ބޮޑުބެ ގްރޫޕުން ފުވައްމުލަކު ސިޓީގައި ބޭއްވި ފުޓްސަލް މުބާރާތް ވަގުތު ބޮޑުބެ ޗެލެންޖް ފުޓްސަލް މުބާރާތުގެ ތަށި ޔުނައިޓެޑް ދިގުވާޑޮއިން ކާމިޔާބުކޮށްފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ޔުނައިޓެޑް ދިގޮވާޑޮއިން ހޯދާފައިވަނީ ފައިނަލް މެޗުގައި ދަޑިމަގު ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބާއި ވާދަކޮށް ލަޑެއްނުޖެހި އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 1-3 އިން މޮޅުވެގެނެވެ.
މުބާރާތުގެ ކިންގް އޮފްދަ ޓޯނަމަންޓަކަށް ދަޑިމަގު ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ ސާމިން މުޙައްމަދު ނަސީރު ހޮވުނުއިރު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔުނައިޓެޑް ދިގުވާނޑޮގެ އަލީ ޝިޔާހު އެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ ދަޑިމަގު ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް ޖޫނިއަރސްގެ ލުޖައިން ޙަސަން އަކްމަލް އެވެ. ފެއަރޕްލޭ ޓީމަކީ ދަޑިމަގު ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަން ޖޫނިއަރސް އެވެ. ރަންބޫޓް ދެ ކުޅުންތެރިއަކު ހިއްސާކުރިއެވެ. އެއީ އައްޔަނި ސްޕޯރޓްސް ކްލަބްގެ އަލީ ޝަމާލް އަބްދުالله އާއި ދަޑިމަގު ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ ސާމިން މުޙައްމަދު މޫސާ އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ޗެމްޕިއަންކަން ހޯދައިދިން ކޯޗު ޢަބްދުالله އަޙުމަދު އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ:
- މުޙައްމަދު ވިޝާހު ޢިބްރާހީމް (ޔުނައިޓެޑް ދިގުވާނޑޮ)
- އަލީ ޝަމާލް ޢަބްދުالله (އައްޔަނި ސްޕޯރޓްސް ކްލަބް)
- ސާމިން މުޙައްމަދު ނަސީރު (ދަޑިމަގު ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް
- ޒަޢިދާން އަޙުމަދު (ޔުނައިޓެޑް ދިގުވާނޑޮ)
- ޢަހުމަދު ހަމީދު (ދަޑިމަގު ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް)
ފުވައްމުލަކު ސިޓީގައި މިހާތަނަށް ބޭއްވުނު އެންމެ އަގުބޮޑު ފުޓްސަލް މުބާރާތުގެ ގޮތުގައި ފާހަގަކޮށްފައިވާ މިމުބާރާތުގައި ރާއްޖޭގެ މަޝްހޫރު ގިނަ ފުޓްސަލް ތަރިންތަކެއް ބައިވެރިވިއެވެ.
ޚިޔާލުތައް