އެތުލެޓިކްސް މީޓް 2023 ނިންމުން – ހަވާ އެރުވުން

އިންޓަ ސްކޫލް އެތުލެޓިކްސް މީޓް 2023 - ފުވައްމުލައް. އުސްފުންމުން
Share on facebook
Share on twitter
Share on google

ފުވައްމުލައް ސިޓީގައި މިހާރު ކުރިޔަށްދާ އިންޓަ ސްކޫލް އެތުލެޓިކްސް މީޓް 2023 ނިންމުން މިރޭ އޮންނާނެއެވެ. ނިންމުމުގެ ރަސްމިއްޔާރުގައި ހަވާ އެރުވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އިންޓަ ސްކޫލް އެތުލެޓިކްސް މީޓް 2023 – ފުވައްމުލައް. މެޑެލް ދިނުމުގެ ރަސްމިއްޔާތުތައް

މި ފެބުރުއަރީ މަހު 4-10 އަށް ކުރިޔަށްގެންދާ މިއެތުލެޓިކްސް މީޓް ގައި ފުވައްމުލައް ސިޓީގެ 5 ސްކޫލަކުން ބައިވެރިވެފައި ވެއެވެ. މީގެއިތުރުން ވެސް ރަށުން ބޭރު 28 ސްކޫލަކުން މުބާރާތުގައި ވާދަކުރެއެވެ. ވަރަށް ފޯރިއާއެކު ކުރިޔަށް ދިޔަ މިމުބާރާތުގެ އެންމެ ފަހު އިވެންޓްތައް މިއަދު ހަވީރު ކުރިޔަށް ގެންދާނެއެވެ. އަދި ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ 8:15ގައި މުބާރާތް ކުރިޔަށްދާ ފުވައްމުލަކު ސްޓޭޑިއަމްގައެވެ. ނިންމުމުގެ ރަސްމިއްޔާތުގައި ވަރަށް ޚާއްސަ އިތުރު ކަންތައްތަކެއް ވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

އިންޓަ ސްކޫލް އެތުލެޓިކްސް މީޓް 2023 – ފުވައްމުލައް. ދުވުން

މި މުބާރާތުގައި ފުވައްމުލަކުގެ 3 ސްކޫލަކުން އަންނަނީ ގިނަ އިވެންޓްތަކަކުން ކާމިޔާބީ ހޯދަމުންނެވެ. އެއީ މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) އާއި ޏ.އަތޮޅު ތައުލީމީ މަރުކަޒު (ޏ.އޭއީސީ) އާއި ހާފިޒު އަހުމަދު ސްކޫލް (ހޭޒް) އިންނެވެ.

މިމުބާރާތުގައި ވަނީ ގައުމީ 1 ރެކޯޑް ހަދާފައެވެ. އެއީ އަންހެން ކުދިންގެ ބައިން އުސް ފުންމުން (ހައި ޖަމްޕު) އިންނެވެ. މީގެ އިތުރުން މިމުބާރާތުގެ 20 ރެކޯޑެއް ހަދާފައި ވެއެވެ. އެއީ:

13 އަހަރުން ދަށުގެ އަންހެން ކުދިންގެ 5 ރެކޯޑު

13 އަހަރުން ދަށުގެ ފިރިންހެން ކުދިންގެ 1 ރެކޯޑު

15 އަހަރުން ދަށުގެ އަންހެން ކުދިންގެ 1 ރެކޯޑު

17 އަހަރުން ދަށުގެ އަންހެން ކުދިންގެ 3 ރެކޯޑު

19 އަހަރުން ދަށުގެ އަންހެން ކުދިންގެ 7 ރެކޯޑު

19 އަހަރުން ދަށުގެ ފިރިންހެން ކުދިންގެ 3 ރެކޯޑު

އިންޓަ ސްކޫލް އެތުލެޓިކްސް މީޓް 2023 – ފުވައްމުލައް. ދުވުން

އިންޓަ ސްކޫލް އެތުލެޓިކްސް މީޓް 2023 – ފުވައްމުލައް ސިޓީ- ބައެއް އިވެންޓްތަކުގެ ވަނަތައް

15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 4×100 ރިލޭ

ގޯލްޑް މެޑެލް – ހާފިޒު އަހުމަދު ސްކޫލް (ހޭޒް) – ފުވައްމުލައް

ސިލްވާ މެޑެލް –  މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) – ފުވައްމުލައް

ބްރޯންޒް މެޑެލް – ޝަރަފުއްދީން ސްކޫލް – އައްޑޫ

15 އަހަރުން ދަށުގެ އަންހެން ކުދިންގެ 4×100 ރިލޭ

ގޯލްޑް މެޑެލް – ހާފިޒު އަހުމަދު ސްކޫލް (ހޭޒް) – ފުވައްމުލައް

ސިލްވާ މެޑެލް –  މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) – ފުވައްމުލައް

ބްރޯންޒް މެޑެލް – ހިތަދޫ ސްކޫލް – އައްޑޫ

17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 4×100 ރިލޭ

ގޯލްޑް މެޑެލް – ޏ.އަތޮޅު ތައުލީމީ މަރުކަޒު -ފުވައްމުލައް

ސިލްވާ މެޑެލް –  މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) – ފުވައްމުލައް

ބްރޯންޒް މެޑެލް – ފޭދޫ ސްކޫލް – އައްޑޫ

17 އަހަރުން ދަށުގެ އަންހެން ކުދިންގެ 4×100 ރިލޭ

ގޯލްޑް މެޑެލް – ޝަރަފުއްދީން ސްކޫލް – އައްޑޫ

ސިލްވާ މެޑެލް –  މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) – ފުވައްމުލައް

ބްރޯންޒް މެޑެލް – ފޭދޫ ސްކޫލް – އައްޑޫ

19 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 4×100 ރިލޭ

ގޯލްޑް މެޑެލް – އައްޑޫ ހައި ސްކޫލް -އައްޑޫ

ސިލްވާ މެޑެލް –  މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) – ފުވައްމުލައް

ބްރޯންޒް މެޑެލް – ޏ.އަތޮޅު ތައުލީމީ މަރުކަޒު -ފުވައްމުލައް

19 އަހަރުން ދަށުގެ އަންހެން ކުދިންގެ 4×100 ރިލޭ

ގޯލްޑް މެޑެލް – ޝަރަފުއްދީން ސްކޫލް – އައްޑޫ

ސިލްވާ މެޑެލް – ޏ.އަތޮޅު ތައުލީމީ މަރުކަޒު -ފުވައްމުލައް

ބްރޯންޒް މެޑެލް – މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) – ފުވައްމުލައް

އިންޓަ ސްކޫލް އެތުލެޓިކްސް މީޓް 2023 – ފުވައްމުލައް. ދުވުން

15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ މެޑްލޭ ރިލޭ

ގޯލްޑް މެޑެލް – ހާފިޒު އަހުމަދު ސްކޫލް (ހޭޒް) – ފުވައްމުލައް

ސިލްވާ މެޑެލް –  މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) – ފުވައްމުލައް

ބްރޯންޒް މެޑެލް – .އަތޮޅު ތައުލީމީ މަރުކަޒު -ފުވައްމުލައް

15 އަހަރުން ދަށުގެ އަންހެން ކުދިންގެ މެޑްލޭ ރިލޭ

ގޯލްޑް މެޑެލް – މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) – ފުވައްމުލައް

ސިލްވާ މެޑެލް – ހިތަދޫ ސްކޫލް – އައްޑޫ

ބްރޯންޒް މެޑެލް – ހާފިޒު އަހުމަދު ސްކޫލް (ހޭޒް) – ފުވައްމުލައް

17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 4×200 ރިލޭ

ގޯލްޑް މެޑެލް – ޏ.އަތޮޅު ތައުލީމީ މަރުކަޒު -ފުވައްމުލައް

ސިލްވާ މެޑެލް – ޝަރަފުއްދީން ސްކޫލް – އައްޑޫ

ބްރޯންޒް މެޑެލް – ފޭދޫ ސްކޫލް – އައްޑޫ

17 އަހަރުން ދަށުގެ އަންހެން ކުދިންގެ 4×200 ރިލޭ

ގޯލްޑް މެޑެލް – ޝަރަފުއްދީން ސްކޫލް – އައްޑޫ

ސިލްވާ މެޑެލް – މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) – ފުވައްމުލައް

ބްރޯންޒް މެޑެލް – ފޭދޫ ސްކޫލް – އައްޑޫ

19 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 4×400 ރިލޭ

ގޯލްޑް މެޑެލް – މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) – ފުވައްމުލައް

ސިލްވާ މެޑެލް – އައްޑޫ ހައި ސްކޫލް – އައްޑޫ

ބްރޯންޒް މެޑެލް – ޏ.އަތޮޅު ތައުލީމީ މަރުކަޒު -ފުވައްމުލައް

19 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 4×400 ރިލޭ

ގޯލްޑް މެޑެލް –  ޝަރަފުއްދީން ސްކޫލް – އައްޑޫ

ސިލްވާ މެޑެލް – ޏ.އަތޮޅު ތައުލީމީ މަރުކަޒު -ފުވައްމުލައް

ބްރޯންޒް މެޑެލް – މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) – ފުވައްމުލައް

އިންޑިވިޖުއަލް އިވެންޓް

15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 400 މީޓަރު ދުވުން

ގޯލްޑް މެޑެލް –  އަހުމަދު ޝާއިމް – ހޭޒް

ސިލްވާ މެޑެލް – އިބްރާހިމް އިޝާން – އެމްޖޭއެސް

ބްރޯންޒް މެޑެލް – ޒާކީ މުޖުތަބާ – މަރަދޫ ސްކޫލް

15 އަހަރުން ދަށުގެ އަންހެން ކުދިންގެ 400 މީޓަރު ދުވުން

ގޯލްޑް މެޑެލް –  ލުޔޫނާ ހަސަން – ދާންދޫ ސްކޫލް

ސިލްވާ މެޑެލް – އާމިނަޒު ޒީވާ – ހިތަދޫ ސްކޫލް

ބްރޯންޒް މެޑެލް – މަރިޔަމް އުޔޫން – އެމްޖޭއެސް

17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 400 މީޓަރު ދުވުން

ގޯލްޑް މެޑެލް –  ޒުއިޒް މުހައްމަދު – ބިލަބޮން ހައި އިންޓް.

ސިލްވާ މެޑެލް – އަބްދުﷲ ނަވާޒު – ޏ.އޭއީސީ

ބްރޯންޒް މެޑެލް – އަހުމަދު ނޫހު – ޏ.އޭއީސީ

17 އަހަރުން ދަށުގެ އަންހެން ކުދިންގެ 400 މީޓަރު ދުވުން

ގޯލްޑް މެޑެލް –  އައޝަތު އަދުފާ – ޝަރަފުއްދީން

ސިލްވާ މެޑެލް – ޔަމްހާ ނާފިއު – އެމްޖޭއެސް

ބްރޯންޒް މެޑެލް – މަރިޔަމް އަމީރާ – ފޭދޫ ސްކޫލް

19 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 400 މީޓަރު ދުވުން

ގޯލްޑް މެޑެލް –  އަލީ ސާއިން ނަސީރު – އައްޑޫ ހައި ސްކޫލް

ސިލްވާ މެޑެލް – މުހައްމަދު މާނު – އެމްޖޭއެސް

ބްރޯންޒް މެޑެލް – އަލީ މާއިޝް – އެމްޖޭއެސް

19 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 400 މީޓަރު ދުވުން

ގޯލްޑް މެޑެލް –  އާމިނަތު ލަޔާނާ – ދާންދޫ ސްކޫލް

ސިލްވާ މެޑެލް – ހައްވާ މުޒުނާ – ޝަރަފުއްދީން ސްކޫލް

ބްރޯންޒް މެޑެލް – އާމިނަތު ނުހާ – ވިލާ ކޮލެޖު

 

5.0/5.0 Article rating
1 Review
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments