A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީގައި ބާއްވާ އެތުލެޓިސް މުބާރާތަށް އޮފިޝަލުން ހޯދަނީ

އިންޓަ ސްކޫލް އެތުލެޓިސް މުބާރާތަށް އޮފިޝަލުން ހ

ކުރިޔަށް އޮތް ފެބްރުއަރީ މަހު ފުވައްމުލައް ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަސްކޫލް އެތުލެޓިސް މުބާރާތަށް 40 އޮފިޝަލުން ހޯދަން ފުވައްމުލައް ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ.

މި  މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ 2023 ފެބުރުއަރީ 05 އިން 10 އަށް ފުވައްމުލަކު ސްޓޭޑިއަމްގެ ޓްރެކްގައެވެ.

އޮފިޝަލަކަށް ވާން އެދޭ ފަރާތްތަކުގެ ޝަރުތަކީ އުމރުން 17 އަހަރު ފުރިފައިވުމެވެ. އެގޮތުން އުމުރު ބަލާނީ 2023 ޖެނުއަރީ 31 އަށް 17 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ.

ޓްރެކް އިވެންޓްގެ ތެރެއިން ދުވުމުގެ ކުރިޔަށް ދަނީ – މަކިޓާ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝަޕް 2019

މުބާރާތުގައި އޮފިޝަލްކަން ކުރާ ފަރާތްތަކަށް ދެން ހަމަޖެހިފައިވާ އިންޔާތްތަކަކީ:

މުބާރާތް ހިނގަމުންދާ ވަގުތު ސައި އެލަވަންސް،

މުބާރާތް ހިނގަމުންދާ ވަގުތު ބޭނުން ކުރުމަށް ހަވާލުކުރެވޭ ޓީ-ޝާޓް،

މުބާރާތުގެ ކުރިން އެތްލެޓިކްސްއާ ބެހޭ ފަންނީ ޓެކްނިކަލް ތަމްރީނު،

މުބާރާތް ނިމިގެން މަސައްކަތުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ހިމެނއެވެ.

އެގޮތުން މުބާރާރުގެ އޮފިޝަލަކަށް ވާން އެދޭ ފަރާތްތަކުން މިޖެނުއަރީ 19، (2023) ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެކަމަށް ކަނޑައެޅިފައިވާ ގޫގުލް ފޯމު ފުރުއްވުން ފުރިހަމަކޮށް ފޮނުވަން ސިޓީކައުންސިލުން އެދިފައިވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !