A wide advertisement which will be shown on all devices. (700 x 100)

މިފަހަރު ވެސް ޗެމްޕިއަންކަން ހޯދީ ހޯދަޑު ސްޕޯޓްސް އިން

ސިޓީ ކައުންސިލް ފުޓްސަލް މުބާރާތް 2022- ޗެމްޕެިން ޓީމު ހޯދަޑު ސްޕޯޓްސް

ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް ޓޯނަމެންޓް 2022” ގެ ޗެމްޕިއަންކަން ހޯދަޑު ސްޕޯޓްސް އިން ހޯދައިފިއެވެ.

އެޓީމުން ޖެހިޖެހިގެން 4 ފަހަރު މިމުބާރާތް ކާމިޔާބުކުރީ މިރޭ ކުޅެވުނު ފައިނަލްމެޗުގައި ޕެނަލްޓީ ޖަހައި 6-7 އިން މޮޅުވެގެންނެވެ. ފައިނަލުގައި ހޯދަޑު ސްޕޯޓްސް އާއި ވާދަކުރީ މިދިޔަ އަހަރު ވެސް ފައިނަލްގައި ކުޅެ ބަލިވި އެފްސީ ދޫނޑިގަލޯނާ ޓީމެވެ.

އެފްސީ ދޫނޑިގަލޯނާއިން ޓައިމް އައުޓެއް ނަގައި މެޗު ކާމިޔާބުކުރެވޭތޯ އިތުރު މަޝްވަރާގައި

ގިނަ އަދަދެއްގެ ސަޕޯޓަރުން ކުރިމަތީގައި ދެޓީމުން ވެސް ބައިކޮޅަށް ގޯލެއް ވަނަ ނުދީ އިދިކޮޅު ގޯލަށް ހަމަލާތައް ދީގެން މެޗުން މޮޅުވުމަށް ކުޅެމުން ދިޔަތަން ފެނުނެވެ. ދެޓީމުން ވެސް އިދިކޮޅު ގޯލަށް ނުރައްކާތެރި ހަމަލަތައް ފޮނުވާމުން ދިޔައެވެ. މުޅި މެޗަށް ބަލާއިރު ހޯދަޑު ޓީމުން މެޗްގެ ކޮންޓްރޯލް ގިނައިރު ހޯދައި ގިނަ ހަމަލާތަކެއް ވެސް އިދިކޮޅު ގޯލަށް ދެމުން ދިޔައެވެ. ވުމާއެކު ޕެނަލްޓީގައި 1 ގޯލުގެ ތަފާތުން މޮޅުވިޔަސް މިއީ އެޓީމުގެ މޮޅުކުޅުމާއެކު ހައްގު މޮޅެކެވެ.

މުޅި މެޗުގައި ވެސް އިދިކޮޅު ގޯލު ހުހަށް ފުރުސަތެއް ލިބުނީ ހޯދަޑު ޓީމުގެ ޖާޒީ ނަމްބަރު 97 ޝާފިއު އަށެވެ. ހުސް ގޯލަށް އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއާއެވެ. އެނޫންވެސް ގިނަ ހަމަލާ ތަކެއް ހޯދަޑު ޓީމުން އިދިކޮޅު ގޯލަށް ފޮނުވާލިއެވެ. އަދި އެފްސީ ދޫނޑިގަލޯނާގެ ކީޕަރުވަނީ ގިނަ ހަމަލާތަކެއް ދިފާޢުކޮށްފައެވެ.

އެފްސީ ދޫނޑިގަލޯނާގެ ޓީމުންވެސް މެޗުގައި ހޯދަޑު ޓީމުގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލިއެވެ. ނަމަވެސް މެޗުގެ 20 މިނިޓްގެ ދެހާފުވެސް ނިމިގެންދިޔައީ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވިއެވެ. އެއާއެކު ދެން ކުރިޔަށްދިޔައީ ޕެނަލްޓީ ޖެހުމެވެ.

ޗެމްޕިއަންކަން ލިބުމުން ހޯދަޑު ޓީމުން ސަޕޯޓަރުންނާއެކު އުފާ ފާޅުކުރުމުގައި 2022

މެޗުގެ ނަތީޖާ ނެރުމަށް ޖުމުލަ 7 ޕެނަލްޓީ ކޮންމެ ޓީމަކުން ވެސް ޖަހަން ޖެހުނެވެ. ދޫނޑިގަމު ޓީމުން ޖަަން ފެށި ޕެނަލްޓީތައް ދެ ޓީމުން ވެސް ކާމިޔާބުކުރަމުން ގޮސް ދޫނޑިގަމު ޓީމުގެ 4 ވަަނަ ޕެނަލްޓީ ޖެހި ޖ.2 ފޮނުވާލި ބޯޅަ ބޭރަށް ދިއުމާއިއެކު ހޯދަޑު ޓީމަށް ހިތްހަމަޖެހުން ލިބުނީ އެޓީމުގެ 4 ވަނަ ޕެނަލޓީ ކަމިޔާބު ކުރެވުމުންނެވެ. ނަމަވެސް ހޯދަޑު ޓީމުގެ ޖ.10 ފޮނުވާލި 5 ވަނަ ޕެނަލްޓީ ދޫނޑުގަމު ކީޕަރު ދިފާއުކޮށް 4-4ން ދެޓީމު އެއްވަރުވިއެވެ. އެއާއެކު ދެން ޖެހިގެން އައި 6 ވަނަ ޕެނަލްޓީ ދެޓީމުން ވެސް ކާމިޔާބުކުރިއެވެ. ނަމަވެސް ދޫނޑިގަމު ޓީމުގެ 7 ވަނަ ޕެނަލްޓީ ހޯދަޑު ކީޕަރު އަޝްރަފު ދިފާއުކޮށް އެޓީމަށް ޕެނަލްޓީގައި ލީޑް ނަގައި ދިނެވެ. އަދި ހޯދަޑު ޓީމުގެ 7 ވަނަ ޕެނަލްޓީ ޖ.8 ހުސޭން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިންކަން ތަކުރާރުކޮށް 4 ވަނަ ފަހަރާ ހޯދިއެވެ.

ވުމާއެކު މެޗުގެ ފައިނަލް ނަތީޖާ ވެގެން ދިޔައީ 6-7 އިން ހޯދަޑު ސްޕޯޓްސް މެޗުން މޮޅުވުމެވެ.

މުބާރާތް ނިމުމާއެކު މުބާރާތުގެ ރެފްރީންނާއި ޖަޖުން އަދި ވަންތަކަށް އިނާމާއި ހަނދާނީ ލިޔުން، ތަށި އަދި މެޑަލް ދިނުން އޮތެވެ.

މުބާރާތުގެ ރަނަރަޕް ޓީމު – އެފްސީ ދޫނޑިގަލޯނާ، 2022

މުބާރާތުގެ ވަނަތައް

މުބާރާތުގެ ޗެމްޕިއަން ޓީމު: ހޯދަޑު ސްޕޯޓްސް

މުބާރާތުގެ ރަނަރަޕް ޓީމު: އެފްސީ ދޫނޑިގަލޯނާ

މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ؛ އަލީ ލިރުޣާމު ޖނ. 9 ހޯދަޑު ސްޕޯޓްސް – 4 ގޯލު

މުބާރާތުގެ ރައިޒިން ޕްލެޔާ: ދަޑިމަގު ސްޕޯޓްސް އެންޑް ރިކްރިއޭޝަން ބީ ޖ. 22 މުހައްމަދު ލޫތު އާގިސް

މުބާރާތުގެ އެންމެ މޮޅު ކޯޗު: އަލީ އަންޝާދު – ހޯދަޑު ސްޕޯޓްސް

މުބާރާތުގެ ޝަރަފުވެރި މަގާމުތައް

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން

  1. އަލީ ލިރުޣާމު، ޖނ 9 – ހޯދަޑު ސްޕޯޓްސް
  2. ހަސަން ޝިފާޒު، ޖނ 1 – އެފްސީ ދޫނޑިގަލޯނާ
  3. އަލީ ޝަމާލު އަބްދުﷲ، ޖނ 17 – އެފްސީ ދޫނޑިގަލޯނާ
  4. އިސްމާއީލް އަލީފު، ޖނ 12 – މާލެގަން ސްޕޯޓްސް ކްލަބު
  5. އަބަދުﷲ ޝާފިއު، ޖނ 97 – ހޯދަޑު ސްޕޯޓްސް

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން 2022

މިމުބާރާތުގެ ފައިނަލުގައި ވާދަކުރަނީ މިފަހަކަށް އައި ފުވައްމުލަކުގެ ފުޓްބޯޅާގައި އެންމެ ވަރުގަދަ ދެ ޓީމުކަމަށް ސާބިތުކޮށްދެމުން އަންނަ ހޯދަޑު ސްޕޯޓްސް އާއި އެފްސީ ދޫނޑިގަލޯނާގެ ޓީމެވެ. މިމުބާރާތުގައި މި ދެ އަވަށަށް ނިސްބަތްވާ ޖޫނިއާ ޓީމެއް ވެސް ވާދަކޮށްފައި ވެއެވެ.

ހޯދަޑު ޓީމުން ވަނީ ޖެހިޖެހިގެން 3 ފަހަރު ފުޓްސަލް މުބާރާތް ކާމިޔާބުކޮށްފައި 2021

2022 ފުވައްމުލައް ސިޓީ ކައުންސިލްގެ ފުޓްސަލް މުބާރާތް 2022ގެ ޗެމްޕިއަން ޓީމު  – ހޯދަޑު ސްޕޯޓްސް

2021 މެޖިކްލީން ފުވައްމުލައް ސިޓީ ކައުންސިލްގެ ފުޓްސަލް މުބާރާތް 2021ގެ ޗެމްޕިއަން ޓީމު  – ހޯދަޑު ސްޕޯޓްސް

2020 މާލެގަން ފުޓްސަލް ޗެލެންޖް 2020ގެ ޗެމްޕިއަން ޓީމު  – ހޯދަޑު ސްޕޯޓްސް

2020 ހަވިއްތަ ފުޓްސަލް ޗެލެންޖް 2022ގެ ޗެމްޕިއަން ޓީމު  – ހޯދަޑު ސްޕޯޓްސް

2019 ސިޓީ ކައުންސިލް ފުޓްސަލް މުބާރާތް – ޗެމްޕިއަން ޓީމު  – ހޯދަޑު ސްޕޯޓްސް

2018 ސިޓީ ކައުންސިލް ފުޓްސަލް މުބާރާތް – ޗެމްޕިއަން ޓީމު  – ހޯދަޑު ސްޕޯޓްސް

2017 ސިޓީ ކައުންސިލް ފުޓްސަލް މުބާރާތް – ޗެމްޕިއަން ޓީމު  – އެމްޕީއެލް ޓީމު

2016 މިސްކިތްމަގުން ބޭއްވި “އެފްވީއެމް ފުޓް ސަލް ޗެލެންޖް” ޗެމްޕިއަން ޓީމު- ދިގުވާނޑު ކޭ ޓައުން

ފުޓްސަލް މުބާރާތުގެ ޗެމްޕިއަން – ހޯދަޑު ސްޕޯޓްސް. – 2018 ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !