ހުޅުމާލޭގެ ފޭސް 2 ގެ ފުޓްސަލް ދަނޑުގައި ކުރިއަށްދާ ވަގުތު މަޅި ފުޓްސަލް ޗެލެންޖުގެ ދެވަނަ ބުރަށް ފުވައްމުލަކު ސިޓީގެ ހޯދަޑު ސްޕޯޓްސް ކްލަބު ދަތުރުކޮށްފިއެވެ. ހޯދަޑު ސްޕޯޓްސް ކްލަބް ދެވަނަ ބުރަށް ދަތުރުކޮށްފައިވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އެ ގްރޫޕުގެ އެއްވަނައިގެ ގޮތުގައެވެ.
ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ހޯދަޑު ޓީމު ބައްދަލުކުރީ ކްލަބު ޓެކްގެ ޓީމާއި މިމެޗު 2-0 ލަޑުން ހޯދަޑު ޓީމުން ކާމިޔާބުކުރި އިރު ދެވަނަ މެޗު އެފްސީ ފައިގަތަޅާ އަތުން 1-3 އިން ހޯދަޑު ޓީމުން ވަނީ ކާމިޔާބުކޮށްފައެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބީޖީ އާއި ވާދަކޮށް 2-2 އިން އެއްވަރުވެ މިމުބާރާތުގެ ދެވަނަ ބުރަށް ހޯދަޑު ޓީމު ވަނީ ދަތުރުކޮށްފައެވެ. މިމެޗުގައި ހޯދަޑުގެ ޓީމަށް ގޯލުތައް ކާމިޔާބުކޮށްދީފައިވަނީ ޖ.6 އާރިފް އަހުމަދާއި ޖ.19 ހުސެއިން ޝަރީފް މުހައްމަދުއެވެ.
ޚިޔާލުތައް