A wide advertisement which will be shown on all devices. (700 x 100)

އެތުލެޓިކްސް އިން މިފަހަރުވެސް އެންމެ މޮޅީ އެމްޖޭއެސް

މިފަހަރުގެ އެތުލިެޓިކްސް މުބާރާތުން ވެސް ފުވައްމުލަކުގެ އެންމެ ކާމިޔާބީ އެމްޖެއެސް - 2022 ސެޕްތެމްބަރު

މި ސެޕްޓެމްބަރު މަހު 15ގައި ނިމިގެންދިޔަ ގދ.އަތޮޅު އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވެސް ފުވައްމުލައް ސިޓީއިން ވާދަކުރި ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ކާމިޔާބީއެއް ހޯދީ މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) އިންނެވެ.

އެމްޖޭއެސްގެ އަންހެން ޓީމުތަކުން ވަނީ މުބާރާތުގައި ވާދަކުރި 3 އުމުރުފުރާއިން އެއްވަނަ ހޯދާފައެވެ. އެއީ 11 އަހަރުން ދަށް (އ.) 13 އަހަރުން ދަށް (އ.)، އަދި 15 އަހަރުން ދަށުގެ އަންހެންކުދިންގެ ބައިންނެވެ.

މިމުބާރާތުގައި އެމްޖޭއެސް އިން 77 ދަރިވަރުން ބައިވެރިވެފައިވާ ކަމަށް ހާމަކޮށްފައިވެއެވެ.

ދަރިވަރުން ހޯދި ކާމިޔާބީއަށް މަރުހާބާ!

ޏ.އޭއީސީން ވަނީ މިމުބާރާތުގެ 19 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން ޗެމްޕިއަންކަން ހޯދާފައެވެ. އަދި ވަކިވަކި އިވެންޓް ތަކުންވެސް ގިނ ކާމިޔާބީތަކެއް ހާސިލުކޮށްފައި ވެއެވެ.

މިމުބާރާތުގައި ފުވައްމުލައް ސިޓީގެ، އެހެން ސްކޫލްތައް ކަމަށްވާ ހާފިޒް އަޙުމަދު ސްކޫލް އާއި ފުވައްމުލަކު ސްކޫލް (އެފްއެސް) އިން ވެސް ބައިވެރިވެ އިވެންޓްތަކުން މެޑެލް ހާސިލުކޮށްފައި ވެއެވެ.

މުޅިމުބާރާތުގެ އެންމެ ގިނަ ވަނަތައް ހާސިލުކޮށް މުބަރާތުގެ އެންމެ މޮޅު ޓީމާކަީ ގދ. އޭއިސީ (ތިނަދޫ) ގެ ޓީމެވެ.

ޏ.އޭއީސީއިން މުބާރާތުަގައި ވާދަކުރި ޓީމު 2022

މިމުބާރާތުގައި ފުވައްމުލައް ސިޓީގެ ސްކޫލްތަކުން ހޯދާފައިވާ ބައެއް މެޑަލްތައް:

19 އަހަރުން ދަށުގެ އަންހެން 100 މީޓަރު ދުވުން: ސިލްވާ މެޑެލް: ފާތިމަތު އިޝާ އަބްދުﷲ – ޏ.އޭއީސީ އަދި  ބްރޯންޒް މެޑެލް: އާއިޝަތު ރީމް ވަލީދު – ޏ.އޭއީސީ

19 އަހަރުން ދަށުގެ ފިރިހެން 1500 މީޓަރު ދިގު ދުވުން: ސިލްވާ މެޑެލް: އިބްރާހިމް ޒައިނޫން – ޏ.އޭއީސީ އަދި ބްރޯންޒް މެޑެލް: އިސްމާއީލް އާކިފް އަހުމަދު – ޏ.އޭއީސީ

17 އަހަރުން ދަށުގެ އަންހެން 100 މީޓަރު ދުވުން: ބްރޯންޒް މެޑެލް: އާއިޝަތު އާތިކާ – ޏ.އޭއީސީ

17 އަހަރުން ދަށުގެ އަންހެން ޑިސްކަސް ތްރޯ: ގޯލްޑް މެޑެލް: އާމިނަތު ރިފްޝަނާ – އެފްއެސް އަދި ސިލްވާ މެޑެލް: ފާތިމަތު މައިސާ – ޏ.އޭއީސީ.

17 އަހަރުން ދަށުގެ އަންހެން ޖެވެލިން ތްރޯ: ގޯލްޑް މެޑެލް:ފާތިމަތު އަނުމް ޝާފީ – ޏ.އޭއީސީ، ސިލްވާ މެޑެލް: ފާތިމަތު ނަވާރު އަހުމަދު – ޏ.އޭއީސީ، އަދި ބްރޯންޒް މެޑެލް: އާއިޝަތު އީނާސް ހަސަން – ޏ.އޭއީސީ.

17 އަހަރުން ދަށުގެ ފިރިހެން ޓްރިޕްލް ޖަމްޕް: ގޯލްޑް މެޑެލް: އަޒީން މުހައްމަދު – އެމްޖޭއެސް، އަދި ބްރޯންޒް މެޑެލް: އަހުމަދު ލިބާން އާގިސް – އެމްޖެއެސް.

17 އަހަރުން ދަށުގެ ފިރިހެން ޑިސްކަސް ތްރޯ: ގޯލްޑް މެޑެލް: ހުސެއިން އުޒައިން އަލީ – އެމްޖޭއެސް

17 އަހަރުން ދަށުގެ ފިރިހެން ޖެވެލިން ތްރޯ: ސިލްވާ މެޑެލް: މުހަމއްަދު ރައްޔާން – ޏ.އޭއީސީ.

17 އަހަރުން ދަށުގެ ފިރިހެން ޑިސްކަސް ތްރޯ: ބްރޯންޒް މެޑެލް: މުހައްމަދު އައިން – ޏ.އޭއީސީ

17 އަހަރުން ދަށުގެ ފިރިހެން ޝޮޓްޕުޓު: ސިލްވާ މެޑެލް: ހުސައިން އުޒެއިން އަލީ – އެމްޖޭއެސް، އަދި ބްރޯންޒް މެޑެލް: މުހަމއްަދު އައިން ރަޝީދު – ޏ.އޭއީސީ.

15 އަހަރުން ދަށުގެ އަންހެން 100 މީޓަރު ދުވުން: ސިލްވާ މެޑެލް: އާއިޝަތު އިލާފު – އެމްޖޭއެސް

15 އަހަރުން ދަށުގެ އަންހެން ޑިސްކަސް ތްރޯ: ގޯލްޑް މެޑެލް:އާއިޝަތު ރީޝާ ޝާހިދު – އެމްޖޭއެސް، ސިލްވާ މެޑެލް: މަރިޔަމް އިޒުހާ ފިޔާޒު – ޏ.އޭއީސީ، އަދި ބްރޯންޒް މެޑެލް: އާއިޝަތު ރީމް އަލީ – ހޭޒް

15 އަހަރުން ދަށުގެ އަންހެން ލޯންގް ޖަމްޕް: ބްރޯންޒް މެޑެލް: އާއިޝަތު ސާރާ ރަޝީދު – އެމްޖޭއެސް،

15 އަހަރުން ދަށުގެ އަންހެން ޝޮޓްޕުޓް: ސިލްވާ މެޑެލް: ފާތިމަތު ހަނީން ހުސައިން – އެމްޖޭއެސް.

15 އަހަރުން ދަށުގެ އަންހެން، ޖެވެލިން ތްރޯ: ގޯލްޑް މެޑެލް: އާއިޝަތު ރީމް އަލީ – ހޭޒް، ސިލްވާ މެޑެލް: އާމިނަތު ނާހީ ނަޖުމީ – އެމްޖޭއެސް އަދި ބްރޯންޒް މެޑެލް: ޒީކް އަބްުދުﷲ ހަސަން – ޏ.އޭއީސީ

15 އަހަރުން ދަށުގެ ފިރިހެން، 100 މީޓަރު ދުވުން: ބްރޯންޒް މެޑެލް: އަހުމަދު ލިސާން- ޏ.އޭއީސީ.

15 އަހަރުން ދަށުގެ ފިރިހެން، 800 މީޓަރު ދުވުން: ސިލްވާ މެޑެލް: އަހުމަދު ނުވާޝް ޝަހީމް- ޏ.އޭއީސީ އަދި ބްރޯންޒް މެޑެލް: އަހުަމދު އާދީ ފުއާދު – ޏ.އޭއީސީ

15 އަހަރުން ދަށުގެ ފިރިހެން، ޖެވެލިން ތްރޯ: ބްރޯންޒް މެޑެލް: އާޔާދު ނަސީރު މުހައްމަދު – އެމްޖޭއެސް

15 އަހަރުން ދަށުގެ ފިރިހެން، ޓްރިޕްލް ޖަމްޕް: ގޯލްޑް މެޑެލް: އީޝާން  އިބްރާހިމް އަފްރާހު – އެމްޖޭއެސް، ސިލްވާ މެޑެލް: އަހުމަދު އަޔާޝް އަކުރަމް – އެމްޖޭއެސް، އަދި ބްރޯންޒް މެޑެލް، އަހުމަދު ޝާއިމް ހަސަން – ހޭޒް.

15 އަހަރުން ދަށުގެ ފިރިހެން ޑިސްކަސް ތްރޯ: ގޯލްޑް މެޑެލް: ހުސެއިން ޔޫޝާއު އަހުމަދު – ހޭޒް.

13 އަހަރުން ދަށުގެ އަންހެން، 100 މީޓަރު ދުވުން: ގޯލްޑް މެޑެލް: ނީމް އިބްރާހިމް – އެމްޖޭއެސް، އަދި ސިލްވާ މެޑެލް: އާއިޝަތު އީނާލް – ހޭޒް.

13 އަހަރުން ދަށުގެ އަންހެން، 80 މީޓާރު ދުވުން: ބްރޯންޒް މެޑެލް: އާމިނާތު ދާނާ – އެމްޖޭއެސް.

13 އަހަރުން ދަށުގެ އަންހެން، 1000 މީޓާރު ދިގު ދުވުން: ގޯލްޑް މެޑެލް: ދުއާ އަހުމަދު ވަސީމް – އެމްޖޭއެސް އަދި ސިލްވާ މެޑެލް އާމިނަތު ލައިބާ ލިރާރު – ހޭޒް

13 އަހަރުން ދަށުގެ ފިރިހެން 100 މީޓަރު ދުވުން: ގޯލްޑް މެޑެލް: އިބްރާހިމް ޝަޔާން – އެފްއެސް، އަދި ބްރޯންޒް މެޑެލް: ހަމްދު ހުސޭން އަލީ – އެމްޖޭއެސް.

13 އަހަރުން ދަށުގެ ފިރިހެން 600 މީޓަރު ދުވުން: ބްރޯންޒް މެޑެލް: އަހުމަދު އައިހަމް ހަސަން – ހޭޒް.

13 އަހަރުން ދަށުގެ ފިރިހެން 1000 މީޓަރު ދިގު ދުވުން: ގޯލްޑް މެޑެލް: ލުޖެއިން ހަސަން އަކްމަލް – އެމްޖޭ އެސް.

13 އަހަރުން ދަށުގެ ފިރިހެން ޝޮޓްޕުޓް: ގޯލްޑް މެޑެލް: އަހުމަދު ޔަސްހަމް ފަރުހާދު – އެމްޖޭއެސް.

މިމުބާރަތުގައި ފުވައްމުލައް ސިޓީގެ ދަރިވަރުން ކާމިޔާބު ހޯދާފައިވަނީ ގިނައިން ފިލްޑް އިވެންޓުން ކަން ފާހަގަ ކުރެވެއެވެ.

އެތުލެޓިކްސްގައި އަންހެނުންގެ ސަޕޯޓް ބޮޑު – ފޮޓޯ: ތިނަދޫ ސްޓޭޑިއަމް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !