A wide advertisement which will be shown on all devices. (700 x 100)

ގޯލްޑެން ފުޓްސަލް މުބާރާތުގެ ޒޯން 7ގެ ޗެމްޕިއަންކަން މާލެގަން ޓީމުން ހޯދައިފި

މާލެ ސިޓީގެ ހުޅުމާލޭގެ ފުޓްސަލް ސްޓޭޑިއަމުގައި ކުރިއަށްދާ  ސޮނީ ސްޕޯޓްސް ގޯލްޑެން ފުޓްސަލް ޗެލެންޖް 2022 ގެ ޒޯން 7 ގެ ޗެމްޕިއަންކަން މާލެގަން ސްޕޯޓްސް ކްލަބްގެ ފުޓްސަލް ޓީމުން ހޯދައިފިއެވެ. މާލެގަން ޒޯން 7 ގެ ޗެމްޕިއަންކަން ހޯދީ ސ.ފޭދޫ ޓީމާއި ބައްދަލުކޮށް ކުޅުނު ފަހު މެޗުން ބަލިވުމުގެ ސަބަބުން ޕެނަލްޓީ ޖަހައިގެން ކުރިހޯދައިގެނެވެ.

މިމުބާރާތުގެ ޒޯން 7 ގެ ދެވަނަ މެޗުގައި ރޭ ބައްދަލު ކުރި މެޗު ސ.ފޭދޫ ޓީމުން ކާމިޔާބުކޮށްފައިވަނީ 2-3 ލަޑުންނެއެވެ. އެއީ މިޒޯނުގެ ފުރަތަމަ ލެގުގައި މާލެގަން ނެރުނު ނަތީޖާއަށްވުމުގެ ސަބަބުން ޗެމްޕިއަން ޓީމު ކަނޑައަޅަންޖެހުނީ ޕެނަލްޓީ ޖަހައިގެނެވެ. ޕެނަލްޓީ ޖަހައިގެން 3-4 އިން ކާމިޔާބުކުރީ މާލެގަން ޓީމުންނެވެ.

ރޭގެ މެޗު ފެށިގެން ފުރަތަމަ ލީޑު ނަގައިފައިވަނީ މާލެގަން ޓީމުންނެވެ. ފުރަތަމަ ހާފު ނިމެން 6 މިނެޓަށްވެފައިވަނިކޮށް މާލެގަން ޓީމުގެ ޖޯޒީ ނަމްބަރު 11 އިބްރާހިމް އަރީޝްއެވެ. އޭގެ 3 މިނިޓް ފަހުން ފޭދޫ ޓީމުން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. ދެވަނަ ހާފުފެށިގެން 6 ވަނަ މިނިޓްތެރޭ ދެވަނަ ފަހަރަށް މާލެގަން ޓީމުން ލީޑުނެގިއެވެ. މިލަޑު މާލެގަން ޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖޯޒީ ނަމަބރު 5 އެވެ. ފޭދޫ ޓީމުން ދެވަނަފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗު ނިމެން 11 މިނިޓަށްވެފައިވަނިކޮށެވެ. އޭގެ 4 މިނިޓްފަހުން ފޭދޫ ޓީމުން މެޗު ނަތީޖާ ފޭދޫކޮޅަށް އަބުރާލިއެވެ. މިނަތީޖާއިންމެޗު ނިމުނު ނަމަވެސް، ކުރީ މެޗުން މާލެގަން ޓީމު 3-2 އިން ކާމިޔާބުކޮށްފައިވުމުން ޖުމްލަ ނަތީޖާ ހަމަހަމަވިއެވެ. އެއާއިއެކު ޒޯން 7ގެ ޗެމްޕިއަން ޓީމު ކަނޑައެޅުމަށް ޕެނަލްޓީ ޖަހަންޖެހުނެވެ.

މާލެގަން ޒޯން 7 ގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެޓީމުން ޖެހި 5 ޕެނަލްޓީގެ ތެރެއިން 4 ޕެނަލްޓީ ކާމިޔާބުކޮށްގެނެވެ. ފޭދޫ ޓީމަށް ކާމިޔާބުކުރެވުނީ 5 ޕެނަލްޓީގެ ތެރެއިން 3 ޕެނަލްޓީއެވެ. މިމެޗުގެ މޮޅުކުޅުންތެރިއާގެ މަގާމާއި އެންމެ ގިނަ ގޯލް ކާމިޔާބުކުރި ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ފޭދޫ ޓީމުގެ ޖޯޒީ ނަމްބަރު 10 މުހައްމަދު ޝަޔާން ސައީދެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !