A wide advertisement which will be shown on all devices. (700 x 100)

ފުޓްސަލް މުބާރާތުގައި ރޭ މޮޅުވީ މާލެގަން ޔޫތު ފައުންޑޭޝަން އާއި އެފްސީ ދޫނޑިގަލޯނާ ޓީމު

ފޯރިގަދަ ކުޅުމަކަށްފަހު 1-0 އިން ދޫނޑިގަލޯނާ ޓީމު މެޗު ކާމިޔާބުކުރި

މެޖިކްލީން ފުވައްމުލައް ސިޓީ ކައުންސިލްގެ ފުޓްސަލް މުބާރާތުގެ ދެވަނަ ދުވަހުގައި ކުޅުމުން މާލެގަން ޔޫތު ފައުންޑޭޝަން އާއި އެފްސީ ދޫނޑިގަލޯނާ ޓީމު މޮޅުވެއްޖެއެވެ.

ރޭގެ ފުރަތަމަ މެޗުގައި ވާދަކުރީ މާލެގަން ޔޫތު ފައުންޑޭޝަން އާއި އެފްސީ ދަޑިމަގު ޖޫނިއާސް އެވެ. ވާދަވެރި ކުޅުމަކަށްފަހު މިމެޗު 3-2 އިން ކާމިޔާބުކުރީ މާލެގަން ޔޫތު ފައުންޑޭޝަން ޓީމެވެ. މެޗުގެ ފުރަތަމަ ހާފުގައި ފުރަތަމަ ގޯލު މާލެގަން ޓީމުން ކާމިޔާބުކުރި ނަމަވެސް ދެވަނަ ހާފު ފެށިގެން ކުޑައިރުކޮޅެއްގެ ތެރޭގައި ދަޑިމަގު ޖޫނިއަސް ޓީމުންވަނީ ގޯލެއްޖަހައި ނަތީޖާ 1-1 އިން އެއްވަރު ކޮށްފައެވެ. ނަމަވެސް ފަހު ހާފުގައި ނިމެން 6 މިނިޓަށް ވީފަހުން މާލެގަމު ޓީމުން އިތުރު 2 ގޯލު ކާމިޔާބުކުރިއެވެ. މެޗު ނިމުނީ ދަޑިމަގު ޖޫނިއަސް ޓީމުން އިތުރު ގޯލެއް ޖަހައި 3-2 ގެ ނަތީޖާ އިންނެވެ.

މުބާރާތުގެ 5 ވަނަ މެޗު – މޮޅުވީ މާލެގަން 3-2

ރޭގެ ދެވަނަ މެޗުގައި ވާދަކުރީ މިގުރުޕުގައި އެންބެ ބޮޑު ދެބާރުކަމަށް ބެލެވޭ ބައްދަލުކުރީ އެފްސީ ދޫނޑިގަލޯނާ އާއި އެފްސީ ދަޑިމަގު ޓީމެވެ. ވާދަވެރި ކުޅުމަކާއެކު ދެ ޓީމުން ވެސް އިދިކޮޅު ގޯލަށް ހަމަލަތައް ފޮނުވާލިއެވެ. މުޅި މެޗަށް ބަލާއިރު އެފްސީ ދޫނޑިގަލޯނާ ޓީމުގެ ކުޅުން ވަރުގަދަވެފައި ހަމަލާތައް ނުރައްކާ ކަން ފާހަގަ ވިއެވެ. މެޗުގެ ހަމައެކަނި ގޯލު ފާހުފައި އެފްސީ ދޫނޑިގަލޯނާ ޓީމުންކާމިޔާބުކުރީ ދެވަނަ ހާގައެވެ. ވުމާއެކު މިމެޗު 1-0 އިން ކާމިޔާބުކުރީ އެފްސީ ދޫނޑިގަލޯނާ ޓީމެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ އެފްސީ ދޫނޑިގަލޯނާ ޓީމުގެ ކެޕްޓަން، ޖޯޒީ ނަމްބަރު 4 އަބްދުﷲ ރަޝީދު އެވެ.

މުބާރާތުގެ 4ވަނަ މެޗުގެ މޮޅު ކުޅުންތެރިޔާ އެފްސީ ދޫނޑިގަލޯނާޓީމުގެ ޖ.4 އަބްދުﷲ ރަޝީދު

މިމުބާރާތުގައި މިރޭ ކުޅޭމެޗުގައި ބައްދަލުކުރާނީ

ގްރޫޕް 1: 20:30 ގައި އެފްސީ ދޫނޑިގަލޯނާ ޖޫނިއާސް އާއި އެފްސީ ދަޑިމަގު ޖޫނިއާސް

ގްރޫޕް 2: 21:40 ގައި އެކުވެރި ފުނާޑު އާއި އެފްސީ ދޫނޑިގަލޯނާ ޓީމެވެ.

މިމުބާރާތުގައި ވާދަކުރާ 8 ޓީމު ވަނީ ދެ ގްރޫޕަށް ބަހާލާފައެވެ. ކޮންމެ ގްރޫޕަކުންވެސް އެންމެ މޮޅޫ ދެޓިމެއް ސެމީފައިނަލްގައި ކްރޮސްކޮށް ބައްދަލުކުރުމަށްފަހު މޮޅުވާ ދެ ޓީެމެއް ފައިނަލަށް ދާނެއެވެ.

މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ފުވައްމުލަކުގެ ރައްޔިތުންގެ މެދުގައި އިޖުތިމާއީ ރޫޙު އާލާކޯށް ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ކުޅުންތެރިނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުންކަމަށް މުބާރާތުގެ ގަވާއިދުގައި ވެއެވެ.

މިފަހަރުގެ މުބާރާތުގެ ކޯ ސްޕޮންސާ އަކީ އައިބޭއެވެ.

މުބާރާތުގެ ރެފްރީންނާއި ދެ ކެޕްޓަނުން

މުބާރާތުގެ މެޗުތައް 

1:   0 – 5  ހޯދަޑު ސްޕޯރޓްސް ކްލަބް

2: އެކުވެރި ފުނާޑު 2 – 6 އެކްސްޖޭވީސީ ފުނާޑު

3: އެފްސީ ދަޑިމަގު ޖޫނިއާސް 2 – 3 މާލެގަން ޔޫތު ފައުންޑޭޝަން

4: އެފްސީ ދޫނޑިގަލޯނާ 1 – 0 އެފްސީ ދަޑިމަގު

5: އެފްސީ ދޫނޑިގަލޯނާ ޖޫނިއާސް – އެފްސީ ދަޑިމަގު ޖޫނިއާސް

6: އެކުވެރި ފުނާޑު – އެފްސީ ދޫނޑިގަލޯނާ

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !