ސިޓީ ކައުންސިލް ފުޓްސަލް މުބާރާތުގެ ފައިނަލް މިރޭ

ސިޓީ ކައުންސިލް ފުޓްސަލް މުބާރާތުގެ ފައިނަލް މެޗު 2022- ހޯދަޑު ސްޕޯޓްސް އައި އެފްސީ ދޫނޑިގަލޯނާ
Share on facebook
Share on twitter
Share on google

ފުވައްމުލައް ސިޓީ ކައުންސިލުން މިއަހަރު ބާއްވާ ފުޓްސަލް މުބާރާތުގެ ފައިނަލް މެޗު މިރޭ ފުވައްމުލަކު ސްޓޭޑިއަމްގައި ކުޅޭނެއެވެ.

މިމުބާރާތުގެ ފައިނަލުގަިއ ވާދަކުރަނީ މިފަހަކަށް އައި ފުވައްމުލަކުގެ ފުޓްބޯޅާގައި އެންމެ ވަރުގަދަ ދެ ޓީމުކަމަށް ސާބިތުކޮށްދެމުން އަންނަ ހޯދަޑު ސްޕޯޓްސް އާއި އެފްސީ ދޫނޑިގަލޯނާގެ ޓީމެވެ. މިމުބާރާތުގައި މި ދެ އަވަށަށް ނިސްބަތްވާ ޖޫނިއާ ޓީމެއް ވެސް ވާދަކޮށްފައި ވެއެވެ.

ހޯދަޑު ސްޕޯޓްސް – ފުޓްސަލްގައި ކާމިޔާބު ޓީމެއް

މިރޭގެ ފައިނަލް މެޗުގެ ފޯރި ގަދަވެގެންދާނެ ކަމަށް ބެލެވެނީ މިއީ މިމުބާރާތުގައި ފެނުނު އެންމެ މޮޅު ދެޓީމު ކަމަށްވުމެވެ. އަދި ފާއިތުވި އަހަރުގެ ފައިނަލްގައި ވާދަކޮށްފައިވާ ދެ ޓީމުކަމަށް ވުމުން ވެސް މެއެވެ. މިމުބާރާތުގެ ގްރޫޕް ސްޓޭޖުގައި މިދެޓީމު ދެ ގުރޫޕެއްގައި ހިމެނުމުން މީގެގެ ކުރިން ބައްދަލުކޮށްފައެއް ނުވެއެވެ.

ފުވައްމުލަކުގެ ފުޓްސަލް ގައި މިދެޓީމާއި އެންމެ ވާދަވެރިކޮށް ފެންނަނީ މާލެގަމު ސްޕޯޓްސް އާއި ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. މިމުބާރާތުގެ ސެމީ ފައިނަލުގައި ހޯދަޑު ސްޕޯޓްސް އިން ވަނީ މާލެގަމު ސްޕޯޓްސް ބަލިކޮށް ފައިނަލުގެ ޖާގަ ހޯދާފައެވެ. ފާއިތުވި 2021 ވަނަ އަހަރުގެ ސެމީ ފައިނަލުގައި އެފްސީ ދޫނޑިގަލޯނާއިން ވަނީ މާލެގަން ސްޕޯޓްސް ބަލިކޮށް ފައިނަލުގެ ޖާގަ ހޯދާފައެވެ. އެފަހަރު ހޯދަޑު ސްޕޯޓްސްއިން ފައިނަލުގެ ޖާގަ ހޯދީ އެފްސީ ދަޑިމަގު ބަލިކޮށްގެނެވެ. މިފަހަރު ދަޑިމަގު 1ނަމަބަރު ޓީމު ސެމީ ފައިނަލަށް ނުދިޔައަށް އެމީހުންގެ 2 ނަމްބަރު ޓީމު ސެމީއިން ޖާގަ ހޯދަިއެވެ. އަދި އެފްސީ ދޫނޑިގަލޯނާ އިން މިފަހަރުގެ ފައިނަލުގެ ޖާގަ ހޮދީ ދަޑިމަގު ބީ ޓީމު ބަލިކޮށްގެންނެވެ.

އެފްސީ ދޫނޑިގަލޯނާ ޓީމު – ފުޓްސަލް ގައި މޮޅުކުޅުމެއް ދައްކާ

ފައިތުވި 2021 ވަނަ އަހަރުގެ މުބާރާތް ބޭއްވީ ޓައިޓްލް ސްޕޮންސަރެއްގެ ގޮތުން މެޖިކްލީން ފުވައްމުލައް ސިޓީ ކައުންސިލްގެ ފުޓްސަލް މުބާރާތް 2021ގެ ނަމުގައެވެ. އެމުބާރާތުގެ ޗެމްޕިއަންކަން ހޯދަޑު ސްޕޯޓްސް އިން ހޯދީ 1-0 އިން އެފްސީ ދޫނޑިގަލޯނާ ބަލިކޮށްގެންނެވެ. ފުޓްސަލް މެޗެއްގައި 1-0ގެ ނަތީޖާއިން ދައްކައިދެނީ ދެޓީމެއްގެ ހަމަހަމަ ކުޅުމުވެ. ކޮންމެ ޓީމަކަށް ވެސް މޮޅުވުމުގެ ފުރުސަތު ހުޅުވިފައިވާ މިންވަރެވެ.

ފުވައްމުލައް ސިޓީގެ ފުޓްސަލްގައި ހޯދަޑު ޓީމުން ރަސްކަން ކުރަމުން އަންނަތާ 4 އަހަރުވީއެވެ. ފާއިތުވި ހުރިހާ މުބާރާތްތަކެއް ހެން އެޓީމުން ވަނީ ކާމިޔާބުކޮށްފައެވެ.

2021 މެޖިކްލީން ފުވައްމުލައް ސިޓީ ކައުންސިލްގެ ފުޓްސަލް މުބާރާތް 2021ގެ ޗެމްޕިއަން ޓީމު  – ހޯދަޑު ސްޕޯޓްސް

2020 މާލެގަން ފުޓްސަލް ޗެލެންޖް 2020ގެ ޗެމްޕިއަން ޓީމު  – ހޯދަޑު ސްޕޯޓްސް

2020 ހަވިއްތަ ފުޓްސަލް ޗެލެންޖް 2022ގެ ޗެމްޕިއަން ޓީމު  – ހޯދަޑު ސްޕޯޓްސް

2019 ސިޓީ ކައުންސިލް ފުޓްސަލް މުބާރާތް – ޗެމްޕިއަން ޓީމު  – ހޯދަޑު ސްޕޯޓްސް

2018 ސިޓީ ކައުންސިލް ފުޓްސަލް މުބާރާތް – ޗެމްޕިއަން ޓީމު  – ހޯދަޑު ސްޕޯޓްސް

2017 ސިޓީ ކައުންސިލް ފުޓްސަލް މުބާރާތް – ޗެމްޕިއަން ޓީމު  – އެމްޕީއެލް ޓީމު

2016 މިސްކިތްމަގުން ބޭއްވި “އެފްވީއެމް ފުޓް ސަލް ޗެލެންޖް” ޗެމްޕިއަން ޓީމު- ދިގުވާނޑު ކޭ ޓައުން

ފުޓްސަލް މުބާރާތުގެ ޗެމްޕިއަން – ހޯދަޑު ސްޕޯޓްސް. – 2018 ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments