A wide advertisement which will be shown on all devices. (700 x 100)

ހޭންޑް ބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ދެޖާގައަށް އެމްޖޭއެސް އާއި ނެއިބަރހޫޑް ޕޮލިސް ޓީމު

ނެއިބަރހޫޑް ޕޮލިސް ޓީމު ވަނީ ސެމީ ފައިނަލުގެ ފަހު ޖާގައިގެ ފުރުސަތު ހޯދާފައި.

ފުވައްމުލަކު ޒުވާނުންގެ މަރުކަޒުގައި މިހާރު ފުވައްމުލައް ސިޓީގައި ކުރިޔަށްދާ “އައިބޭ ޕޮލިސް ކަޕް ހޭންޑް ބޯލް މުބާރާތް 2019” ގެ ޕްލޭއޯފް ދެމެޗު ކާމިޔާބުކޮށް ގެން ސެމީ ފައިނަލަށް  އެމްޖޭއެސް އާއި ނެއިބަރހޫޑް ޕޮލިސް ޓީމު ދަތުރުކޮށްފިއެވެ.

ސެމީ ފައިނަލުގައި އެމްޖޭއެސް ބައްދަލުކުރުން ޖެހޭނީ ކެންގަރޫ ކިޑްސް ކިޑްސް ބިލަބޮން ހައި ޓީމާއި ހޭޒް ޓީމު ހޮވިއްޖެއެވެ. ނެއިބަރހޫޑް ޕޮލިސް ޓީމު ކުޅޭނީ ސެމީ ފައިނަލގެ ދެވަނަ މެޗުގައި ހޭޒް ގެ ޓީމާއެވެ.

މުބާރާތުގެ 16 ވަނަ މެޗުގައި އެމްޖޭއެސް އާއި ފެމިލީ އެންޑް ޗިލްޑްރެން ސާރވިސް ސެންޓަރ (އެފްސީއެސް) މެޗު ނިމުނީ 6-2 ން އެމްޖޭއެސް މޮޅުވެގެންނެވެ. މި މުބާރާތުގައި މިހާތަނަށް އެމްޖޭއެސް ކުޅުނު 3 މެޗުން ވެސް ވަނީ މޮޅުވެފައެވެ.

އެމްޖޭއެސް ޓީމު ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ސެމީގެ ޖާގައެއް ޔަގީން ކުރި

މުބާރާތުގެ 17 މެޗުގައި ރޭ ބައްދަލު ކުރީ އެފްއެސް ސްޓަނާރސް އާއި ނެއިބަރހޫޑް ޕޮލިސް ޓީމެވެ. މިމެޗު 4-6 ން މޮޅުވެ ސެމީ ފައިނަލުގެ ޖާގަ ހޯދީ ނެއިބަރހޫޑް ޕޮލިސް ޓީމެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ނެއިބަރހޫޑް ޕޮލިސް ޓީމުގެ ޖާޒީ ނަމްބަރު 1 ފާތިމަތު މާޔާ އެވެ. ސެމީފައިނަލުގައި ނެއިބަރހޫޑް ޕޮލިސް ޓީމާއި ވާދަކުރާނީ ހޭޒް ޓީމެވެ. ހޭޒް ޓީމު ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ސެމީފައިނަލުގެ ޖާގަ ހޯދާފައެވެ. މި ދެ ޓީމަކީ ވެސް ގްރޫޕް 2 ގެ ދެޓީމެވެ.

ހޭޒްގެ ހޭންޑްބޯޅަ ޓީމު 2019

ގްރޫޕް ސްޓޭޖްގައި މިދެޓީމު ވާދަކުރި މެޗު ވަރަށް ވާދަވެރިކޮށް ދިޔަ ނަމަވެސް 4-3ން މޮޅުވެފަިއަނީ ހޭޒްގެ ޓީމެވެ.

މުބާރާތުގެ ފައިނަލު މެޗު ކުޅެ ގަޑި އަށް ވަނީ ބަދަލުގެނެސްފައެވެ.

މުބާރާތުގެ ޕޮއިންޓް ޓޭބަލް

މިރޭ ކުޅެވޭނީ މުބާރާތުގެ ސެމީ ފައިނަލް ދެމެޗެވެ. ފުރަތަމަ މެޗު ފަށާނީ ރޭގަނޑު 8:00 ގައެވެ.

ސެމީ ފައިނަލް 1: 20:00 ގައި  ކެންގަރޫ ކިޑްސް ބިލަބޮން ހައި ޓީމާއި އެމްޖޭއެސް

ސެމީ ފައިނަލް 2: 21:00 ގައި ހޭޒް ޓީމާއި އާއި ނެއިބަރހޫޑް ޕޮލިސް ޓީމް

މުބާރާތުގެ ފައިނަލު މެޗު ކުޅޭނީ މާދަމާ ހަވީރު 4:15 ގައެވެ.

ނެއިބަރހޫޑް ޕޮލިސް ޓީމަށް ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ޖާޒީ ހަވާލުކުރަނީ

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !