އެތުލެޓިސް މުބާރާތް 2023 އަށް އެންމެ ފުރަތަމަ އައީ ޝަރަފުއްދީން ސްކޫލު ދަރިވަރުންނަށް ފުރިހަމަ މަރުހާބާއެއް ކިޔައިފި

އިންޓަ ސްޚުލް އެތުލެޓިކްސް މުބާރާތް 2023 އަށް އެންމެ ފުރަތަމަ އައި ޝަރަފުއްދީން ސްކުލުގެ ދަރިވަރުންނަށް މަރުހާބާ ކިޔަނީ
Share on facebook
Share on twitter
Share on google

އަންނަ ފެބްރުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ އިންޓަ ސްކޫލް އެތުލެޓިސް މުބާރާތް 2023 އަށް ފުވައްމުލައް ސިޓީއަށް އެންމެ ފުރަތަމަ އައީ އައްޑޫ ސިޓީ ޝަރަފުއްދީނު ސްކޫލުގެ ދަރިވަރުންނެވެ. އެސްކޫލުގެ ބައެއް ދަރިވަރުން އިއްޔެ ވަނީ ފުވައްމުލައް ސިޓީއަށް އައިސްފައެވެ.

ކަނޑުމަގުން ލޯންޗުގައި އައި އެ ދަރިވަރުންނަށް ފުވައްމުލަކު ބަނދަރުން ވަނީ ވަރަށް ފުރިހަމަ މަރުހަބާއެއް ކިޔާފައެވެ. އެގޮތުން އެ ދަރިވަރުންނަށް މާބޮނޑި އާއި އެކު ސުވެނިއާއެއް ވަނީ ހަދިޔާކޮށްފައެވެ.

އިންޓަ ސްޚުލް އެތުލެޓިކްސް މުބާރާތް 2023 އަށް އެންމެ ފުރަތަމަ އައި ޝަރަފުއްދީން ސްކުލުގެ ދަރިވަރުންނަށް މަރުހާބާ ކިޔަނީ

އިއްޔެ އައި ދަރިވަރުންނަށް މަރުހަމާ ދެންނެވީ ސިޓީ ކައުންސިލް މެމްބަރުންނާއި، އންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރުންނާއި ޏ.އަތޮޅު ތައުލީމީ މަރުޒަކުގެ ވެރިންނާއި ދަރިވަރުންނެވެ. ޝަރަފުއްދީން ސްކޫލުން އެންމެ ފުރަތަމަ އައި 6 އެތުލީޓުންނާއި މިއަދު އައި 6 އެތުލީޓުންނަށް މަރުހާބާ ދެންނެވުމަށް ފުވައްމުލައް ސިޓީގެ ފަރާތްން ގޮސް ބަނދަރު ފާލަން ހިސާބުގައި ސަފު ހަދައިގެން ތިބެ ފައިބައިގެން އައި ދަރިވަރުންނާއި ސަލާންކޮށް ހަދިޔާ ދީފައި ވެއެވެ.

އިންޓަ ސްކޫލް އެތުލެޓިސް މުބާރާތް 2023 ބޭއްވުމަށް ހަމަޖެހިފައި ވަނީ ފެބުރުއަރީ 05 އިން 10 އަށް ފުވައްމުލަކު ސްޓޭޑިއަމްގެ ޓްރެކް ދަނޑުގައެވެ.

އިންޓަ ސްޚުލް އެތުލެޓިކްސް މުބާރާތް 2023 އަށް އައި ޝަރަފުއްދީން ސްކުލުގެ ދަރިވަރުންނަށް މަރުހާބާ ކިޔުން

މިމުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގިނަ ކަންތައްތަކެއް ފުވައްމުލައް ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ. އެގޮތުން މުބާރާތުގެ ކައުންޓްޑައުން ކުރިޔަށް ގެންދިއުމާއި، މުބާރާތާއި ގުޅުވައިގެން ފުވައްމުލައް ސިޓީ ސާފުކުރުމާއި، ނައިޓް މާކެޓެއް ބޭއްވުމާއި ތަފާތު އިތުރު ކަންތައްތައް ކުރިޔަށް ގެންދިއުން ވެސް ހިމެނެއެވެ.

މިމުބާރާތުގައި އޮފިޝަލުންގެ ގޮތުގައި 40 މީހުން ވަނީ ތަމްރީނުކުރަން ނިންމާފައެވެ. އޮފިޝަލުންނަށް ތަމްރީނުވުމުގެ ޝަރުތަކީ އުމުރުން 17 އަހަރު ފުރިފައިވުމެވެ.

3.7/5.0 Article rating
3 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments