަޔަކުން ވެސް ކޮންމެ ހައުސް އަކުން ޓީމެއް ވާދަކުރާ ގޮތަށެވެ. ލީގު އުސޫލުން އެއްބުރު ކުޅުމަށްފަހު އެންމެ ގިނައިން ޕޮއިންޓް ހޯދާ ދެޓީމެއް ކޮންމެ ބައަކުން ވެސް ފައިނަލަށް ދާނެއެވެ.

 

މުބާރަތުގެ މެޗުތައް (ޖޫނިއާ ބައި)

7 ނޮވެމްބަރު މެންދުފަހު 13:45 މުޡައްފަރު ހައުސް 7 – 6 ޝަނިވިރާޒާ ހައުސް

7 ނޮވެމްބަރު މެންދުފަހު 14:30 އަމީނު ހައުސް 11 – 2 އިމާދު ހައުސް

8 ނޮވެމްބަރު ހަވީރު 16:15 އަމީނު ހައުސް 10 – 12 ޝަނިވިރާޒާ ހައުސް

9 ނޮވެމްބަރު ހަވީރު 16:30 މުޡައްފަރު ހައުސް 4 – 1 އިމާދު ހައުސް

10 ނޮވެމްބަރު ހަވީރު 16:30 އިމާދު ހައުސް އާއި ޝަނިވިރާޒާ ހައުސް

11 ނޮވެމްބަރު ހެނދުނު 8:00 މުޡައްފަރު ހައުސް އާއި އަމީނު ހައުސް

13 ނޮވެމްބަރު ހެނދުނު 14:15 ފައިނަލް މެޗު

 

މުބާރަތުގެ މެޗުތައް (ސީނިއާ ބައި)

7 ނޮވެމްބަރު ހަވީރު 16:15 ޝަނިވިރާޒާ ހައުސް 6 – 22 އަމީނު ހައުސް

7 ނޮވެމްބަރު މެންދުފަހު 17:00 މުޡައްފަރު ހައުސް 5 – 4 އިމާދު ހައުސް

8 ނޮވެމްބަރު ހަވީރު 17:00 އިމާދު ހައުސް 23 – 2 ޝަނިވިރާޒާ ހައުސް

9 ނޮވެމްބަރު ހަވީރު 17:00 މުޡައްފަރު ހައުސް 11 – 10 އަމީނު ހައުސް

10 ނޮވެމްބަރު ހަވީރު 17:00 މުޡައްފަރު ހައުސް 14 – 3 ޝަނިވިރާޒާ ހައުސް

11 ނޮވެމްބަރު ހެނދުނު 9:00 އަމީނު ހައުސް އާއި އިމާދު ހައުސް

13 ނޮވެމްބަރު ހެނދުނު 16:00 ފައިނަލް މެޗު

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !