A wide advertisement which will be shown on all devices. (700 x 100)

ސާފިން މުބާރާތެއް ފުވައްމުލައް ސިޓީ ތުނޑީގައި

ގުންބުއްރާސް ސާފިނ ޗެލެންޖް 2019

“ގުންބުއްރާސް ޗެލެންޖް 2019” ނަމުގައި ފުވައްމުލައް ސިޓީ ތުނޑީގައި ސާރފިން މުބާރާތެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. ފުވައްމުލަކު ސާރފިން އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކުރިޔަށްގެންދިއުމަށް ރޭވިފައިވާ މިމުބާރާތް އޮންނާނީ އަންނަ ހަފުތާ ބަންދުގައެވެ.

ގުންބުއްރާސް ޗެލެންޖު އޮންނާނީ ތުނޑީގެ ‘އެލެއި’ ސަރަހައްދުގައި މި ނޮވެމްބަރު މަހު 15 އަދި 16 ދެ ދުވަހުއެވެ. މިމުބާރާތުގެ ސްޕޮންސަރުންނަކީ ސީސްޕޯރޓސް އާއި އައިބޭ އަދި އެމްޓީސީސީ އެވެ.

މިއަހަރުގެ މާރޗު މަހުގައި ވެސް ވަނީ ފުވައްމުލަކު ތުނޑިގައި ރާޅާ އެޅުމުގެ މުބާރާތެއް ބާއްވާފައެވެ. އެ މުބާރާތުން 1 ވަނަ ހޯދީ ވިއާމު، 2 ވަނަ 2 ހޯދީ ޝިމާލް އަދި 3 ވަނަ ހޯދީ ޝިނާޒު މުހައްމަދު އެވެ.

މާލޭގައި މިއަހަރު މޭ މަހުގައި ބޭއްވި “ސީސްޕޯރޓްސް ރާޅު ސީޒަން އޯޕެނިން”ރާޅާ އެޅުމުގެ މުބާރާތުގައި ފުވައްމުލަކުން 7 ރާޅާއެޅުންތެރިން ވާދަކޮށްފައި ވެއެވެ. އަދި އެމުބާރާތުގެ ކްއާރޓަރ ފައިނަލުން ފުވައްމުލައް ސިޓީގެ 3 ކުއްޖަކު ޖާގަ ހޯދާފައި ވެއެވެ.

މާލޭގައި ބޭއްވުނު މުބާރާތުގައި މުޅިރާއްޖެއިން 48 ބޮޑީ ބޯޑަރުންގެ ތެރެއިން ކްއަރޓަރ ފައިނަލުން ޖާގަހޯދި ފުވައްމުލަައް ސިޓީގެ 3 ބައިވެރިންނަކީ:

މުހައްމަދު ވިއާމް (ޖޭޑީ) ހޯދަޑު

އަލީ ޒަޔާން (ބެނެޓޭ) ހޯދަޑު

ޝިމާލް ޝަމީމު (ޝިމަލޭ) ހޯދަޑު އެވެ.

ފުވައްމުލަކުގެ ރާޅާ އެޅުންތެރިން

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !