A wide advertisement which will be shown on all devices. (700 x 100)

އައިބޭ ޕޮލިސްކަޕް ހޭންޑްބޯޅަ މުބާރާތް 2019 ގެ 2 ވަނަ ދުވަހުގެ މެޗުތައް

އައިބޭ ޕޮލިސް ކަޕް ހޭންޑްބޯޅަ މުބާރާތް 2019، މެޗު 8؛ އެމްޖޭއެސް 9- 1 ޏ،އޭއީސީ

ފުވައްމުލައް ސިޓީ ޕޮލިސް ސްޓޭޝަނާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން ބާއްވާ “އައިބޭ ޕޮލިސް ކަޕް ހޭންޑް ބޯލް މުބާރާތް 2019” ގެ ދެވަނަ ދުވަހުގެ ކުޅުން 5 މެޗުން، ފުވައްމުލައް ސިޓީ ކައުންސިލް ރިކްރިއޭޝަން އާއި ނެއިބަރހޫޑް ޕޮލިސް ޓީމާއި، އެމްޖޭއެސް ޓީމާއި، ކެންގަރޫ ކިޑްސް ބިލަބޮން ޓީމާއި ހޭޒް ޓީމު މޮޅުވެއްޖެއެވެ.

ނެއިބަރހޫޑް ޕޮލިސް ޓީމާއި، އެމްޖޭއެސް ޓީމާއި، ކެންގަރޫ ކިޑްސް ބިލަބޮން ޓީމާއި ހޭޒް ޓީމު ވެސް ވަނީ ކުޅުނު ދެ މެޗުންވެސް މޮޅުވެފައެވެ.

މުބާރާތުގެ 6 ވަނަ  މެޗުގައި ބައްދަލުކުރީ ފުވައްމުލައް ސިޓީ ކައުންސިލް ރިކްރިއޭޝަން (އެފްސީސީ ރިކްރިއޭޝަން) އާއި ކްރޯވޭ މޯލްޑިވްސް ގެ ޓީމެވެ. މިމެޗު 8-2 ގެ ބޮޑު ތަފާތަކުން މޮޅުވީ އެފްސީސީ ރިކްރިއޭޝަން ގެ ޓީމެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ އެފްސީސީ ރިކްރިއޭޝަން ގެ ޖާޒީ ނަމްބަރު 2 އާމިނަތު އަރީޝާ އަބްދުﷲ އެވެ.

އައިބޭ ޕޮލިސް ކަޕް ހޭންޑްބޯޅަ މުބާރާތް 2019، މެޗު 6؛ އެފްސީސީ ރިކްރިއޭޝަން 8-2 ކްރޯވޭ މޯލްޑިވްސް

މުބާރާތުގެ 7 މެޗުގައި އިއްޔެ ހަވީރު ބައްދަލު ކުރީ ފުވައްމުލައް އެއަރޕޯރޓް ރިކްރިއޭޝަން އާއި ނެއިބަރހޫޑް ޕޮލިސް ޓީމެވެ. މިމެޗު 2-4 ން މޮޅުވީ ނެއިބަރހޫޑް ޕޮލިސް ޓީމެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ނެއިބަރހޫޑް ޕޮލިސް ޓީމުގެ ގެ ޖާޒީ ނަމްބަރު 2 ފާތިމަތު ރިޝާ އެވެ. ޕޮލިސް ޓީމު ކުޅުނު ދެ މެޗުން ވެސް މޮޅުވިއިރު ދެމެޗުގެ ވެސް މޮޅު ކުޅުންތެރިޔަށް ހޮވިފައި ވަނީ ރިޝާ އެވެ.

މުބާރާތުގެ 8 މެޗުގައި ރޭ ބައްދަލުކުރީ ޏ.އޭއީސީގެ ޓީމާއި އެމްޖޭއެސްގެ ޓީމެވެ. މިމެޗު 9-1 ގެ ބޮޑު ތަފާތަކުން ކާމިޔާބު ކުރީ އެމްޖޭއެސް ގެ ޓީމެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އެމްޖޭއެސްގެ ގޯލް ކީޕަރ ޖާޒީ ނަމްބަރު 2 އާއިޝަތު އަބްދުލް ގާދިރު އެވެ. މި މޮޅާއެލު އެމްޖޭއެސް ޓީމު ވަނީ ކުޅުނު ދެމެޗުން ވެސް މޮޅުވެފައެވެ.

އެމްޖޭއެސް ހޭންޑްބޯޅާ ޓީމު 2019، ކުޅުނު ދެ މެޗުން ވެސް މޮޅުވެފައި

މުބާރާތުގެ 9 މެޗުގައި ރޭ ބައްދަލުކުރީ ފެމިލީ އެންޑް ޗިލްޑްރެން ސާރވިސްް ސެންޓަރ (އެފްސީއެސް) އާއި ކެންގަރޫ ކިޑްސް ބިލަބޮންގ ހައި ޓީމެވެ. މިމެޗު 4-3 ން ކާމިޔާބުކުރީ ކެންގަރޫ ކިޑްސް ބިލަބޮން ހައި ޓީމެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ކެންގަރޫ ކިޑްސް ބިލަބޮން ހައި ޓީމުގެ ޖާރޒީ ނަމްބަރު 2 މަރިޔަމް ސަމާ އެވެ.

އައިބޭ ޕޮލިސް ކަޕް ހޭންޑްބޯޅަ މުބާރާތް 2019، މެޗު 9؛ ފެމިލީ އެންޑް ޗިލްޑްރެން ސެންޓަރ 3-4 ބިލަބޮންގ

ރޭގައި ކުޅެވުނު މުބާރާތުގެ 10 ވަނަ މެޗުގައި ވާދަކުރީ ހޭޒް އާއި ޒީ-ކޮލެޖު ޓީމު އެވެ. މިމެޗު 4-0 ން ކާމިޔާބުކުރީ ހާފިޒް އަޙުމަދު ސްކޫލް (ހޭޒް) ޓީމެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ހާފިޒް އަޙުމަދު ސްކޫލް (ހޭޒް) ޓީމުގެ ޖާޒީ ނަމްބަރު 10 އާއިޝަތު އިނާޝާ މުޙައްމަދު އެވެ. ހޭޒް އިން ކުޅުނު ދެމެޗުން ވެސް މޮޅުވިއިރު ދެމެޗުގެ ވެސް މޮޅު ކުޅުންތެރިއަކީ އިނާޝާއެެވެ.

އައިބޭ ޕޮލިސް ކަޕް ހޭންޑްބޯޅަ މުބާރާތް 2019، މެޗު 6؛ ހޭޒް 9-1 ޒީ-ކޮލެޖް

މިއަދު ކުޅެވޭނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކެވެ.

މިއަދު ވެސް މި މުބާރާތުގެ 2 މެޗާއި މިރޭ 3 މެޗު ކުޅޭނެއެވެ.

މިއަދު ހަވީރު ކުޅެ މެޗުތައް

އެފްއެސް ސްޓަނަރސް އާއި ޏ.އޭއީސީ

ހޭޒް އާއި ނެއިބަރހޫޑް ޕޮލިސް ޓީމް

މިހާތަނަށް ކުޅެވުނު މެޗުތަކުގެ ނަތީޖާ، ޕޮއިންޓް ޓޭބަލް – އައިބޭ ޕޮލިސް ކަޕް

މިރޭ ކުޅެނެ 3 މެޗަކީ

ކްރޯވޭ މޯލްޑިވްސް އާއި ފެމިލީ އެން ޗިލްޑްރެން ސާރވިސްް ސެންޓަރ (އެފްސީއެސް)

ފުވައްމުލައް އެއަރޕޯރޓް ރިކްރިއޭޝަން އާއި ޒީ-ކޮލެޖު ޓީމު

އެފްސީސީ ރިކްރިއޭޝަން އާއި ކެންގަރޫ ކިޑްސް ބިލަބޮން ހައި

ޏ.އޭއީސީ ހޭންޑް ބޯލް ޓީމު، 2019

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !