ފުވައްމުލައް ސިޓީގައި މިހާރު ކުރިޔަށްދާ “އައިބޭ ޕޮލިސް ކަޕް ހޭންޑް ބޯލް މުބާރާތް 2019” ގެ ސެމްިފައިނަލް ދެމެޗުން މޮޅުވެ މުބާރާތުގެ ފައިނަލަށް އެމްޖޭއެސް އާއި ހޭޒް ގެ ޓީީމު ދަތުރުކޮށްފިއެވެ. ރޭގެ ސެމީ ފައިނަލު މެޗު ބެލުމަށް ގިނަ އަދެއްގެ ސަޕޯރޓަރުން ކުޅޭތަނަށް ހާޒިރުވެފައިވެއެވެ.
ފުވައްމުލައް ސިޓީގެ ގިނަ އިދާރާތަކަކުން ބައިވެރިވި މި މުބާރާތުގެ ފައިނަލަށް މިދިޔައީ ފުވައްުލަކުގެ ދެ ސްކޫލްގެ ޓީމެވެ. މިއީ ހޭންޑްބޯޅަ މުބާރާތެއް ފުވައްމުލައް ސިޓީގައި ބާއްވާ ފުރަތަމ ފަހަރެވެ.
ސެމީ ފައިނަލުގައި ރޭ އެމްޖޭއެސް އާއި ކެންގަރޫ ކިޑްސް ކިޑްސް ބިލަބޮން ހައި ޓީމު ބައްދަލުކުރި މެޗު 7-5 ން ކާމިޔާބުކުރީ އެމްޖޭއެސް ގެ ޓީމެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ އެމްޖޭއެސް ޓީމުގެ ޖާޒީ ނަމްބަރު 6 މާހާ މުހައްމަދު އެވެެ. މިދެ ޓީމުވެސް ސެމީ ފައިނަލަށް އައީ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ.
މުބާރާތުގެ ސެމީފައިނަލުގެ 2 ވަނަ މެޗުގައި ހޭޒް ޓީމާއި ނެއިބަރހޫޑް ޕޮލިސް ޓީމު ބައްދަލުކުރި މެޗުން ހޭޒް ޓީމު މޮޅުވީ 4-3 ން ނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ހޭޒް ޓީމުގެ ޖާޒީ ނަމްބަރު 11 އާއިޝަތު ސުދާއެވެ. މި މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ހޭޒް ޓީމުވެސް މިވަނީ ފައިނަލަށް ދަތުރުކޮށްފައެވެ.
މުބާރާތުގެ ފައިނަލު މެޗު މާދަމާ ހަވީރު 4:15 ކުޅެނެއެވެ.
ފައިނަލް: އެމްޖޭއެސް އާއި ހޭޒް ޓީމު
މިމުބާރާތުގެ ފައިނަލް މެޗަށްފަހު މުބާރާތުގެ ވަނަތަކަށް ދިނުން ވެސް މާދަމާ އޮންނާނެއެވެ.
މުމުބާރާތުގައި ހޮވުމަށް ހަމޖެހިފައިވާ ވަނަތައް:
ޗެމްޕިއަން ޓީމު
ރަނަރަޕް ޓީމު
ފެއަރ ޕްލޭ ޓީމު
މުބާރާތުގެ ޑްރީމް ޓީމު (އެންމެ މޮޅު 7 ކުޅުންތެރިން)
މުބާރާތުގެ އެންމެ މޮޅު ކޯޗު
ކޮންމެ މެޗެއްގެ އެންމެ މޮޅު ކުޅުންތެރިޔާ
ޚިޔާލުތައް