ކުއާޓާ ފައިނަލުގައި ޒެލޯން އާއި ދެކޮޅަށް ހޯދަޑު ޓީމު މިރޭ ނިކުންނަނީ

Share on facebook
Share on twitter
Share on google

އައްޑޫ ސިޓީގެ ހިތަދޫގައި ކުރިއަށްދާ އެޗްއެސްސީ “ވަގުތު” ފުޓްސަލް ޗެލެންޖު މުބާރާތުގެ ކުއާޓާ ފައިނަލް ގައި ފުވައްމުލަކު ސިޓީގެ ހޯދަޑު ސްޕޯޓްސް މިރޭ ކުޅޭނެއެވެ. ހޯދަޑު ސްޕޯޓްސް މިރޭ ނިކުންނާނީ ގްރޫޕް ޑީގެ ދެވަނަ ޓީމު ޒެލޯންއާއި ދެކޮޅަށެވެ.

ހޯދަޑު ސްޕޯޓްސް ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވަނީ ގްރޫޕް ބީގެ އެއްވަނަ ޓީމުގެގޮތުގައެވެ. ހޯދަޑު ޓީމުން ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގައި ހިތްދަތި ގޮތަކަށް މެޗުގެ ފަހު މިނިޓުގައި ރީތިރަށުގެ ޓީމު އަތުން ބަލިވި ނަމަވެސް އޭގެ ފަހުން ކުޅުނު ދެމެޗުން މޮޅުވެ ފައިދާ ގޯލުގެ ތަފާތުން ގުރޫޕްގެ އެއްވަނަ ލިބުނު އިރު މިދިޔަ އަހަރުގެ ދެވަނަ ހޯދި ރީތި ރަށުގެ ޓީމަށް ގްރޫޕްގެ އެއްވަނަ ގެއްލުނީ ގްރޫޕް ސްޓޭޖްގެ ފަހު މެޗުން ބަލިވުންނެވެ.

ހޯދަޑު ޓީމުން އަންނަނީ މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުންނެވެ. އަނިޔާގެ މައްސަލަތައް ޓީމަށް ކުރިމަތިވި ނަމަވެސް، ރެސްޓަކާއެކު އެޓީމު މިރޭ ކުއާޓާ ފައިނަލަށް ނިކުންނަނީ ފުރިހަމަ އަށް ތައްޔާރުވެގެނެވެ. ހޯދަޑު ޓީމުގެ ހިތްހަމަޖެހުމަކީ އެޓީމުގެ ސިމާހް (ސިންބާ)އާއި ތޯހާ މުހައްމަދު ފަދަ ކުޅުންތެރިން ރަގަޅު ފޯމުގައި ތިބުމެވެ.

ހޯދަޑު ޓީމާއި ދެކޮޅަށް މިރޭ ނިކުންނަ ޒެލޯން ޓީމު ގްރޫޕް ސްޓޭޖުގައި ފެނުނީ ވަރަށްވެސް އޮގަނައިޒުކޮށެވެ. ގްރޫޕް ޑީގެ ދެވަނަ ޓީމުގެ ގޮތުގައި ޒެލޯން ކުއާޓާއަށްދިޔަ އިރު، އެޓީމުގެ ހުސައިން އައިކްގެ ކުޅުން ފާހަގަކުރެވުނެވެ. ގޯލާއި ރައްޓެހި އައިކްގެ ނުރައްކާ މިރޭ ހޯދަޑުގެ ޓީމަށް ވެދާނެތީވެ އެޓީމުން އޭނާއަށް ރަގަޅަށް ބަލަންޖެހެއެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments