A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތް 2022 މިއަދު ހަވީރު ފަށަނީ

ހޯދަޑު ޓީމުން ވަނީ ޖެހިޖެހިގެން 3 ފަހަރު ފުޓްސަލް މުބާރާތް ކާމިޔާބުކޮށްފައި 2021

ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމު ކުރާ “ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް ޓޯނަމެންޓް 2022” މިއަދު ހަވީރު ފަށަން ތައްޔާރުވެއްޖެއެވެ.

މުބާރާތް ފެށުމުގެ ގޮތުން މިއަދު ހަވީރު ކުޅޭނީ އެފްސީ ދޫނޑުގަލޯނާ  އާއި ދަޑިމަގު ސްޕޯޓް އެންޑް ރެކްރިއޭޝަންގެ ޓީމެވެ. މިމެޗު ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 4:45 ގައެވެ.

މީގެ އިތުރުން މިރޭވެސް މުބާރާތުގެ 2 މެޗެއް ކުޅޭނެއެވެ. އެއީ ގްރޫޕް ބީގެ ހޯދަޑު ސްޕޯޓްސް އާއި ދޫނޑިގަލޯނާ ޖޫނިއާސް ކުޅޭ މެޗާއި ގްރޫޕް އޭ ގެ ކިއްލާ ސްޕޯޓްސް ޖޫނިއާސް އާއި މާލެގަން ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗެވެ.

ކޮންމެ ދުވަހަކުވެސް މުބާރާތުގެ 3 މެޗު ކުޅުމަށް ހަމޖެހިފައި ވެއެވެ. އެއީ ހަވީރު 1 މެޗާއި ރޭގަނޑު 2 މެޗެވެ. ރޭގަނޑު ފުރަތމަ މެޗް ފަށަނީ 8:30 ގައެވެ. އަދި ދެވަނަ މެޗު ފަށަނީ 9:40 ގައެވެ.

މިމުބާރާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވާނީ 2 ގްރޫޕަކަށް ބަހާލައިގެން ފުވައްލަކު ސްޓޭޑިއަމްގެ ފުޓްސަލް ދަނޑުގައެވެ. މިއީ މިއަހަރުގެ ފުވައްމުލައް ސިޓީގެ ކުޅިވަރު ކަލަންޑަރުގައި ހިމަނައިގެން ކުރިޔަށްގެންދާ ހަރަކާތެކެވެ.

މިމުބާރާތުގައި 8 ޓީމަކުން ބައިވެރިވެފައި ވެއެވެ. އެއީ ދަޑިމަގު، ހޯދަޑު، ދޫނޑިގަން ކޮންމެ އަވަށަކުން 2 ޓީމާއީ މާލެގަނު އަވަށު ޓީމަކާއި އިތުރު ޓީމެކެވެ.

ސިޓީ ކައުންސިލްގެ ފުޓްސަލް މުބާރާތުެ ތާވަލް 2022

އެއީ:

ގްރޫޕް 1:

އެފްސީ ދޫނޑިގަލޯނާ

ދަޑިމަގު ސްޕޯޓްސް އެންދް ރިކްރިއޭޝަން ކްލަބް

ކިއްލާ ސްޕޯޓްސް ޖޫނިއާސް

މާލެގަން ސްޕޯޓްސް ކްލަބް

ގްރޫޕް 2:

ހޯދަޑު ސްޕޯޓްސް

ދޫނޑިގަލޯނާ ޖޫނިއާސް

ދަޑިމަގު ޖޫނިއާސް

ހޯދަޑު ސްޕޯޓްސް ބީ

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !