A wide advertisement which will be shown on all devices. (700 x 100)

ގައުމީ ޓޭބަލް ޓެނިސް މުބާރާތުން ފުވައްމުލަކުގެ ޒުވާން ޓީމަށް ފަޚުރުވެރިވަނަތަކެއް

މާލޭގައި ކުރިއަށް ދިޔަ ރާއްޖޭގެ 61 ވަނަ ގައުމީ ޓޭބަލް ޓެނިސްގެ ޒުވާން އުމުރުފުރާގައި ފުވައްމުލަކުގެ ޓީމުން ފަޚުރުވެރި ވަނަތަކެއް ހޯދައިފިއެވެ. 28 އޮކްޓޯބަރ 2023 އިން 02 ނޮވެންބަރ 2023 އަށް ކުރިއަށްދިޔަ މިމުބާރާތުގެ 13 އަަހަރުންގެ ދަށުގެ ފިރިހެން ކުދިން ސިންގަލްސް ބައިން ޗެންޕިއަންކަން އަދި ރަނައަޕްކަން ހޯދުމުގެ އިތުރުން މިއުމުރު ފުރައިގެ އަންހެން ކުދިންގެ ސިންގަލް ބައިން ރަނައަޕާއި ސެކަންޑް ރަނައަޕް ހޯދާފައިވަނީ ފުވައްމުލަކު ޒުވާން ޓީމުންނެވެ. މީގެ އިތުރުން 15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ޑަބަލްސް ބައިން ސެކަންޑް ރަނައަޕާއި މިއުމުރުފުރާގެ ސިންގަލްސް އަންހެން އަދި ފިރިހެން ސެކަންޑް ރަނައަޕް ހޯދާފައިވަނީވެސް ފުވައްމުލަކުގެ ޒުވާން ޓީމުންނެވެ.

61 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ވަނަތަކަށް އައި ފުވައްމުލަކު ޓީމުގެ ކުޅިންތައް:

13 އަހަރުން ދަށުގެ ފިރިހެން

 • ސިންގަލްސް ޗެމްޕިއަން: ޔަޒީން ހުސެއިން ޝަރީފް
 • ސިންގަލްސް ރަނަރަޕް: މުހައްމަދު ޒާއިމް އަހުމަދް

13 އަހަރުން ދަށުގެ އަންހެން

 • ސިންގަލްސް ރަނަރަޕް: އާމިނަތު ޒާޔާ އަބްދުލް އަޒީޒް
 • ސިންގަލްސް ސެކަންޑް ރަނަރަޕް: އާމިނަތު ޝާޔަން

15 އަހަރުންގެ ދަށުގެ ފިރިހެން

 • ޑަބަލްސް ސެކަންޑް ރަނަރަޕް: ޔަޒީން ހުސެއިން ޝަރީފް އަދި މުހައްމަދު އާން އަލީ
 • ޑަބަލްސް ސެކަންޑް ރަނަރަޕް: މުހައްމަދު ޒާއިމް އަހުމަދު އަދި އައިމަން އަހުމަދް ރަޝީދް
 • ސިންގަލްސް ސެކަންޑް ރަނަރަޕް: މުހައްމަދު ޒާއިމް އަހުމަދު

15 އަހަރުން ދަށުގެ އަންހެން

 • ސިންގަލްސް ސެކަންޑް ރަނަރަޕް: އާމިނަތު ޝާޔަން

17 އަހަރުން ދަށުގެ ފިރިހެން

 • ޑަބަލްސް ސެކަންޑް ރަނަރަޕް: މުހައްމަދު އައިމަން ރަޝީދު

ފުވައްމުލަކު ސިޓީގެ ޒުވާން ޓޭބަލް ޓެނިސް ކުޅިންތެރިން ގައުމީ މުބާރާތުގައި އަލަށް ބައިވެރިވެފައިވަނީ މިދިޔަ އަހަރުއެވެ. އެފަހަރުވެސް ފުވައްމުލަކު ޒުވާން ޓީމުން ފަޚުރުވެރިވަނަ ތަކެއް ހޯދާފައިވެއެވެ. މިދިޔަ އަހަރުވެސް 13 އަހަރުން ދަށުގެ އުމުރުފުރާގެ ބައިންނާއި 17 އަހަރުން ދަށުގެ އުމުރުފުރާގެ ބައިން ޗެމްޕިއަން ކަމާއި ރަނަރަޕް ކަން އަދި 3 ވަނަ މަގާމު މިދިޔަ އަހަރުވެސް ހޯދާފައިވެއެވެ.

މިދިޔަ 60 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގައި ފުވައްމުލަކު 13 އަހަރުން ދަށުގެ ކުޅުންތެރިން ހޯދި ކާމިޔާބީތައް؛

13 އަހަރުން ދަށުގެ ފިރިހެން

 • ޑަބަލްސް ޗެމްޕިއަން: އައިމަން އަހުމަދު ރަޝީދު އާއި ޔަޒީން ހުސައިން ޝަރީފް
 • ޑަބަލްސް ރަނަރަޕް: މުހައްމަދު ޒާއިމް އަހްމަދު އާއި މުހައްމަދު އާން އަލީ
 • ސިންގަލްސް 3 ވަނަ: މުހައްމަދު އާން އަލީ

13 އަހަރުން ދަށުގެ އަންހެން

 • ޑަބަލްސް ޗެމްޕިއަން: މިޝްޔާ އަހުމަދު އާދަމް އާއި އާމިނަތު ޒާޔާ އަބްދުލް އަޒީޒް
 • ޑަބަލްސް 3 ވަނަ: އައިޝަތު ނަބާހަތު އަމްޖަދު އާއި އާމިނަތު ޝަޔާން
 • ސިންގަލްސް ޗެމްޕިއަން: މިޝްޔާ އަހުމަދު އާދަމް
 • ސިންގަލްސް ރަނަރަޕް: އާމިނަތު ޒާޔާ އަބްދުލް އަޒީޒް
+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !