A wide advertisement which will be shown on all devices. (700 x 100)

ފުޓްބޯޅައިން މަގުބޫލުކަން ހޯދި ފުވައްމުލަކު ސިޓީގެ ޝަންމު ގައުމީ ފުޓްސަލް ޓީމުގައި

އަންނަ އަހަރު އޮންނަ އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިންއަށް ނެގި ރާއްޖޭގެ ފުޓްސަލް ޓީމުގައި ފުވައްމުލަކު ސިޓީގެ އަލީ ޝަމާލްވެސް ހިމެނިއްޖެއެވެ. ފުޓްބޯޅައިން މަގުބޫލުކަން ހޯދި އަލީ ޝަމާލް (ޝަންމު) ، 2023 ވަނަ އަހަރު އޮތް ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިން އަށް ނެގި ރާއްޖޭގެ ޕްރިލިމިނަރީ ސްކޮޑުގައި ވެސް ހިމެނުނެވެ.

މިނިވަން 50 ފުޓްބޯޅަ މުބާރާތުގެ ދޫޑިގަން ޓީމުގެ ބަދަލު ގޯލްކީޕަރުގެ ގޮތުގައި ފުޓްބޯޅަ ދަނޑުން ފެނުނު ޝަންމު ވިދާލީ އީގަލްސް ސްޕޯޓްސް ކްލަބުެގ ޔޫތު ޓީމުގެ ޑިފެންޑަރެއްގެ ގޮގުގައެވެ. ކީޕަރު އަންގި ބޭލުމަށްފަހު އީގަލްގެ ޔޫތު ޓީމުގެ އިތުރުން ޔުނައިޓެޑް ވިކްޓްރީ އަށްވެސް ކުޅުނު ޝަންމު ވަނީ އުމުރުފުރައިގެ ގައުމީ ޓީމުތަކުގެ އިތުރުން 2021 ވަނައަހަރު ސީނިއާ ގައުމީ ޓީމުގައިވެސް ހިމެނި ވޯލްޑްކަޕް ކޮލިފައިން މެޗުތައް ކުޅެފައެވެ. އެއާއިއެކު އޭނާ ވެފައި ވަނީ ގައުމީ ޓީމަށް ކުޅުނު ފުވައްމުލައް ސިޓީގެ ފުރަތަމަ ފުޓްބޯޅަ ކުޅުންތެރިޔާއަށެވެ. މީގެ އިތުރުން ޝަންމު ވަނީ 2023 ވަނަ އަހަރު އޮތް ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިން އަށް ނެގި ރާއްޖޭގެ ޕްރިލިމިނަރީ ސްކޮޑުގައި ވެސް ހިމެނިފަ އެވެ.

ޝަންމުގެ އިތުރުން ފުޓްބޯޅަ ދަނޑުން މަޝްހޫރުކަން ހޯދައިފައިވާ މުހައްމަދު ފާސިރު (ފާއްޓޭ) އަދި އަހުމަދު ރާހިލް ރަޝީދުގެ އިތުރުން ގޯލްކީޕަރު އަބްދުﷲ ޒިމާމް ވެސް އާ ކޯޗް އަހުމަދު ނިޔާޒް (ނިޔާ)ގެ ފައިނަލް ސްކޮޑުން ޖާގަހޯދިއެވެ. ފައިނަލް ސްކޮޑްގައި އިތުރަށް ހިމެނުނީ އަހުމަދު އަޔާޒް (އަޔާ)، ސާމިން މުހައްމަދު ނަސީރު، އަލީ ޝިޔާހް (ޝިޔާ)، އިސްމާއިލް ވަޖީހް (ވައްޖެ)، ހުސެއިން ސުހެއިލް (ސޮކޭ)، ހުޒެއިފަތު ރަޝީދު (ހުޒޭ)، އިޝާން އިބްރާހިމް (ސައްޓު)، މުހައްމަދު އިމްރާން (އިންމި)، އަލީ ހާފިޒް (ހާއްޕެ) އަދި ގޯލްކީޕަރު އަބްދުﷲ ނާސިހް އެވެ.

ކޮލިފައިންގައި ރާއްޖެ ހިމެނެނީ އަފްޣާނިސްތާނާއި މިޔަންމާ އާއެކު ގުރޫޕް އެޗްގަ އެވެ. އަންނަ ހޮނިހިރު ދުވަހު އަފްޣާނިސްތާނާ ދެކޮޅަށް ކުޅުމަށް ފަހު މިޔަންމާއާ ދެކޮޅަށް ދެވަނަ މެޗު ކުޅޭނީ އަންނަ ހޯމަ ދުވަހު އެވެ.

ގުރޫޕްގެ އެއްވަނަ ޓީމު، އަންނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައި ވާއިރު، ގުރޫޕްތަކުގެ ދެވަނައަށް ދާ ޓީމުތަކުގެ ތެރެއިން ގަދަ ހަތް ޓީމުގެ ތެރޭގައި ހިމެނިގެން ވެސް މުބާރާތަށް ކޮލިފައި ވުމުގެ ފުރުސަތު އޮންނާނެ އެވެ. ކޮލިފައިން އަށް ގައުމީ ޓީމު މިޔަންމާއަށް ފުރުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !