A wide advertisement which will be shown on all devices. (700 x 100)

ދަސްޕޮޓް 3ދ3 ފުވައްމުލައް ސްޓްރީޓް ސޮކާ 2022 މުބާރާތް ފަށައިފި

ދަސްޕޮޓް 3ދ3 ފުވައްމުލައް ސްޓްރީޓް ސޮކާ 2022 މުބާރާތުގެ ކުޅުން

“ދަސްޕޮޓް 3ދ3 ފުވައްމުލައް ސްޓްރީޓް ސޮކާ 2022″ގެ ނަމުގައި ހޯދަޑު ސްޕޯޓްސް އިން އިންތިޒާމުކުރާ މަގުމަތީ ފުޓުބޯޅަ މުބާރާތުގެ ކުޅުން މިއަދު ހޯދަޑު ފުޓްސަލް ދަނޑުގައި ފަށައިފިއެވެ.

މިއީ މިފަދަ މުބާރާތެއް ފުވައްމުލައް ސިޓީގައި ބާއްވާ ފުރަތަމަ ފަހަރެވެ. މިމުބާރާތަށް ސްޓްރީޓް ސޮކާއަށް ޚާއްސަވާ ގޮތަށް ހޯދަޑު ފުޓްސަލް ދަނޑު ވަނީ ތައްޔާރުކޮށްފައެވެ. މުބާރާތުގެ ކުޅުން އޮންނަނީ ރޭގަނޑު 8:00އިން 11:00އަށެވެ.

3ދ3 ސްޓްރީޓް ސޮކާ މުބާރާތުގެ ކުޅުން 2022

މި މުބާރާތުގައި 15 ޓީމަކުން ވާދަކުރެއެވެ. ކޮންމެ ޓީމެއްގައި ވެސް އެއްފަހަރާ ކުޅެން އަރާތިބޭނީ 3 ކުޅުންތެރިންނެވެ. ބޯޅަ ބޭރުވާނޭ ރޮނގެއް ނޯވެއެވެ. އަރިމަތީ ބޯޑު ނުވަތަ ޕާޓިޝަންގައި ޖެހިފައި ދާ ބޯޅަތައް ވެސް ބަލަނީ ކުޅުމުގެ ތެރޭގައި ވާ ބޯޅައެއް ގެ ގޮތުގައެވެ. ގޯލަކަށް ހުންނަނީ ދެކޮޅުގެ ޕާޓިޝަނުން ކަނޑާފައިވާ ކުޑަ ޖާގައެކެވެ.

3ދ3 ސްޓްރީޓް ސޮކާ މުބާރާތުގެ ކުޅުން 2022

މިމުބާރާތުަގއި ވާދަކުރާ ޓީމު ތަކަކީ: 

ޑީއެސްއާރުސީ   ޓީމު ނެރެގަނޑޮ

އާޖެންޓީނާ     ދަޑިމަގު ޔަންގް ސްޓާސް

އެއްކަޅު ދޮން   އައިޝޯސްކިލް

ޓީމު ޒުވާން    އެފްސީ ދަޑިމަގު

ރެޑްބުލް      ނޫހު އެން ބޯއިސް

ފަތިސް ޕިޕަލް  ދަޑިމަގު ގޯޓްސް

ހަމާސް      މައިލޯ ފުޓްސަލް

ޓީމް ހެދިކާ އެވެ.

3ދ3 ސްޓްރީޓް ސޮކާ މުބާރާތުގެ ކުޅުން 2022

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ދަ ސްޕޮޓްއެވެ. ކޯ-ސްޕޮންސަރަކީ ކިއުބީއެމްސީއެވެ. އަދި ޕާޓުނަރުންނަކީ ރޯޔަލް ރެސްޓޮރެންޓް، އައިބޭ، އެމްއެމް ސްކްއާ، ބާބާ ގާޑިޔާ، ޕެބްލްސް ބައި ރޯޔަލް އެވެ.

މި މުބާރާތަށް ސައުންޑް ހަދިޔާކޮށް ފައިވަނީ ފުވައްމުލަކު ޕޮލިސް އިންނެވެ. އަދި މުބާރާތުގެ ބޯޅަ ވެސް ހަދިޔާކޮށްފައި ވަނީ ފުވައްމުލަކު ޕޮލިސް އިންނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !