މާދަމާގެ ނިޔަލަށް ގދ. ތިނަދޫގައި ކުރިއަށްދާ 22 ވަނަ އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތުގައި ފުވައްމުލައް ސިޓީގެ ސްކޫލްތަކުން ބައިވެރިވެފައި ވަނީ 13 އަހަރުން ދަށާއި 15 އަހަރުން ދަށާއި 17 އަހަރުން ދަށުގެ އުމުރުފުރާގެ އިވެންޓްތަކުގައެވެ.
މިމުބާރާތުގައި ބައިވެރިވި ޓީމުތަކުގެ ދަތުރުތައް ހަމަޖައްސައިދީފައިވަނީ ފުވައްމުލައް ސިޓީ ކައުންސިލުނެވެ.
ދިގު ދުވުންތަކުގަިއ ފުވައްމުލަކު ސްކޫލް ކުދިން ކާމިޔާބީތައް ހޯދާފައިވެއެވެ. ނަމަވެސް އެތުލެޓިކްސް އެންމެ ޝަރަފުވެރި މަގާމު ތަކަކީ ސްޕްރިންޓް ނުވަތަ ކުރުދުވުން ކަމުގައިވާ 100 މީޓަރާއި 200 މީޓަރު ދުވުމެވެ. އަދި ރިލޭތަކެވެ. ކުރު ދުވުންތަކުގައި ފުވައްމުލައް ސިޓީގެ ސްކޫލް ކުދިން އެހާ ކާމިޔާބު ނޫންކަން ފާހަގަ ވެއެވެ. ޚާއްސަކޮށް އަންހެން ކުދިންނަށް މިބައިތަކުން ފެންނަނީ ދަށްކޮށެވެ.
ޓްްރެކް އިވެންތްތަކުގެ ތެރެިއން 17 އަހަރުން ދަށުގެ 100މ. ދުވުމުން 2 ވަނާގައި ޏ.އޭއީސީގެ އައިސަމް މުހައްމަދު ހިމެނޭ އިރު މިބައިގެ 200 މ. ދުވުމުގެ 3 ވަނާގައި ހޭޒްގެ އާމިނަތު ފަރުހީން ހިނެނެއެވެ.
ފީލްޑް އިވެންޓްްތަކުގައި ފުވައްމުލަކު ސްކޫލްތަކުގެ ކުދިން ކާމިޔާބު ކަމަށް ފެނެއެވެ.
ގިނަ އިވެންޓްތަކުގެ ފައިނަލްތައް ނިމިފައިވާ އިރު ދެން އޮންނާނީ ރިލޭތަކުގެ ފޯރިއެެވެ.
ތިރީގގަ މިވަނީ ބައެއް އިވެންތްތަކުގެ ފައިނަލް ނަތީޖާ އާއި ބައެއް އިވެންޓްތަކުން އެންމެ ކުރީގައި އުޅޭ އެތުލީޓުންނެވެ.
17 އަހަަރުން ދަށުގެ ސުޕްރިންޓް 100 މ. (ފިރހެން)
1 ވަނަ އިބްރާހިމް ރާފިލ – ގދ.އޭއީސީ 11.97 ސިކުންތު
2 ވަނަ އައިސަމް މުހައްމަދު – ޏ.އޭއީސި، 12.46 ސިކުންތު
3 ވަނަ ސަބާޙު އަބްދުﷲ – ދާންދޫ ސްކޫލް 12.48 ސިކުންތު
17 އަހަަރުން ދަށުގެ ސްޕްރިންޓް ދުވުން 200 މ. (އަންހެން)
1 ވަނަ ފާތިމަތު އަލްޔާ އިބްރާހިމް – ހާފިޒު އަޙުމަދު ސްކޫލް (ފުވައްމުލައް) 14:44.41
2 ވަނަ ޖަންނަތު އަބްދުﷲ – ދާންދޫ ސްކޫލް (ގއ.އަތޮޅު)، 15:06.51
3 ވަނަ އާމިނަތު ފަރުހީން – ހާފިޒު އަޙުމަދު ސްކޫލް (ފުވައްމުލައް) 15:46.04
17 އަހަަރުން ދަށުގެ ދިގު ދުވުން 3000 މ. (އަންހެން)
1 ވަނަ ފާތިމަތު އަލްޔާ އިބްރާހިމް – ހާފިޒު އަޙުމަދު ސްކޫލް (ފުވައްމުލައް) 10:51.08
2 ވަނަ އަލީ ޝާޒް ހާބީބު – ދާންދޫ ސްކޫލް (ގއ.އަތޮޅު)، 15:06.51
3 ވަނަ އާމިނަތު ފަރުހީން – ހާފިޒު އަޙުމަދު ސްކޫލް (ފުވައްމުލައް) 15:46.04
17 އަހަަރުން ދަށުގެ ދިގު ދުވުން 3000 މ. (ފިރިހެން)
1 ވަނަ އަޙުމަދު އައިހަމް މޫސާ – ޏ.އޭއީސީ 14:44.41 މިނިޓް
2 ވަނަ އަލީ ވިލްދާނު – ޣާޒީ ސްކޫލް (ވިލިމާލެ)، 4:57.24
3 ވަނަ އިބްރާހިމް އިފާޒް – ގދ.އޭއީސީ 5:04.28
17 އަހަަރުން ދަށުގެ ދުވުން 1500 މ. (އަންހެން)
1 ވަނަ ފާތިމަތު އިޝްނާ އ. – ހާފިޒު އަޙުމަދު ސްކޫލް (ފުވައްމުލައް) 6:35.25
2 ވަނަ ޖަންނަތު އަބްދުﷲ – ދާންދޫ ސްކޫލް (ގއ.އަތޮޅު)، 6:49.39
3 ވަނަ މަރިޔަމް ސުހާ – ފުވައްމުލަކު ސްކޫލް 6:53.13
17 އަހަަރުން ދަށުގެ ދުވުން 1500 މ. (ފިރިހެން)
1 ވަނަ އަޙުމަދު އައިހަމް މޫސާ – ޏ.އޭއީސީ 4:55.59 މިނިޓް
2 ވަނަ އަލީ ވިލްދާނު – ޣާޒީ ސްކޫލް (ވިލިމާލެ)، 4:57.24
3 ވަނަ އިބްރަހިމް އިފާޒު – ގދ.އޭއީސީ، 5:04.28
17 އަހަަރުން ދަށުގެ ދުވުން 800 މ. (އަންހެން)
1 ވަނަ ފާތިމަތު އިޝްނާ އ. – ހޭޒް (ފުވައްމުލައް) 3:00.06
2 ވަނަ އާއިޝަތު ޝާއިމާ – ގދ.އޭއީސީ، 3:13.66
3 ވަނަ އާލާއު މުޙައްމަދު – ގދ.އަތޮޅު މަދަރުސާ 3:24.28
15 އަހަަރުން ދަށުގެ ހައިޖަމްޕް (އަންހެން)
1 ވަނަ އާއިޝަތު ޝައިމް- ޝަރަފުއްދީން ސްކޫލް (އައްޑޫ) 1.34 މ.
2 ވަނަ މާއީ މުފީދު – ހާފިޒު އަޙުމަދު ސްކޫލް (ފުވައްމުލައް) 1.26 މ.
3 ވަނަ އާމިނަތު ލީމް – އެމްޖޭއެސް (ފުވައްމުލައް) 1.15 މ.
17 އަހަަރުން ދަށުގެ ހައިޖަމްޕް (އަންހެން)
1 ވަނަ ފާތިމަތު އިޝްނާ – ހާފިޒު އަޙުމަދު ސްކޫލް (ފުވައްމުލައް) 1.15 މ.
2 ވަނަ އާމިނަތު ސުމާނާ – މާވަށު ސްކޫލް (ލ.އަތޮޅު)، 1.15 މ.
3 ވަނަ އާނާ އަދުނާނު މުުހައްމަދު – ހާފިޒު އަޙުމަދު ސްކޫލް (ފުވައްމުލައް) 1.05 މ.
15 އަހަަރުން ދަށުގެ ޝޮޓްޕުޓް (އަންހެން)
1 ވަނަ އާއިޝަތު ޔަނާލް- ޏ.އޭއީސީ 7.97 މ.
2 ވަނަ ފާތިމަތު ސިބުޣަތު – ގދ. އޭއީސީ 7.65 މ.
3 ވަނަ އާއިޝަތު ރީޝާ މުހައްމަދު – އެމްޖޭއެސް (ފުވައްމުލައް) 7.64 މ.
17 އަހަަރުން ދަށުގެ ޝޮޓްޕުޓް (އަންހެން)
1 ވަނަ ކައުސަރު އާދަމް- ޝަރަފުއްދީން ސްކޫލް 7.83 މީޓަރ
2 ވަނަ ފާތިމަތު ވިރާޝާ – މާވަށު ސްކޫލް (ލ.އަތޮޅު) 7.51 މީޓަރ
3 ވަނަ ލައިޝާ އަބްދުﷲ – ފުވައްމުލައް ސްކޫލް 7.14 މީޓަރ
17 އަހަަރުން ދަށުގެ ޝޮޓްޕުޓް (ފިރިހެން)
1 ވަނަ އަޙުމަދު އައިހަމް މޫސާ- ޏ.އޭއީސީ
2 ވަނަ އަލީ ވިލްދާން – ޣާޒީ ސްކޫލް (ވިލިމާލެ)
3 ވަނަ އިބްރާހިމް އިފާޒު – ގދ. އޭއީސީ
17 އަހަަރުން ޝޮޓްޕުޓް (ފިރހެން)
1 ވަނަ ސަފުޙާން އަލީ – ގެމަނަފުށި ސްކޫލް (ގއ.އަތޮޅު) 11.47 މ.
2 ވަނަ އަޙުމަދު ޒާދު އަބްދުﷲ – ޏ.އޭއީސީ 10.82 މ.
3 ވަނަ އަޙުމަދު ޝިނާޒު މ. – ޏ.އޭއީސީ 10.45 މ.
17 އަހަަރުން ދަށުގެ ޑިސްކަސްތުރޯ (އަންހެން)
1 ވަނަ ކައުސަރު އާދަމް- ޝަރަފުއްދީން ސްކޫލް 19.14މީޓަރ
2 ވަނަ ހައްވާ ރާއިފާ ރާފީ – ގދ. އޭއީސީ 16.10 މީޓަރ
3 ވަނަ ލައިޝާ އަބްދުﷲ – ފުވައްމުލައް ސްކޫލް 14.01 މީޓަރ
17 އަހަަރުން ޖެވެލިން ތުރޯ (ފިރިހެން)
1 ވަނަ ސަފުޙާން އަލީ – ގެމަނަފުށި ސްކޫލް (ގއ.އަތޮޅު) 35.93 މ.
2 ވަނަ މާހީ ވާރިސް – ދ.އަތޮޅުސްކޫލް، 35.23 މ.
3 ވަނަ އަޙުމަދު ޝިނާޒު މ. – ޏ.އޭއީސީ 32.67 މ.
15 އަހަަރުން ޖެވެލިން ތުރޯ (އަންހެން)
1 ވަނަ އާއިޝަތު ޔަނާލް އ. – ޏ.އޭއީސީ 19.92 މ.
2 ވަނަ އާއިޝަތު ޝާޔާ މ. – ޏ.އޭއީސީ 14.64 މ.
3 ވަނަ އާއިޝަތު އިސްފާ މ. – ޝަރަފުުއްދީން ސްކޫލް (އައްޑޫ ސިޓީ) 14.51 މ.
13 އަހަަރުން ޓްރިޕްލް ޖަމްޕް (ފިރިހެން)
1 ވަނަ މުޙައްމަދު ޝިޒާން އ. – ހޭޒް (ފުވައްމުލައް ސިޓީ) 5.19 މ.
2 ވަނަ މަބްސަރު އަބްދުﷲ. – ހޭޒް (ފުވައްމުލައް ސިޓީ) 4.95 މ.
3 ވަނަ އަބްދުﷲ ނަޒުވާން – އެމްޖޭއެސް (ފުވައްމުލައް ސިޓީ) 14.51 މ.
13 އަހަަރުން ލޯންގް ޖަމްޕް (ފިރިހެން)
1 ވަނަ މުޙައްމަދު ޔަފާއު – ތިނަދޫ ސްކޫލް 2.11 މ.
2 ވަނަ ދައުސް ޖަމްޝާދު – ތިނަދޫ ސްކޫލް 2.10 މ.
3 ވަނަ ނާމީ މުޙައްމަދު – ހޭޒް (ފުވައްމުލައް ސިޓީ) 2.01 މ.
13 އަހަަރުން ހައި ޖަމްޕް (ފިރިހެން)
1 ވަނަ މުޙައްމަދު ޖަރީޝް ޖ. – އެމްޖޭއެސް (ފުވައްމުލައް ސިޓީ) 1.24 މ.
2 ވަނަ މުޙައްމަދު މާއިން – އަބޫބަކުރު ސްކޫލް (ތިނަދޫ) 1.18 މ.
3 ވަނަ މުޙައްމަދު އައިދު އ.- ހޭޒް (ފުވައްމުލައް ސިޓީ) 1.16 މ.
13 އަހަަރުން ލޯންގް ޖަމްޕް (އަންހެން)
1 ވަނަ އާމިނަތު ޒަފާން ޒައިން – ފެދޫ ސްކޫލް 1.17 މ.
2 ވަނަ ފާތިމަތު ޔުމްނު – ޝަރަފުއްދީން ސްކޫލް 1.72 މ.
3 ވަނަ ާއިޝަތު ސާރާ ރ. – އެމްޖޭއެސް (ފުވައްމުލައް ސިޓީ) 1.71 މ.
13 އަހަަރުން ހައި ޖަމްޕް (އަންހެން)
1 ވަނަ މަރިޔަމް ޒަޔާން – އަބޫބަކުރު ސްކޫލް (ތިނަދޫ) 1.02 މ.
2 ވަނަ ހައްވާ ލަމާ އަސްލަމު – ހޭޒް (ފުވައްމުލައް ސިޓީ) 1.00 މ.
3 ވަނަ މަރިޔަމް ލަމްޔާ ޒ. – އަބޫބަކުރު ސްކޫލް (ތިނަދޫ) 0.95 މ.
13 އަހަަރުން ޝޮޓްޕުޓް (އަންހެން)
1 ވަނަ ލީސް އިބްރާހމް ހަސަން – ހޭޒް (ފުވައްމުލައް ސިޓީ) 9.20 މ.
2 ވަނަ ސަރާހު އާތިރު – ތިނަދޫ ސްކޫލް 7.91 މ.
3 ވަނަ އާައިޝަތު ޒުފާ އަލީި – އަބޫބަކުރު ސްކޫލް (ތިނަދޫ) 7.07 މ.
13 އަހަަރުން ޑިސްކަސް ތްރޯ (އަންހެން)
1 ވަނަ ލީސް އިބްރާހމް ހަސަން – ހޭޒް (ފުވައްމުލައް ސިޓީ) 12.54 މ.
2 ވަނަ އައިޝަތު ލައިސާ މ. – އެމްޖޭއެސް (ފުވައްމުލައް ސިޓީ) 11.88 މ
3 ވަނަ އާމިނަތު ރާޔާ މ. – ތިނަދޫ ސްކޫލް (ތިނަދޫ) 11.49 މ.
މި މުބާރާތުގައި 20 ސްކޫލެއްގެ 104 ޓީމަކުން 565 އެތްލީޓުން ވާދަކުރެއެވެ. މާދަމާ މުބާރާތް ނިމެނެއެވެ.
ޚިޔާލުތައް