A wide advertisement which will be shown on all devices. (700 x 100)

ހުޅުމާލެ ބަލިކޮށް މާލެގަން ސެމީ ފައިނަލަށް ދަތުރުކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑެން ފުޓްސަލް ޗެލެންޖް 2022 ގެ ކްއާޓާ ފައިނަލުގައި ހުޅުމާލޭގެ ޓީމާއި ވާދަކޮށް ފުވައްމުލަކު ސިޓީގެ މާލެގަން ފުޓްސަލް ޓީމު ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ. މާލެގަން ޓީމު ސެމީ ފައިނަލަށް ދަތުރުކުރީ ހުޅުމާލެ ޓީމާއި ވާދަކޮށް 1-3 ލަޑުން މޮޅުވެގެނެވެ.

މިމެޗުގެ ފުރަތަމަ ގޯލެއް ފެނިގެންދިޔައީ ފުރަތަމަ ހާފުނިމެން 3 މިނިޓެއްވެފައިވަނިކޮށެވެ. މާލެގަން ޓީމުގެ ޖޯޒީ ނަމްބަރު 11 ހުޅުމާލޭގެ ކޮޅަށް ޖެހި މިގޯލުޖެހުމަށްފަހު ހަމަޖެހިނުލެވި އުޅެނިކޮށް ހުޅުމާލެ ޓީމުން ނަތީޖާ ހަމަހަމަކުރިއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މާލެގަން ޓީމުން ދެވަނަ ފަހަރަށް ލީޑު ނެގިއެވެ.

ދެވަނަ ހާފުގައި މާލެގަން ޓީމުން އަނެއްކާވެސް ލަނޑެއްޖަހާ ލީޑު ފުޅާކުރިއެވެ. މާލެގަންގެ ގޯލުތައް ޖަހައިދިނީ މުހައްމަދު ވިޝާހް އިބްރާހީމާއި މުހައްދު ސާދު ނިޒާރު އަދި އިބްރާހީމް އަރީޝްއެވެ. ހުޅުމާލޭގެ ހަމައެކަނި ގޯލު އަލީ ނާހިލް އަހުމަދު ޖަހައިދިން އިރު، ހުޅުމާލޭން އިތުރު ގޯލެއް ޖަހަން އެންމެ ބޮޑު ހުރަކަށްވީ ފޯމުގައި ކުޅެން ދިޔަ މާލެގަންގެ ގޯލްކީޕަރު އަހުމަދު ޝަރަފެވެ. މެޗުގައި ޕެނަލްޓީއެއްވެސް ޝަރަފު މަތަކުރި އިރު، އޭނާއަކީ މެޗުގެ މޮޅު ކުޅުންތެރިޔާއެވެ.

މިނަތީޖާއާއި އެކު މާލެގަން ޓީމު ސެމީ ފައިނަލަށް ދަތުރުކުރިއިރު ސެމީ ފައިނަލްގައި މާލެގަން ޓީމު ވާދަކުރާނީ މާފަންނު ޓީމު ބަލިކޮށް ސެމީއަށް ދަތުރުކުރި ގާފަރު ޓީމާއިއެވެ. މިމެޗު ފެށޭނީ މިރޭ 8.15 ގައެވެ. މިމެޗުތައް ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުގެ ފޭސްބުކް ޕޭޖުން ލައިވްކުރެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !