A wide advertisement which will be shown on all devices. (700 x 100)

ފައިނަލުގައި ޑްރީމް ކިލަރސް އާއި އެމްޖޭއެސް

މުބާރާުގެ ސެމީ ފައިނަލުގައި ޑްރީމް ކިލަރސް އިން މޮޅުވީ 3-1 ން ފުވައްމުލއް ސިޓީ ޕޮލިސް

ޔޫތް މިކްސް ވޮލީ ޗެމްޕިއަންޝިޕް 2019 ގެ ސެމީ ފައިނަލުން މޮޅުވެ ޑްރީމް ކިލަރސް ފައިނަލަށް ދަތުރުކޮށްފިއެވެ. ޑްރީމް ކިލަރސް ފައިނަލަށް ދަތުރުކުރީ މިއަދު ރޭ ކުޅެވުުނު ސެމީ ފައިނަލު މެޗުފައި ފުވައްމުަލއް ސިޓީ ޕލސް ޓީމުގެ މައްޗަށް 3-1 ން ކުރި ހޯދައިގެންނެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއަކީ ޑްރީމް ކިލަރސް ގެ ޖާރޒީ ނަމްބަރު 7 އަލި ޒިނާގު އެވެ.

ޔޫތު މިކްސް ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުން މެޗުގެ މޮޅު ކުޅުންތެރިޔާ އަލީ ޒިނާގު ޖ.7 ޑްރީމް ކިލާރސް

މިދެޓީމު ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުވެސް ހަމަ މި ނަތީޖާއިން (3-1 ން) އިން ކާމިޔާބުކޮށްފައި ވަނީ ޑްރީމް ކިލަރސް އެވެ.

މިރޭ މުބާރާތުގެ ފައިނަލް މެޗުގައި ޑްރީމް ކިލަރސް އާއި ވާދަކުރާނީ އެމްޖޭއެސް ޓީމެވެ. އެމްޖޭއެސް ޓީމުން ވަނީ ގްރޫޕް ސްޓޭޖުގައި 3-1 ން ޑްރީމް ކިލަރސް ބަލިކޮށްފައެވެ.

މިއީ ފުވައްމުލައް ކޮމިއުނިޓީ ސެންޓަރާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ މިމުބާރާތެކެވެ.

+1
0
+1
0
+1
0
+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !