A wide advertisement which will be shown on all devices. (700 x 100)

ފުރަތަމަ ދުވަހުގެ މެޗުތަކުން މޮޅުވީ ހޯދަޑު ޖޫނިއާސް އާއި މާލެގަމު ސްޕޯޓްސް ކްލަބް

ފުރަތަމަ ދުވަހުގެ މެޗުގެ މޮޅު ކުޅުންތެރިން 2022

އިއްޔެ ފެށި ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތް 2022 ގެ ފުރަތަމަ ދުވަހުގެ މެޗުތަކުން މޮޅުވީ ހޯދަޑު ޖޫނިއާސް އާއި މާލެގަމު ސްޕޯޓްސް ކްލަބުގެ ޓީމެވެ. ހޯދަޑު ސްޕޯޓްސްގެ ފުރަތަމަ މެޗު ބޮޑު ތަފާތުން ކާމިޔާބުކުރި އިރު މާލެަމު ސްޕޯޓްސް އަށް ކްލަބަށް މޮޅުވެވުނީ 1 ގޯލުގެ ތަފާތުންވެ.

މުބާރާތުގެ 2 ވަނަ މެޗު

މުބާރާތް ހުޅުވުމުގެ ގޮތުން އިއްޔެ ހަވީރު ކުޅެވުނު ފުރަތަމަ މެޗު ނިނުނީ 1-1 އިން ދަޑިމަގު ސރކ އާއި އެފްސީ ދޫނޑިގަލޯނާ ޓީމު އެއްވަރުވެގެން ނެވެ. މިމެޗުގެ މޭން އޮފްދަ މެޗަކަށް ހޮވުނީ ދޫނޑިގަލޯނާ ޓީމުގެ ޖާޒީ ނަމްބަރު 5 އަބްދުﷲ ރަޝީދު އެވެ.

މުބާރާތުގެ 2 ވަނަ މެޗުގައި ރޭ ފުރަތަމަ ބައްދަލުކުރީ ގްރޫޕް 2ގެ ހޯދަޑު ސްޕޯޓްސް އާއި ދޫނޑިގަލޯނާ ޖޫނިއަށްގެ ޓީމެވެ. މިމެޗު ހޯދަޑު ސްޕޯޓްސް އިން ކާމިޔާބު ކުރީ 7-1 އިން ނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހޯދަޑު ސްޕޯޓްސްގެ ޖާޒީނަމްބަރު 9 އަލީ ލިރުޣާމު އެވެ.

މުބާރާތުގެ 3 ވަނަ މެޗުގައި ރޭ ދެން ބައްދަލުކުރީ ގްރޫޕް 1ގެ ގްރޫޕް ގެ ކިއްލާ ސްޕޯޓްސް ޖޫނިއާސް އާއި މާލެގަން ސްޕޯޓްސް ކްލަބެވެ. މިމެޗު މާލެގަން ސކ އިން ކާމިޔާބު ކުރީ 4-3 އިން ނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާލެގަން ސްޕޯޓްސް ކްލަބްގެ ޖާޒީ ނަމްބަރު 15 ޝަފާޒު އާދިލް އެވެ.

މި މިއަދު ވެސް މިމުބާރާތުގެ 3 މެޗު ކުޅޭނެއެވެ.

ދެވަނަ ދުވަސް

ހަވީރު 4:45 ގައި ދަޑިމަގު ޖޫނިއާސް އާއި ހޯދަޑު ސްޕޯޓްސް ބީ

ރޭގަނޑު 8:30 ގައި އެފްސީ ދޫނޑިގަލޯނާ އާއި ކިއްލާ ސްޕޯޓސް ޖޫނިއާސް

ރޭގަނޑު 9:40 ގައި ދަޑިަމގު ސރކ އާއި މާލެގަން ސްޕޯޓްސް ކްލަބް

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !