A wide advertisement which will be shown on all devices. (700 x 100)

ފުޓްސަލް މުބާރާތް 2022: ފައިނަލަށް ދޫނޑިގަލޯނާ އާއި ހޯދަޑު ސްޕޯޓްސް

ސެމީފައިނަލް ދެ މެޗ

ފުވައްމުލަކު ސްޓޭޑިއަމްގައި ކުޅެވުނު ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތް 2022 ގެ ސެމީފައިނަލް 2 މެޗު ކާމިިޔާބުކޮށްގެން މުބާރާތުގެ ފައިނަލަށް އެފްސީ ދޫނޑިގަލޯނާއާއި ހޯދަޑު ސްޕޯޓްސްގެ ޓީމު ހިނގައްޖެއެވެ.

ރޭގެ ގަދަ ވާރޭތެރޭ ކުރިޔަށް ދިޔަ ސެމީ ފައިނަލް ފުރަތަމަ މެޗުގައި އެފްސީ ދޫނޑިގަލޯނާ ވަނީ ފަސޭހަކަމާއެކު ދަޑިމަގު ސރކ ގެ ބީޓީ މު 4-0 އިން ބަލިކޮށްފައެވެ. ދަޑިމަގު ސރކ ގެ އޭ ޓީމު ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކަޓާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ ދޫނޑިގަލޯނާ ގެ ޖާޒީ ނަމްބަރު 17 އަލީ ޝަމާލު އަބްދުﷲ އެވެ.

އެފްސީ ދޫނޑިގަލޯނާ ޓީމު

ރޭ ކުޅެވުނު ދެ ވަނަ ސެމީ ފައިނަލް މެޗު ވެގެން ދިޔައީ ފޯރި ގަދަ ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މެޗަކަށެވެ. މިމެޗުގައި ވާދަކުރީ ހޯދަޑު ސްޕޯޓްސް އާއި މާލެގަން ސްޕޯޓްސް ކްލަބެވެ. މިމެޗު 3 ލަނދު 0 ލަނޑުން ކާމިޔާބުކުރީ ހޯދަޑު ސްޕޯޓސް ކްލަބެވެ. އެޓީމުން ވަނީ މެޗުގެ ފުރަތަމަ ހާފުގައި 2 ގޯލަު ޖަހައިފައެވެ. އަދި ފަހު ގޯލު ޖެހީ ފަހުހާފުގެ ފަހު ބައިގައެވެ. މިމެޗުގައި ވެސް ވާރޭގެ ސަބަބުން ރީތި ޕާސިން ގޭމެއް ކުޅެން ދެ ޓީމަށްވެސް އުނދަގޫވެގެން ދިޔައެވެ.

ހޯދަޑު ސްޕޯޓްސް ގެ ދެޓީމު

މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިގފައި ވަނީ ހޯދަޑު ސްޕޯޓްސް ގެ ޖާޒީނަމަބަރު 97 އަބަދުﷲ ޝާފިއު އެވެ.

މިމުބާރާތުގެ ފައިނަލް މެޗު އޮންނާނީ މާދަމާ ނޫން އަނެއް ދުވަހުގެ ރޭގަނޑު 8:30 ގައެވެ.

ފައިނަލް މެޗު: 7 ޖުލައި 2022، ރޭގަނޑު 8:30 އެފްސީ ދޫނޑިގަލޯނާ އާއި ހޯދަޑު ސްޕޯޓްސް

ރޭގެ ސެމީ ފައިނަލް ދެ ވަނަ މެޗު

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !