A wide advertisement which will be shown on all devices. (700 x 100)

ފުޓްސަލް މުބާރާތް 2022: ސެމީފައިނަލުގެ ފަހު ޖާގަ ދަޑިމަގު ބީ ޓީމަށް

ސިޓީ ކައުންސިލް ފުޓްސަލް މުބާރާތް 2022

ފުވައްމުލަކު ސްޓޭޑިއަމްގައި މިހާރު ކުރިޔަށްދާ ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތް 2022 ގައި ރޭ ކުޅެވުނު ގްރޫޕް ސްޓޭޖުގެ ފަހުމެޗުތަކާއެކު މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ދަޑިމަގު ސރކ ޖޫނިއާސް އަށް ލިބިއްޖެއެވެ.

މުބާރާތުގެ 4 ވަނަ ދުވަހުގެ މޮޅު ކުޅުންތެރިން

ގްރޫޕް 2 އިން ދެވަނަ ޓީމުގެ ގޮތުގައި ދަޑިމަގު ސރކ ޖޫނިއާސް ޖާގަ ހޯދީ ރޭ ކުޅެވުނު ފަހު މެޗު 4-3 އިން ދޫނޑިގަލޯނާ ޖޫނިއަސް ބަލިކުރުމަށްފަހު އެވެ. މި މޮޅާއެކު އެޓީމަށް ގްރޫޕްގެ 2 ވަނަ ލިބެނީ 6 ޕޮއިންޓާއެކު އެވެ. މިގްރޫޕްގެ 1 ވަނަ ހޯދަޑު ސްޕޯޓްސް އަށް ލިބެނީ 9 ޕޮއިންޓާއެކު އެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ދަޑިމަގު ސރކ ޖޫނިއާސްގެ  ޖާޒީ ނަމްބަރު 10 އައިމަން މުހައްމަދު ޒާހިރު އެވެ.

މިގްރޫޕުން ރޭ ދެން ކުޅެވުނު މެޗުގައި ބައްދަލުކުރީ ހޯދަޑު އަވަށަށް ނިސްބަތް ވާ ދެ ޓީމެވެ. މިމެޗު ހޯދަޑު ސްޕޯޓްސް އިން ކާމިޔާބުކުރީ 3 ލަނޑު 1 ލަނޑުން ހޯދަޑު ސްޕޯޓްސް ބީ ޓީމު ބަލިކޮށްގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ހޯދަޑު ސްޕޯޓްސް ގެ ޖާޒީ ނަމްބަރު 10 ނަޝާހު އަހުމަދު އެވެ.

 

ހޯދަޑު ސްޕޯޓްސް އާއި ހޯދަޑު ސްޕޯޓްސް ބީގެ މެޗު

އިއްޔެ ދެން ކުޅެވުނީ ގްރޫޕް 1 ގެ ފަހު މެޗެވެ މިމެޗު ކިއްލާ ސްޕޯޓްސް ކްލަބް 7-0 އިން ބަލިކޮށް މެޗު ކާމިޔާބުކުރީ ދަޑިމަގު ސރކ އެވެ. މިމެޗަށް ނުކުތް އިރުވެސް މިދެޓީމު ވެސް ވަނީ މުބާރާތުން ކަޓާފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ދަޑިމަގު ސރކ ގެ ޖާޒީ ނަމްބަރު 10 އަހުމަދު ސިނާހު އެވެ.

އެފްސީ ދޫނޑިގަލޯނާ ޓީމު

މި މިއަދު ކުޅޭނީ މުބާރާތުގެ ސެމީފައިނަލް ދެމެޗެވެ. މިދެމެޗު ވެސް ކުޅޭނީ މިރެއެވެ. މުބާރާތުގެ ފައިނަލް ކުޅޭނީ  1 ދުވަސް ދޫކުރުމަށްފަހު މިމަހުގެ 7 ވަނަ ދުވަހުގެ ރެއެވެ.

5 ވަނަ ދުވަސް

ސެމީ ފައިނަލް 1 ރޭގަނޑު 8:30  ދަޑިމަގު ސރކ ޖޫނިއާސް އާއި އެފްސީ ދޫނޑިގަލޯނާ

ސެމީފަިއނަލް 2 ރޭގަނޑު 9:40 ގައި ހޯދަޑު ސްޕޯޓްސް އާއި މާލެގަމު ސްޕޯޓްސް ކްލަބް

ފައިނަލް މެޗު 7 ޖުލައި ރޭގަނޑު 8:30  ގައި ……..

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !